މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރުތަކަށް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ނަންބަރު IUL) 101-EP/1/2015/151)ފ(28 އޮކްޓޫބަރު 2015) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކަށް (ބީ. ސީ) ތިރީގައިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މިކަމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

- ކޮންސަލްޓެންސީ ސަރވިސް: މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ އަދި ބޮއްޔަށް ބޭނުންވާ ޕްރޮމޯޝަން އަދި މާރކެޓިންގއަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމަށް މިނިސްޓްރީއަށް މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • މަސައްކަތްކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ގޮތް
  • ކުންފުނީގެ ޕްރޮފައިލް
  • ޕްރޮޕޯސް ޓައިމްލައިން
  • ޕްރޮޕޯސް ބަޖެޓް

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓްގައިވާ ޓާރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 30 ނޮވެންބަރު 2015 ގެ 12:00 ގެ ކުރިން، ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ. ސިޓީއުރައިގައި ކޮންސަލްޓެންސީ ސަރވިސް ފޯރ ބީ.ސީ އަދި ބޮލި' މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިކަމަށް ކުރިމަތިލައްވަން އެދޭ ފަރާތުން ޕްރޮޕޯޒަލް ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް                     

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333155 (960)+

އީމެއިލް: [email protected]

‏06‏ ޞަފަރު‏ 1437

18 ނޮވެންބަރު 2015
ހޯދާ