ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
1 ކްލާސްރޫމް އެޅުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގައި 2016 ވަނަ އަހަރު ޕްރީސްކޫލް މަރުޙަލާއަށް ކިޔެވުން ފެށުމަށް ބޭނުންވާ 1 ކްލާސްރޫމް އެޅުމަށް ބޭނުންވެއެވެ. 

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 9 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދަންނަވަމެވެ.

7 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ