އދ. އޮމަދޫ ސްކޫލް
ދިވެހިރާއްޖެ
2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކުގެ މަޢުލޫމާތު

އިޢުލާން

ތިރީގައި އެވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކުގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމް ބަލައިގަންނަން ފައްޓާނީ 16 ނޮވެމްބަރ 2015 ވާ ހޯމަ ދުވަހުން ފެށިގެންނެވެ.މިކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 14 ޖަނަވަރީ 2015 އެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.އްޙަތ

ފެކަލްޓީ އޮފް އާރޓްސް

1. ބެޗްލަރ އޮފް އާރޓްސް އިން ދިވެހި ލޭންގްވިޖް

މުއްދަތު: ފުލް-ޓައިމް:3 އަހަރު (6 ސިމެސްޓަރ)                  ބްލޮކް މޯޑް: 3 އަހަރު (6 ސިމެސްޓަރ)    

ޖާގަ: 150 (ޖުމުލަ)               

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ، ފުލް-ޓައިމް ހަވީރު ދަންފަޅި (30 ޖާގަ)، ކ.މާލެ، ބްލޮކް މޯޑް (30 ޖާގަ)، ލ.ގަން، ބްލޮކް މޯޑް (30 ޖާގަ)، ސ. ހިތަދޫ ކެމްޕަސް، ބްލޮކް މޯޑް (30 ޖާގަ)، ގދ.ތިނަދޫ، ބްލޮކްމޯޑް (30 ޖާގަ)

ތަޢާރުފު:

މި ކޯހުގެ މައިގަޑު މަގުސަދަކީ، މަތީ ތަޢުލީމުގެ އުސޫލުތަކާ އެއްގޮތަށް ފުންކޮށް، ފުޅާކޮށް ވިސްނަން އެނގޭ، ކަންތައްތައް ނިންމުމުގައި ހުރިހާ ފަރާތަކަށް ވިސްނުން ފޯރުވާ، މަޢުލޫމާތުގެ އަލީގައި ކަންތައްތަކާ ދޭތެރޭ ދެކޭގޮތް ބަދަލުކުރަން ދަންނަ ދިވެހިން އުފެއްދުމެވެ. ކޯހުގެ ބައިތަކުގެ ތެރޭގައި ވާހަކަ ދެއްކުމާއި ލިޔުމުގައި ނަތީޖާ ނެރެވޭ ގޮތަށް ދިވެހި ބަސް ބޭނުން ކުރަން ދަސް ކޮށްދީ، ބަހާބެހޭ ސިޔާސަތުތަކާއި ގޮތްތައް ކަނޑަ އެޅުމުގައި ވިސްނަންޖެހޭ ކަންތައްތައް ވިސްނާނެގޮތްތަކަށް ބައިވެރިން އަހުލުވެރި ކުރުވާ ބަހާބެހޭ ދިރާސާތައް ކުރުމަށާއި ތަރައްޤީ ކުރުމަށް ބޭނުންވާ އަސާސީ ހުނަރު ކޯހުގެ ބައިވެރިންނަށް ލިއްބައިދެވެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ލިޔުންތެރިކަމުގެ ދާއިރާއިންނާއި، ބަހާއި ތާރީޚާއި ޘަޤާފަތާ ގުޅުން ހުރި  ދާއިރާ ތަކުންނާއި ކިޔަވައިދިނުމާއި ޚަބަރު ފަތުރާ ވަސީލަތްތަކުގެ ވަޒީފާތައް ހޯދުމުގެ މަގު ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާ އެކު 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއިއެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާ އެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ނ.ދިވެހިބަހާ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ، އުމުރުން 21 އަހަރު ވެފައިވާ މީހުން، ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާ އަކުން ފާސްވެފައިވުން.

2. އެޑްވާންސްޑް ސެޓްފިކެޓް އިން ލޭންގްވިޖް ޔޫސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)                       

ޖާގަ: 150 (ޖުމުލަ)               

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ހދ. ކުޅުދުއްފުށި، ބްލޮކް މޯޑް  (30 ޖާގަ)، ލ. ގަން، ބްލޮކް މޯޑް  (30 ޖާގަ)، ގދ. ތިނަދޫ، ބްލޮކް މޯޑް(30 ޖާގަ)، ސ. ހިތަދޫ، ބްލޮކް މޯޑް (30 ޖާގަ)

ތަޢާރުފު:

މިއީ އޮފީސްތަކުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ލެވެލްގައި މަސައްކަތްކުރާ ފަރާތްތައް ދިވެހި ބަހަށް އަހުލުވެރިކުރުވައި މަތީ ތަޢުލީމު ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މި ކޯހުގައި ދިވެހި ބަހުން މާނަހުރި ގޮތެއްގައި މުއާސަލާތު ކުރަން ދަސްކޮށްދިނުމާއި އޮފީސް މާހައުލުގައްޔާއި ދިރިއުޅުމުގެ އެކި ދާއިރާތަކުގައި މީހުންނާ ގުޅުން ބަދަހި ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި ތިމާގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ހުނަރުތައް އުނގަންނައިދިނުމާއި އޮފީސް މަސައްކަތަށް ބޭނުންވާ ކޮމްޕިއުޓަރ ހުނަރު ދަސްކޮށްދިނުން ހިމެނެއެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޔުނިވަރސިޓީގެ ބައެއް ދާއިރާތަކުގެ ޑިގްރީ ކޯސްތަކަށް ވަނުމުގެ ފުރުޞަތު ފަހިވާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގްރޭޑް 7 ނިންމައި، 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 50 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް (25 ޖާގަ) ، ސ.ހިތަދޫ، ބްލޮކްމޯޑް (25 ޖާގަ)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ދިވެހިރާއްޖޭގައި ޒިންމާދާރު ނޫސްވެރިން އުފެއްދުމުގެ މަގުސަދުގައެވެ. މި ކޯހުގެ އަލީގައި ތަފާތު މީޑިއާތަކުގައި މަސައްކަތް ކުރުމުގެ ހުނަރުތައް ކޯހުގެ ބައިވެރިންނަށް ދަސްކޮށްދެވެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް މީޑިއާގެ އެކި ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ ޤާބިލުކަން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާ އެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އުމުރުން 18 އަހަރުވެފައިވުމާއި ގްރޭޑް 10 ނިންމާފައިވުން އަދި ގުޅުން ހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން އަދި ފެކަލްޓީންދޭ ޚާއްސަ އިމްތިޙާނަކުން ފާސްވެފައިވުން.

4. ބެޗްލަރ އޮފް އާރޓްސް އިން ޖާރނަލިޒަމް  

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 20     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ދިވެހިރާއްޖޭގައި ޒިންމާދާރު ނޫސްވެރިން އުފެއްދުމުގެ މަގުސަދުގައެވެ. މި ކޯހުގެ އަލީގައި ތަފާތު މީޑިއާތަކުގައި ޤާބިލުކަމާއެކު މަސައްކަތް ކުރުމުގެ ހުނަރުތައް ކޯހުގެ ބައިވެރިންނަށް ދަސްކޮށްދެވެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް މީޑިއާގެ އެކި ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ ޤާބިލުކަން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއި އިނގިރޭސި ބަސް ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.ގުޅުންހުރި ދާއިރާއަކުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

5. އެޑްވާންސްޑް ސެޓްފިކެޓް އިން ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 25          

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:މާލެ، ބްލޮކް މޯޑް    

ތަޢާރުފު:

ލައިބްރަރީ އާއި އިންފޮރމޭޝަން ސާރވިސަސްގެ ދާއިރާއިން ޢިލްމު އުނގެނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގެ ޛަރީޢާއިން ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ލައިބްރޭރިއަނުން ތަމްރީން ކުރެވެއެވެ. މި ކޯހުގައި ކިޔަވައިދެވޭ ބައި ތަކުގެ ތެރޭގައި ލައިބްރަރީގެ ޚިދްމަތްތަކަށް ބައިވެރިން ތަޢާރުފް ކުރުމާއި، ކެޓަލޮގިންގ އާއި ކްލެސިފިކޭޝަންގެ ބައިތަކާއި ކޮމްޕިއުޓަރ ޢިލްމު ހިމެނެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ސްކޫލް ތަކުންނާއި އެހެނިހެން ދާއިރާ ތަކުގެ ލައިބްރަރީ ތަކުން ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލޫ ކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. ގްރޭޑް 10 ނިންމާފައިވުން އަދި އުމުރުން 18 އަހަރު ވެފައިވުން އަދި ގުޅުން ހުރި ދާއިރާ އަކުން 1 އަހަރު ދުވަހުގެ މަަސައްކަތު ތަޖްރިބާ ލިބިފައިވުން.

6. ޑިޕްލޮމާ އިން ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: މާލެ، ބްލޮކް މޯޑް

ތަޢާރުފު:

ލައިބްރަރީ އާއި އިންފޮރމޭޝަން ސާވިސަސްގެ ދާއިރާއިން ޢިލްމު އުނގެނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގެ ޛަރީޢާއިން ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ލައިބްރޭރިއަނުން ތަމްރީން ކުރެވެއެވެ. މި ކޯހުގައި ކިޔަވައިދެވޭ ބައި ތަކުގެ ތެރޭގައި ލައިބްރަރީގެ ޚިދްމަތްތަކަށް ބައިވެރިން ތަޢާރުފް ކުރުމާއި، ކެޓަލޮގިންގ އާއި ކްލެސިފިކޭޝަންގެ ބައިތަކާއި ކޮމްޕިއުޓަރ ޢިލްމު ހިމެނެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ސްކޫލް ތަކުންނާއި އެހެނިހެން ދާއިރާ ތަކުގެ ލައިބްރަރީ ތަކުން ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެޑްވާންސްޑް ސެޓްފިކެޓް އިން ލައިބްރަރީ އެންޑް އިންފޯރމޭޝަން ސާރވިސަސް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.ދަށު ސާނަވީ އިމްތިޙާނަކުން 1 މާއްދާއިން ފާސްވެފައިވުމާއެކު އުމުރުން 20 އަހަރު ވެފައިވުން އަދި ގުޅުން ހުރި ދާއިރާ އަކުން އެމް.އެން.ކިޔު އެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ މިދާއިރާއިން ލިބިފައިވުން.

7.  ބެޗްލަރ އޮފް ސައިކޮލޮޖީ

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: މާލެ، ފުލްޓައިމް

ތަޢާރުފު:

ސައިކޮލޮޖީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް އެދޭ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާ ކުރެވިފައިވާ މިކޯސް ފުރިހަމަކުރުމަށްފަހު ކޯހުގެ ބައިވެރިންނަށް ސައިކޮލޮޖީގެ މަޢުލޫމާތާއި ހުނަރާއި ވެލިޔުސް ރާއްޖޭގެ މާޙައުލާ ގުޅޭގޮތުން ބޭނުންކުރަން އެގޭނެއެވެ. މިކޯހުގެ ބައިތަކުގެ ތެރޭގައި ކޮގްނިޓިވް، ފޮރެންސިކް ސައިކޮލޮޖީ، ކައުންސެލިންގ ސައިކޮލޮޖީ، ނިޔުރޯ ސައިކޮލޮޖީ، ސޯޝަލް ސައިކޮލޮޖީ، އެބްނޯމަލް ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ހެލްތް ސައިކޮލޮޖީ ފަދަ ދާއިރާތަކުން ގުޅުން ހުރި ވަޒީފާ ތަކުގެ ފުރުޞަތުތައް ފަހިވެގެން ދާނެއެވެ. މިއީ ދިވެހިރާއްޖޭގައި ސައިކޮލޮޖީގެ ދާއިރާއިން މިފެންވަރަށް ތަޢުލީމުގެ ފުރުޞަތު ހުޅުވާލެވޭ ފުރަތަމަ ކޯހެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.ގުޅުން ހުރި ދާއިރާއަކުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

8. މާސްޓަރ އޮފް ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)           

ޖާގަ: 20                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:މާލެ، ފުލް-ޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާ ކޮށްފައިވަނީ ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކާ ބެންޗްމާރކު ކޮށްގެން ދިވެހި މުޖުތަމަޢަށް، މި ހިނދުން މިހިނދަށް ކޮންމެހެން ބޭނުންވާ ބައިތައް ހިމަނައިގެން މުޅިން އަމިއްލަ ކޯހެއްގެ ގޮތުގައެވެ. މި ކޯހުގެ ސަބަބުން ދިވެހި ބަސް ތަރައްޤީކޮށް ކުރި އެރުވޭނެ ދިވެހި ދަރިން، މުޖުތަމަޢަށް އިތުރުވެގެން ދާނެއެވެ. އަދި ދިވެހި ޘަޤާފަތުގެ މައްޗަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔައި ދިވެހި މުޖުތަމަޢުގެ ކުރިމަގު ބައްޓަން ކުރުމަށް ދިރާސާތައްކޮށް، ޝާއިޢުކުރެވޭނެ ފެންވަރުގެ ދިވެހި ދަރިން  ދިވެހި މުޖުތަމަޢަށް އުފަން ކުރެވޭނެއެވެ. މި ކޯހަކީ ދިވެހި ބަހާއި ޘަޤާފަތުގެ ދާއިރާއިން އެކުލަވާލި މާސްޓަރސް ފެންވަރުގެ ފުރަަތަމަ ކޯހެވެ. މި ރޮނގުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެފަދަ ދެވަނައެއްނެތް ރަނުގެ ފުރުޞަތެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ގުޅުންހުރި ދާޢިރާއަކުން ބެޗްލަރ ޑިގްރީ އެއް ހާސިލު ކޮށްފައިވުން ނުވަތަ އެ ފެންވަރު ހުރުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ފެކަލްޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

9. ބެޗްލަރ އޮފް އާރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯހުގެ މައިގަނޑު މަޤުޞަދަކީ، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހިނގާ ސިޔާސީ އަދި އިޤުތިޞާދީ ކަންކަމާއި، ސަރުކާރުގެ ސިޔާސަތުތަކާއި އަދި ތާރީޚީ ކަންކަމާމެދު ދިރާސާކޮށް، ފުންކޮށް އަދި ފުޅާކޮށް ވިސްނައި، ފާޑުކިއުމާއި މި ދާއިރާތަކުގެ ކަންކަން ހިނގާނުހިނގާގޮތް ދެނެގަނެ، އެކަންކަމާމެދު ފާރަވެރިވެ، އަދި ޤައުމީ ކުރިއެރުމާއި ތަރައްޤީއަށް ބާރުއަޅާގޮތަށް، ޤައުމުގެ ސިޔާސަތުތައް ބައްޓަންކޮށް އިސްލާހުކުރުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން ލިބިފައިވާ ބަޔަކު އުފެއްދުމެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ދައުލަތުގެ މުއައްސަސާތަކުންނާއި، މީޑިއާގެ އެކި ވަސީލަތްތައް ފޯރުކޮށްދޭ ފަރާތްތަކުންނާއި، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ އެކިއެކި ޖަމާއަތްތަކާއި ޖަމިއްޔާތަކުން ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ ޤާބިލުކަން ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދެ މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއިއެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ޙާޞީލު ކޮށްފައިވުން. ނުވަތަ

ނ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ.އުމުރުން 20 އަހަރު ފުރިފައިވުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން ނުވަތަ އެ ފެންވަރު ހުރުން އަދި ގުޅުންހުރި ދާއިރާއަކުން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް:ކޯހަށް ކުރިމަތިލާ ފަރާތްތަކުން ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން އިނގިރޭސިބަހުން ފާސްވެފައިވާންވާނެއެވެ. ނުވަތަ އެފެންވަރުގެ ފާހެއް އޮންނަންވާނެއެވެ. ނޫނީ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ އިމްތިޙާނުން ފާސްވާނެޖެހޭނެއެވެ.

10. ޑިޕްލޮމާ އިން ދިވެހި ލޭންގްވިޖް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަސް:މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯހުގެ މައިގަނޑު މަޤްސަދަކީ ދިވެހިބަހަށް ޝައުޤުވެރިކަންހުރި ދިވެހިބަހަށް ލޯބިކުރާ އަދި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ދިވެހިން އުފެއްދުމެވެ. މިގޮތުން، މިކޯހަކީ ސާނަވީ އަދި މަތީސާނަވީ ތަޢުލީމް ނިންމާ ވަޒީފާތަކަށް ކުރިމަތިލާން ތިބި ކުދިންނާއި، މިހާރުވެސް ޚިދުމަތުގައި ތިއްބެވި ބޭފުޅުންނަށް ދިވެހިބަހުގެ ޤަވާއިދާއި ބަހުގެ ހަމަތަކާއި ހުނަރުތައް ދަސްވެ ޑިގްރީ ފެންވަރަށް ކިޔެވުމަށް މަގުފަހިވެގެންދާނެ ކޯހެކެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މުދައްރިސްކަމުގެ ދާއިރާއިންނާއި، އޮފީސް އެޑްމިނިސްޓްރޭޝަން، ބަހާއި، ތާރީޚާއި، ޡަޤާފަތާ ގުޅުންހުރި ދާއިރާތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުގެ ވަޒީފާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިންގެ އެހީތެރިންގެގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ  އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ދިވެއްސާއެކު 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމާ އެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން ނުވަތަ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ނ.ދިވެހިބަހާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ، އުމުރުން 21 އަހަރުވެފައިވާ މީހުން، ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާޢްދާ އަކުން ފާސްވެފައިވުން.

11. އެޑްވާންސްޑް ޑިޕްލޮމާ އިން އިންގްލިޝް ލޭންގްވިޖް އެންޑް ކޮމިއުނިކޭޝަން

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގެ މައިގަނޑު މަޤުޞަދަކީ އިނގިރޭސި ބަހުން ޑިގްރީ ފެންވަރުގައި ތަފާތު މުޢާމަލާތްތައް ކުރުމުގެ ހުނަރާ ޤާބިލްކަން ލިބިފައިވާ އަދި އިނގިރޭސިބަހާ ބަހަވީޢިލްމުގެ މަޢުލޫމާތު އުނގެނިގެންތިބި މޮޅު ބަޔަކު އުފެއްދުމެވެ. މިކޯހުގައި ލިޔުމާއި ވާހަކަދެއްކުމުގައި އިނގިރޭސިބަސް ވަރަށްމަތީ ފެންވަރަކަށް ބޭނުންކުރަން ދަސްކޮށްދީ، ބަހާބެހޭ ސިޔާސަތުތަކާއި ގޮތްތައް ކަނޑައެޅުމުގައި ވިސްނަންޖެހޭ ތަފާތު ގޮތްތަކަށް ބައިވެރިން އަހުލުވެރި ކުރެވޭނެއެވެ. އަދި ބަހާބެހޭ ދިރާސާތައް ކުރުމަސާއި ބަސްތަރައްޤީ ކުރުމަށް ބޭނުންވާނެ އަސާސީ ހުނަރުތައް ލިއްބައިދެވޭނެއެވެ. މި ކޯސް ފުރިހަމަ ކުރާފަރާތްތަކަށް އިނގިރޭސި ބަސް އުނގަންނައި ދިނުން، ޓޫރިޒަމް، މީޑިއާ، ޕަބްލިކް ރިލޭޝަންސް، ކޯޕަރޭޓް ކޮމިއުނިކޭޝަން، ޑިޕްލޮމަސީ، ބަހާއި ބެހޭ ރިސަރޗް ކުރުން ފަދަ ދާއިރާތަކުން ވަޒީފާ ހޯދުމަށް މަގުފަހިވާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދެ މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

 ނުވަތަ

ށ.އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ.އުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ/އައި.ޖީ.ސީ.އެސް.އީ އޯ ލެވެލް އިމްތިހާނުން 1 މާއްދާއިން ފާސްވެފައިވުން އަދި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

12. ބެޗްލަރ އޮފް އާރޓްސް އިން އިންގްލިޝް ލޭންގްވިޖް އެންޑް ކޮމިއުނިކޭޝަން

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)           

ޖާގަ: 25                 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގެ މައިގަނޑު މަޤުޞަދަކީ އިނގިރޭސި ބަހުން ޑިގްރީ ފެންވަރުގައި ތަފާތު މުޢާމަލާތްތައް ކުރުމުގެ ހުނަރާ ޤާބިލްކަން ލިބިފައިވާ އަދި އިނގިރޭސިބަހާ ބަހަވީޢިލްމުގެ މަޢުލޫމާތު އުނގެނިގެންތިބި މޮޅު ބަޔަކު އުފެއްދުމެވެ. މިކޯހުގައި ލިޔުމާއި ވާހަކަދެއްކުމުގައި އިނގިރޭސިބަސް ވަރަށްމަތީ ފެންވަރަކަށް ބޭނުންކުރަން ދަސްކޮށްދީ، ބަހާބެހޭ ސިޔާސަތުތަކާއި ގޮތްތައް ކަނޑައެޅުމުގައި ވިސްނަންޖެހޭ ތަފާތު ގޮތްތަކަށް ބައިވެރިން އަހުލުވެރި ކުރެވޭނެއެވެ. އަދި ބަހާބެހޭ ދިރާސާތައް ކުރުމަސާއި ބަސްތަރައްޤީ ކުރުމަށް ބޭނުންވާނެ އަސާސީ ހުނަރުތައް ލިއްބައިދެވޭނެއެވެ. މި ކޯސް ފުރިހަމަ ކުރާފަރާތްތަކަށް އިނގިރޭސި ބަސް އުނގަންނައި ދިނުން، ޓޫރިޒަމް، މީޑިއާ، ޕަބްލިކް ރިލޭޝަންސް، ކޯޕަރޭޓް ކޮމިއުނިކޭޝަން، ޑިޕްލޮމަސީ، ބަހާއި ބެހޭ ރިސަރޗް ކުރުން ފަދަ ދާއިރާތަކުން ވަޒީފާ ހޯދުމަށް މަގުފަހިވާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ދެ މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ޙާޞީލު ކޮށްފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ.އުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ/އައި.ޖީ.ސީ.އެސް.އީ އޯ ލެވެލް އިމްތިހާނުން 1 މާއްދާއިން ފާސްވެފައިވުން އަދި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

13. އެޑްވާންސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 240 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ - ފުލްޓައިމް، (60 ޖާގަ)، ހދ.ކުޅުދުއްފުށި- ބްލޮކް މޯޑް، (60 ޖާގަ)، ލ.ގަން- ބްލޮކް މޯޑް (30 ޖާގަ)، ގދ.ތިނަދޫ - ބްލޮކް މޯޑް، (60 ޖާގަ)،  ސ.ހިތަދޫ - ބްލޮކް މޯޑް، (30 ޖާގަ)

ތަޢާރުފު:

އެޑްވާންސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން މި ކޯހަކީ ފެކަލްޓީ އޮފް އެޑިޔުކޭޝަން ގައި ހިންގާ ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް)، ބެޗްލަރ އޮފް އެޑިޔުކޭޝަން އާރލީ ޗައިލްޑްހުޑް (އޮނަރސް)، ބެޗްލަރ އޮފް އެޑިޔުކޭޝަން (އޮނަރސް)، ޕްރައިމަރީ، ސްޕެޝަލް އެޑިޔުކޭޝަން އަދި ބެޗްލަރ އޮފް އެޑިޔުކޭޝަން ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން (އޮނަރސް)، މި ކޯސްތަކަށް ކުދިން ތަމްރީން ކުރުމަށް އަމާޒުކޮށް ހިންގާ އެއް އަހަރު ދުވަހުގެ އެޑްވާންސްޑް ސެޓްފިކެޓް ކޯހެކެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މަތީގައިވާ ޑިގްރީ ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ-މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ގަބޫލުކުރާ 3 ވަނަ ދަރަޖަގައި ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

ނ-އުމުރުން 18 އަހަރުވުމާއެކު ގްރޭޑް 7 ފުރިހަމަކޮށްފައިވުން އަދި 1 އަހަރު ދުވަހު މަސައްކަތް ތަޖުރިބާ ލިބިފައިވުން.

 14. ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ

   އެޑްވާންސްޑް ޑިޕްލޮމާއިން ޓީޗިންގ ޕްރައިމަރީ

    ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ

   ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް)

މުއްދަތު:  ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ: 1 އަހަރު (2 ސިމެސްޓަރ)

       އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ: 2 އަހަރު (4 ސިމެސްޓަރ)

       ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ: 3 އަހަރު (6 ސިމެސްޓަރ)

       ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް): 4 އަހަރު (8 ސިމެސްޓަރ)

 ޖާގަ: 220 (ޖުމުލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ- ފުލްޓައިމް، (60 ޖާގަ)، ހދ.ކުޅުދުއްފުށި- ބްލޮކް މޯޑް، (40 ޖާގަ)، ލ.ގަން- ބްލޮކް މޯޑް (40 ޖާގަ)، ގދ.ތިނަދޫ - ހަވީރު ދަންފަޅި، (40 ޖާގަ)، ސ.ހިތަދޫ – ފުލްޓައިމް(ހަވީރު ދަންފަޅި) (40 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ފަށާ ތަޢުލީމުގެ ހަރުފަތުގައި ކިޔަވައިދޭން ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަގުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވާދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވާދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖްތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާ އެކެވެ. އަދި މި ކޯސް ފުރިހަމަ ކުރުމުން ރާއްޖެއިން ބޭރުގެ ޔުނިވާރސިޓީތަކުން މާސްޓަރސް ހެދުމުގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ކިޔަވައި ދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން.

15. ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ( ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)

   އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ (ދިވެހިލޭންގްވިޖް އެންޑް ލިޓްރޭޗަރ)

   ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހިލޭންގްވިޖް އެންޑް ލިޓްރޭޗަރ)

   ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހިލޭންގްވިޖް އެންޑް ލިޓްރޭޗަރ) - އޮނަރސް
މުއްދަތު: ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ): 1 އަހަރު (2 ސިމެސްޓަރ)

       އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ): 2 އަހަރު (4 ސިމެސްޓަރ)

       ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ): 3 އަހަރު (6 ސިމެސްޓަރ)

       ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)- އޮނަރސް: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 40 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ދިވެއްސާއި އަދަބިއްޔާތު ކިޔަވައިދޭން ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަގުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވާދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވާދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއިއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ޚާއްޞަވާން އެދޭ މާއްދާ ކިޔަވާދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއިކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ.ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޙާއްސަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖްރިބާ ލިބިފައިވުން.

16. އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީޗައިލްޑްހުޑް)

   ބެޗްލަރ އޮފް އެޑިޔުކޭޝަން (އާރލީޗައިލްޑްހުޑް) - އޮނަރސް

މުއްދަތު: އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް): 2 އަހަރު (4 ސިމެސްޓަރ)

      ބެޗްލަރ އޮފް އެޑިޔުކޭޝަން އާރލީ ޗައިލްޑްހުޑް) އޮނަރސް): 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 190 (ޖުމުލަ)     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ- ފުލްޓައިމް، (60 ޖާގަ)، ހދ.ކުޅުދުއްފުށި- ފުލްޓައިމް، (40 ޖާގަ)، ލ.ގަން- ބްލޮކް މޯޑް (30 ޖާގަ)، ގދ.ތިނަދޫ - ފުލްޓައިމް (ފްލެކްސީ މޯޑް)، (30 ޖާގަ)، ސ.ހިތަދޫ ފުލްޓައިމް (ފްލެކްސީ މޯޑް) (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޕްރީ ސްކޫލް މުދައްރިސުން ތަމްރީން ކުރުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޕްްރީ ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް، ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި އެންމެ ފަހުގެ ތަޢުލީމީ ދިރާސާ ތަކުގެ އަލީގައި ބައިވެރިންނަށް ކިޔަވައިދެވެއެވެ. މިކޯހަކީ މި ދާއިރާ އަށް ޝައުގުވެރިވާ ފަރާތް ތަކަށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށުގައި ހެދިދާނެ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ.އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ

ނ. އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ.ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން އެޑިއުކޭޝަން ފުރިހަމަކޮށްފައިވުން.

17. އެޑްވާންސްޑް ޑިޕްލޮމާ (ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން)

   ބެޗްލަރ އޮފް އެޑިޔުކޭޝަން (ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން) - އޮނަރސް

މުއްދަތު: އެޑްވާންސްޑް ޑިޕްލޮމާ އިން ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން: 2 އަހަރު (4 ސިމެސްޓަރ)

      ބެޗްލަރ އޮފް އެޑިޔުކޭޝަން (ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން) އޮނަރސް: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 60 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް (ފްލެކްސީ މޯޑް)

ތަޢާރުފު:

މި ކޯހަކީ ފަށާތަޢުލީމުން ފެށިގެން ސާނަވީ ފެންވަރަށް ސިއްޙަތާއި ހަށިގަނޑު ތަރުބިއްޔަތު ކިޔަވައިދޭން މުދައްރިސުން ތައްޔާރު ކުރުމުގެ މަޤްސަދުގައި ހިންގޭ މަތީ ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ކަސްރަތުގެ މުހިއްމު ކަމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އަމަލުތައް ބަހައްޓަންވީގޮތާއި، ބައިވެރިން މުދައްރިސުކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވާދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވާދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، މި ދާއިރާއިން ކުރެވިފައިވާ ދިރާސާތަކަށް އަޙުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިހާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

ނުވަތަ

ށ.ކިޔަވައި ދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ.އުމުރުން 25 އަހަރުވުމާއި 5 އަހަރު ދުވަހު ފިޒިކަލް އެޑިޔުކޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

18. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ

   ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ

   ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (އޮނަރސް))

މުއްދަތު: އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީ: 2 އަހަރު (4 ސިމެސްޓަރ)

       ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ: 3 އަހަރު (6 ސިމެސްޓަރ)

       ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (އޮނަރސް): 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 275 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ (ފުލްޓައިމް)، ހދ.ކުޅުދުއްފުށި (ފުލްޓައިމް)، ސ.ހިތަދޫ (ފުލްޓައިމް)

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާ ގޮތް (ހަމައެކަނިމާލެއަށް)

އެކައުންޓިންގ އާއި ބިޒްނަސް ސްޓަޑީޒް (15)        އެކައުންޓިންގ އާއި މެތަމެޓިކްސް  (10) 

އެކައުންޓިންގ އާއި އިކޮނޮމިކްސް  (10)          ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް  (15)      

މެތަމެޓިކްސް އާއި އިކޮނޮމިކްސް (5)              ކެމިސްޓްރީ އާއި ފިޒިކްސް  (15)             

މެތަމެޓިކްސް އާއި ކެމިސްޓްރީ  (10)             މެތަމެޓިކްސް އާއި ފިޒިކްސް  (15)

ބައޮލޮޖީ އާއި ކެމިސްޓްރީ  (15)                ބައޮލޮޖީ އާއި މެރިން ބައޮލޮޖީ  (10)

ކެމިސްޓްރީ އާއި މެރިން ބައޮލޮޖީ  (15)           މެތަމެޓިކްސް އާއި ބައޮލޮޖީ  (10)

މެތަމެޓިކްސް އާއި މެރިން ބައޮލޮޖީ  (10)          ބައޮލޮޖީ އާއި ފިޒިކްސް  (10) 

ކޮމްބިނޭޝަންތަކަށްޖާގަތައްކަނދާއެޅިފައިވާގޮތް (ހަމައެކަނިކެމްޕަސްތަކަށް)

އެކައުންޓިންގ އާއި ބިޒްނަސް ސްޓަޑީޒް  (15)      އެކައުންޓިންގ އާއި މެތަމެޓިކްސް  (10)

އެކައުންޓިންގ އާއި އިކޮނޮމިކްސް  (10)         ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް  (15)       

މެތަމެޓިކްސް އާއި އިކޮނޮމިކްސް  (5)

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ކިޔަވައިދޭން އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތައްޔާރު ކުރުމުގެ މަގުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވާދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވާދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޚާއްސަވާން އެދޭ މާއްދާތައް ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ޚާއްސަވާން އެދޭ މާއްދާތަކުގެ ތެރެއިން ކޮންމެވެސް އެއް މާއްދާއަކުން ކިޔަވާދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 5  ގެ ސަނަދެއް އޮތުމާއެކު ދެވަނަ މާއްދާއިން ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފާހެއް އޮތުން ނުވަތަ އެފެންވަރު ހުރުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ.ޚާއްޞަވާން އެދޭ މާއްދާތަކުން ކިޔަވާދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ބ.ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޙާއްސަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ޅ.އުމުރުން 25 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ޘާނަވީ ލެވެލްގައި ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

19.  ބެޗްޗަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (މެތަމެޓިކްސް) އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ:90 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ - ފުލްޓައިމް، (30 ޖާގަ), ހދ.ކުޅުދުއްފުށި- ފުލްޓައިމް، (30 ޖާގަ)، ގދ.ތިނަދޫ - ފުލްޓައިމް، (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރުގައި ކިޔަވައިދޭން ބެޗްލަރ ޑިގްރީ ފެންވަރުގެ ހިސާބު މުދައްރިސުން ތައްޔާރު ކުރުމުގެ މަގުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވާދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވާދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ހިސާބު ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ހިސާބު ކިޔަވާދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް އޮތުމާއެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ.ހިސާބު ކިޔަވާދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ބ.ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ހިސާބު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ޅ.އުމުރުން 25 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ޘާނަވީ ލެވެލްގައި ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

20. ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

   އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

   ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

   ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން) އޮނަރސް

މުއްދަތު: ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި،އިސްލާމް،ޤުރުއާން): 1 އަހަރު (2 ސިމެސްޓަރ)

      އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި،އިސްލާމް،ޤުރުއާން): 2 އަހަރު (4 ސިމެސްޓަރ)

      ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ދިވެހި،އިސްލާމް،ޤުރުއާން): 3 އަހަރު (6 ސިމެސްޓަރ)

      ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި،އިސްލާމް،ޤުރުއާން) އޮނަރސް: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 150 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ، ފުލްޓައިމް  (60 ޖާގަ)، ހދ.ކުޅުދުއްފުށި، ބްލޮކްމޯޑް (30 ޖާގަ)، ލ.ގަން، ބްލޮކްމޯޑް (30 ޖާގަ)، ސ.ހިތަދޫ، ބްލޮކްމޯޑް (30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ފަށާ ތަޢުލީމީ ހަރުފަތުގައި ދިވެއްސާއި އިސްލާމާއި ޤުރްއާންގެ ތެރެއިން 2 މާއްދާއެއް ކިޔަވައިދޭން ޚާއްސަވާ މުދައްރިސުން ތަމްރީނު ކުރުމުގެ މަގުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސުކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވަދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖުތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާ އެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ކިޔަވައި ދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން.

21. ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އިނގިރޭސި)

މުއްދަތު:  1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 40 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަސް:ހދ.ކުޅުދުއްފުށި

ތަޢާރުފު:

މި ކޯހަކީ ޡާނަވީއާއި މަތީ ޡާނަވީއާއި ޔުނިވަރސިޓީ ފެންވަރަށް ކިޔަވައިދޭނޭ މުދައްރިސުންނަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ އެމް.ކިޔު.އޭ ލެވަލް 8 ގެ ކޯހެކެވެ. މި ކޯސް އަމާޒުކުރެވިފައިވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ނުވަތަ މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ޑިގްރީއެއް އޮވެ ކިޔަވައިދިނުމުގެ ސަނަދެއް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށެވެ. މި ކޯހަކީ ބްލޮކް މޯޑުގައި ކިޔަވައިދޭ ކޯހަކަށް ވީތީވެ ވަޒީފާ އަދާކުރަމުންވެސް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ކިޔަވާދިނުން ނޫން ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް،ކިޔު،އޭ) ގަބޫލުކުރާ 7 ވަނަ ދަރަޖައިގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި ބެޗްލަރ ޑިގްރީ ހާސިލްކުރިއިރު އިނގިރޭސި މީޑިއަމްއިން ކިޔަވާފައިނުވާ ނަމަIELTS  އިން ދަށްވެގެން 5.5 ލިބިފައިވުން ނުވަތަޖީ.ސީ.އީ/އައި.ޖީ.ސީ.އެސް.އީ އިން “ސީ” ފާހެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ އިމްތިހާނުން ފާސްވެފައިވުން.  

22. މާސްޓަރ އޮފް އެޑިޔުކޭޝަން

މުއްދަތު:  2 އަހަރު (4 ސިމެސްޓަރ)      

ޖާގަ: 60 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ސ.ހިތަދޫ، ބްލޮކްމޯޑް (30 ޖާގަ)، ޏ.ފުވައްމުލައް، ބްލޮކްމޯޑް (30 ޖާގަ)

ތަޢާރުފު:

މިކޯހަކީ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ އަމަލީ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ފުރުސަތުތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ތިއަރެޓިކަލް ފްރޭމްވާރކްތައް ބައްޓަންކުރެވިފައިވާ ގޮތްތަކަށް ބިނާކުރަނިވިގޮތަކަށް، ދިރާސާތަކުގެ އަލީގައި ފާޑުކިޔާށާއި ތައުލީމީ ދާއިރާ އިތުރަށް ކުރިއަރުވައި، ހަރުދަނާގޮތުގައި ހިންގުމުގެ ހުނަރުތައް ފާހަގަކޮށް، މަޝްވަރާކޮށް ދަސްކޮށްދެވެއެވެ. މިކޯހުގެ މައިގަނޑުބައިތަކުގެ ތެރޭގައި ތައުލީމީ ދާއިރާގެ ލީޑަރޝިޕް، ޕޮލިސީ އެކުލަވައިލުން، އެސެސްމަންޓް އަދި ކަރިކިޔުލަމް ފަރުމާކުރުން ފަދަ މާއްދާތައް ހިމެނިފައިވެއެވެ. މީގެއިތުރުން ދިރާސާ ރާވާ، ހިންގައި، އަދި ދިރާސާ ރިޕޯޓްލިޔުމުގެ ފުރުސަތު މިކޯހުން ދަރިވަރުންނަށް ފަހިކޮށްދެއެވެ. މިކޯސް ހަދާ ފަރާތްތަކަށް ވަޒީފާގެ ކުރިއެރުން ތަކާއި މަގު ތަނަވަސްވެއެވެ. އަދި ޕީ.އެޗްޑީ އަށް ކިޔެވުމުގެ މަގު ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

-1 ތަޢުލީމީޝަތުރު:

ހ.އެޑިޔުކޭޝަނާ ގުޅުން ހުރި ދާއިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލްކޮށްފައިވުން. ނުވަތަ

ށ.އެޑިޔުކޭޝަން ނޫން ދާޢިރާއަކުން 03 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީ އެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައި ވުމާއެކު އެމް.ކިޔު.އޭ ގަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ އެޑިޔުކޭޝަން ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

ނ.ޑިޕްލޮމާއިން ޓީޗިންގ ފުރިހަމަކޮށްފައި ވުމާއި 8 އަހަރު ދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަން ދާއިރާއިން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިގިރޭސިފެންވަރު:

ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިގިރޭސި މީޑިއަމްއިން ކިޔަވާފައި ނުވާނަމަ ސީ.އޭ.އީ އިން ދަށްވެގެން “ސީ” ގްރޭޑް ހޯދާފައިވުން ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން.

23. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް)

   ބެޗްލަރ އޮފް އާރޓްސް އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިން ލޭންގްވިޖް

މުއްދަތު: ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް): 4 އަހަރު (8 ސިމެސްޓަރ)

      ބެޗްލަރ އޮފް އާރޓްސް އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިން ލޭންގްވިޖް:  3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 80

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ- ފުލްޓައިމް (40 ޖާގަ)، ސ.ހިތަދޫ – ފުލްޓައިމް (40 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން އަދި ޖީ.ސީ.އީ އޯ ލެވެލް އިނގިރޭސި ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.އިނގިރޭސި ކިޔަވާދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލް ކުރާ ލެވެލް 5 ގެ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ

ރ.އިނގިރޭސި ކިޔަވާދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

ބ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރު ދުވަހު ޘާނަވީ ފެންވަރުގައި ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން.

ނޯޓް:ކިޔަވައިދިނުމުގެ ތަޖްރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއި އެކު ހުށަހަޅަންވާނެއެވެ. އަދި މާލޭގައި ކިޔަވަން ގަސްތު ކުރާފަރާތްތައް ކިޔަވަން ގަސްދުކުރާގޮތެއް އެޕްލިކޭޝަން ފޯމުގައި ބަޔަން ކުރަންވާނެއެވެ.

24. ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް)

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 60 (ޖުމުލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ- ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ކިޔަވައި ދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން.

25. ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން) އޮނަރސް

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 60 (ޖުމުލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ- ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ކިޔަވައި ދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން.

26. ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ)

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 60 (ޖުމުލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ- ބްލޮކްމޯޑު

 ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއިއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ޚާއްޞަވާން އެދޭ މާއްދާ ކިޔަވާދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއިކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ.ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޙާއްސަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖްރިބާ ލިބިފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖްރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއި އެކު ހުށަހަޅަންވާނެއެވެ.

27. ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން) އޮނަރސް 

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 40 (ޖުމުލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ގދ.ތިނަދޫ - ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ކިޔަވައި ދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން.

ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޯލޮޖީ

28. ސެޓްފިކެޓް 3 އިން އިލެކްޓްރޯޓެކްނިކަލް ޓެކްނޯލޮޖީ

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)       

ޖާގަ: 70 (ޖުމުލަ)                        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް (35 ޖާގަ)، ސ.ހިތަދޫ، ފުލްޓައިމް (35 ޖާގަ)

ތަޢާރުފު:

ކަރަންޓް ވައިރު ކުރުމުގެ ދާއިރާއިން ޓެކްނީޝަނުން ތައްޔާރު ކުރުމަށް ފަރުމާ ކުރެވިފައިވާ މިކޯހުގައި ޒަމާނީ މާހައުލެއްގައި މަސައްކަތް ކުރަން އެނގުމާއި، ވައިރު ކުރުމުގެ މަތީފެންވަރުގެ ޢިލްމާއި ހުނަރު އުގަންނައި ދިނުމުގެ އިތުރުން މިދާއިރާއިން ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކަކަށް ކޯހުގެ ބައިވެރިން އަހުލުވެރި ކުރެވޭނެއެވެ. މިކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހޯދާ ފަރާތްތަކަށް ކެޓަގަރީ A (ހައުސް ވައިރިންގ) ގެ ކަރަންޓަ މަސައްކަތް ކުރުމުގެ ލައިސަންސް މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އިން ދޫކުރާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ. ގުޅުން ހުރި ދާއިރާއަކުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.އުމުރުން 18 އަހަރު ފުރިފައިވުމާއި އެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

29. ސެޓްފިކެޓް 3 އިން ވެލްޑިންގއެންޑްޝީޓްމެޓަލް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)       

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ހދ. ކުޅުދުއްފުށީ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގައި ވެލްޑިންގ ކުރުމަށް ބޭނުން ކުރެވޭ އާލާތްތަކަށް ބައިވެރިން އަހުލުވެރިކުރުމާއި، ވެލްޑިންގ ކުރަން ދަސްކޮށްދިނުމާއި، މެޓަލް ޝީޓުން ތަކެތި ހަދަން ދަސްކޮށްދެވެއެވެ. މިދާއިރާއިން ތަމްރީންވާ ފަރާތްތަކަށް ވެލްޑަރުންގެ ގޮތުގައި ވަރކްޝޮޕްތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން ފުރުސަތުތައް ލިބެއެވެ. ތަފާތު ވައްތަރުގެ ވެލްޑިންގ އަމިއްލައަށް ކުރެވޭ ފެންވަރަށް ދަސްކޮށްދެވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން ނުވަތަ އެ ފެންވަރު ހުރުން. ނުވަތަ

ށ.އުމުރުން 18 އަހަރު ފުރިފައިވުމާއި އެކު ގުޅުން ހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

30. ސެޓްފިކެޓް 3 އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް 

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)                   

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ހދ. ކުޅުދުއްފުށީ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ އޮޑިދޯނިފަހަރުގައި އާއްމުގޮތެއްގައި ބޭނުންކުރެވޭ އިންޖީނަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ މައްޗަށެވެ. މި ކޯސް ފުރިހަމަކުރުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާއިންނާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން ނުވަތަ އެ ފެންވަރު ހުރުން. ނުވަތަ

ށ.އުމުރުން 18 އަހަރު ފުރިފައިވުމާއި އެކު ގުޅުން ހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

31. އެޑްވާންސްޑް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)       

ޖާގަ: 20                              

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ސ. ހިތަދޫ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ކަރަންޓާއި އިލެކްޓްރޯނިކްސް ދާއިރާ އަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން މަތީ ސެޓްފިކެޓް ހާސިލުކޮށް ދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު މި ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް މުވާސަލާތުގެ ދާއިރާ އިންނާއި ފަތުރުވެރިކަމުގެ ދާއިރައިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަޑު:

ހ.ހިސާބު ނުވަތަ ފިޒިކްސް ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ.ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

31. ޑިޕްލޮމާ އިން އިލެކްޓްރޯނިކްސް އިންޖިނިއަރިންގ 

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)        

ޖާގަ: 40      (ޖުމުލަ)                                                       

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް (20 ޖާގަ)، ސ.ހިތަދޫ، ފުލްޓައިމް (20 ޖާގަ)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ އިލެކްޓްރޯނިކްސް ދާއިރާ އަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށް ދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އެހެން ޑިޕްލޮމާ ފަދައިން ޑިގްރީ ހެދޭނެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް މުވާސަލާތުގެ ދާއިރާ އިންނާއި ފަތުރުވެރިކަމުގެ ދާއިރައިންނާއި މަސްވެރިކަމުގެ ދާއިރާއިން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަޑު:

ހ.ޖީ.ސީ.އީ އޯ ލެވެލްގެ ހިސާބު ނުވަތަ ފިޒިކްސް ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުމާ އެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ގުޅުން ހުރި ދާއިރާއަކުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ނ. އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 3 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

33. ބެޗްލަރ އޮފް އާރޓްސް އިން އާރކިޓެކްޗުރަލް ޑިޒައިން

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)             

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯހުގައި ހިމެނެނީ ބެޗްލަރ ފެންވަރުގެ އާރކިޓެކްޗަރ ޑިގްރީގެ ފުރަތަމަ ބައެވެ. އެހެނީ ގިނަ ޕްރޮފެޝަނަލް އާކިޓެކްޗަރ ޖަމާޢަތްތަކުގައި ބައިވެރިވުމަށް 5 އަހަރު ކިޔަވަން ޖެހެއެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ 3 އަހަރުގެ ބެޗްލަރ ޑިގްރީ އެކެވެ. މި ޑިގްރީ ލިބުމަށް ފަހު، ބެޗްލަރ އޮފް އާކިޓެކްޗަރ ކިޔެވުމަށް އިތުރު 2 އަހަރު ހޭދަކުރަން ޖެހެއެވެ. މި ކޯހަކީ ރޯޔަލް އިންސްޓިޓިއުޓް އޮފް ބްރިޓިޝް އާރކިޓެކްސްގެ މެންބަރުކަމަށް ބޭނުންވާ މުޤައްރަރަށް ޔުނިވަރސިޓީ އޮފް ނިއުކާސްލް-އަޕްއޮން-ޓައިންގެ މި ދާއިރާގެ ޕްރޮފެސަރަކު އެކުލަވާލާފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުމާއެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ގުޅުން ހުރި ދާއިރާއަކުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ.ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، އުމުރުން 20 އަހަރު ވެފައިވާ މީހުން، ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާ އަކުން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

34. ބެޗްލަރ އޮފް ސިވިލް އިންޖިނިއަރިންގ

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)        

ޖާގަ: 20                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

ސިވިލް އިންޖިނިއަރިންގެ ޢިލްމަކީ ބިނާވެށި ފަރުމާކޮށް، ތަރައްޤީކޮށް، އާރާސްތުކުރުމާއި ގުޅިފައިވާ ޢިލްމެކެވެ. މިގޮތުން ޤައުމެއްގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ އެންމެހާ އިމާރާތްތަކާއި ސިނާއީ މަސައްކަތްތަކާއި ދަތުރުފަތުރުގެ ނިޒާމް އެ އިލްމެއްގައި ހިމެނިފައިވާ އިލްމެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ކޮންސްޓްރަކްޝަން، ސްޓްރަކްޗަރަލް، ޓްރާންސްޕޯރޓް، ވޯޓަރ، ސިވިލް އަދި ޖިއޯޓެކްނިކަލް އިންޖިނޭރުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަޑު:

 ހ.ޖީ.ސީ.އީ އޭ ލެވެލް ގެ ހިސާބު އަދި ފިޒިކްސް ހިމެނޭ ގޮތަށް 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ޑިޕްލޮމާ އިން ސިވިލް އިންޖިނިއަރިންގ ފުރިހަމަކޮށްފައިވުންނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.ބެޗްލަރ އޮފް ސިވިލް އިންޖީނިއަރިންގ ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 2 އިން ފާސްވެފައިވުން.

ފެކަލްޓީ އޮފް ހެލްތް ސައެންސަސް

35. ޑިޕްލޮމާ އިން ނާރސިންގ

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ:  65 (ޖުމުލަ)                  

ކޯސްހިންގާކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް 25 ޖާގަ، ޝަރުޠު ހ އާއި ށއިން ހޮވޭފަރާތްތަކަށް،ހދ.ކުޅުދުއްފުށި، ފުލްޓައިމް 20 ޖާގަ، ޝަރުޠު ރއިން ހޮވޭފަރާތްތަކަށް، ސ.ހިތަދޫ، ފުލްޓައިމް، 20 ޖާގަ، ޝަރުޠު ރއިން ހޮވޭފަރާތްތަކަށް

ތަޢާރުފު:

ސްޓާފް ނަރުސް ގްރޭޑް 1އަށް ވުމުގެ ފުރުޞަތު ބައިވެރިންނަށް ހުޅުވާލަދޭ މި ކޯސް ފަރުމާ ކުރެވިފައިވަނީ ނަރުސް ކަމުގެ ޚިދްމަތް ހޮސްޕިޓަލުތަކާއި ކުލިނިކުތަކާއި އެހެނިހެން ޞިއްޙީ ފަރުވާދޭ ތަންތަނުގައި އެކަށޭނަގޮތަކަށް ފޯރުކޮށްދެވޭނެ ޤާބިލު ނަރުހުން ތައްޔާރު ކުރުމަށެވެ. މިކޯހުގައި ބަލިމީހުންނަށް ޚިދްމަތް ފޯރުކޮށްދިނުމާއި ވޯޑު ބެލެހެއްޓުމުގެ ހުނަރުތައްވެސް ބައިވެރިންނަށް ދަސްކޮށްދެވެ އެވެ. މިކޯހުގެ ބައިވެރިންނަށް ޢަމަލީ ތަމްރީން ދިވެހި ރާއްޖެއިންނާއި އަވަށްޓެރި ޤައުމުތަކުން ވެސް ދެވެ އެވެ. ޑިގްރީ ނެގޭނެ މަގު ކޮށިފައި ވެއެވެ. ނަރުސްކަމަކީ މުޖްތަމަޢުގައި ޤަދަރު ހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ. އާއިލާއަށް ވަރަށް ފައިދާ ކުރާނެ ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯލެވެލް ގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.ޝަހާދާ ޘާނަވިއްޔާ ގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ.ނަރުސްކަމުގެ ދާއިރާއިން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

36. ބެޗްލަރ އޮފް ނާރސިންގ

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ:  60 (ޖުމުލަ)                  

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ (20 ޖާގަ، ޝަރުޠު ހއިން ހޮވޭފަރާތްތަކަށް)، ކ.މާލެ، ފުލްޓައިމް (20 ޖާގަ، ޝަރުޠު ށއިން ހޮވޭފަރާތްތަކަށް)، ކ.މާލެ، ޕާރޓްޓައިމް (20 ޖާގަ، ޝަރުޠު ށއިން ހޮވޭފަރާތްތަކަށް)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ޑިގްރީ ފެންވަރުގެ ނަރުހުން ތަމްރީން ކުރުމުގެ މަގުސަދުގައެވެ. މި ކޯހުގެ ސަބަބުން ރެޖިސްޓަރޑް ނަރުހުންނަށް، ރާއްޖޭގައި ތިބެގެން ވަޒީފާގެ ހަރުގަނޑުގެ މަތީ ހަރުތަކަކަށް އެރުމުގެ ދޮރު ހުޅުވިގެންދެއެވެ. އަދި މިކޯސް ފުރިހަމަ ކުރުމަށްފަހު ރާއްޖޭގެބޮޑެތި ހޮސްޕިޓަލު ތަކުގައާއި ކުލިނިކު ތަކުގައި ސްޓާފް ނަރުހުންގެ މަޤާމުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ބައިވެރިންނަށް ހުޅުވިގެންދާނެއެވެ. ނަރުސްކަމަކީ މުޖުތަމަޢުގައި ޤަދަރު ހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް ސައިންސް 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ފިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ.ޑިޕްލޮމާ އިން ނާރސިންގ ފުރިހަމަ ކޮށްފައިވުމާއި މޯލްޑިވްސް ނަރސިންގ ކައުންސިލުގައި ރެޖިސްޓަރޑް ނަރުހެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވުމާއި ނަރުސްކަން ކުރުމުގެ ލައިސަންސް ލިބިފައިވުން. އަދި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ނުވަތަ IELTS އިން ދަށްވެގެން 6.0 ހޯދާފައިވުން ނުވަތަ އެހެން ބައިނަލް އަޤްވާމީ އިނގިރޭސި އިމްތިޙާނަކުން މިފެންވަރު ހޯދާފައިވުން.

ނޯޓް:ށ.ގައިވާ ނަރސިންގ ކައުންސިލުގެ ރެޖިސްޓްރޭޝަން ޝަރުޠުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިޕްލޮމާ އިން ނަރސިންގ ފުރިހަމަކޮށްފައިވާ ފަރާތްތައް އިސްތިސްނާ ވާނެއެވެ.

37. މާސްޓަރ އޮފް ނާރސިންގ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 10

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ (ފުލްޓައިމް)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ މާސްޓަރސް ފެންވަރުގެ ނަރުހުން ތަމްރީން ކުރުމުގެ މަގުސަދުގައެވެ. މި ކޯހުގެ ސަބަބުން ރެޖިސްޓަރޑް ނަރުހުންނަށް، ރާއްޖޭގައި ތިބެގެން ވަޒީފާގެ ހަރުގަނޑުގެ މަތީ ހަރުތަކަކަށް އެރުމުގެ ދޮރު ހުޅުވިގެންދެއެވެ. އަދި މިކޯސް ފުރިހަމަ ކުރުމަށްފަހު ރާއްޖޭގެބޮޑެތި ހޮސްޕިޓަލު ތަކުގައާއި ކުލިނިކު ތަކުގައި ސްޓާފް ނަރުހުންގެ މަޤާމުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ބައިވެރިންނަށް ހުޅުވިގެންދާނެއެވެ. ނަރުސްކަމަކީ މުޖުތަމަޢުގައި ޤަދަރު ހުރި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ބެޗްލަރ އޮފް ނާރސިންގ ފުރިހަމަކޮށްފައިވުމާއިއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި

ށ.މޯލްޑިވްސް ނާރސިންގ ކައުންސިލުން ލައިސަންސް ލިބިފައިވުމާއިއެކު ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ IELTS އިން ދަށްވެގެން 6.0 ހޯދާފައިވުން.

38. އެޑްވާންސްޑް ޑިޕްލޮމާ އިން ކްރިޓިކަލް ކެއަރ ނާރސިންގ

މުއްދަތު: 6.5 ސިމެސްޓަރ (ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތް ތަކަށް މި ކޯސް 1 އަހަރު ދުވަހުގެ ޕާރޓް-ޓައިމް ކިޔެވުމާއި 4 މަހުގެ ބްލޮކްމޯޑުގެ ކްލިނިކަލްސް އާއި އެކު ފުރިހަމަ ކުރެވޭނެއެވެ).

ޖާގަ: 10                   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ޕާރޓް-ޓައިމް  

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ މި ދާއިރާގެ ޚާއްޞަ ހުނަރުތަކާއި ތަޢުލީމު ލިބިތިބެ ބަލިމީހުންގެ ބޭނުންތަކާއި އިޙްސާސްތައް ދެނެގެން ޚިދްމަތް ދިނުން އަމާޒަކަށް ބަލައިގެންނެވެ. ކޯހުގެ ތެރޭގައި, ޚިދްމަތް ބޭނުންވާ މީހުންނަށް އަޅާލުންތެރިކަމާއެކު ޚިދްމަތް ދިނުމަށާއި މަސައްކަތުގެ މާހަޢުލަކީ އެންމެން ބައިވެރިވެގެން މަސައްކަތް ކުރާ ތަނަކަށް ހެދުމަށް ބާރު އެޅޭނެއެވެ. މި ކޯހުގެ ތެރޭގައި ހިމެނެނީ އެމަޖެންސީގައި ގެންނަ މީހުންނާއި ޙާލު ބޮޑު ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް ބޭނުންވާ ނާރސިންގް ކެޔަރ ދިނުމުގެ ހުނަރު ތަކާއި މަޢުލޫމާތެވެ. މީގެ އިތުރުން، ޞިއްޙީ ޚިދުމަތްދޭ އެހެން ފަންނުވެރިންނާއި ގުޅިގެން ވިސްނުންތެރިކަމާއެކީ މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށް ދެވެއެވެ. އަދިކޯހުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި މި ޚާއްޞަ ފަންނީ ރޮނގުން ތަމްރީނުވާ ނަރުހުންނަކީ މިރޮނގުން ދާއިމީ ކުރިއެރުމަށް މަސައްކަތްކުރާނެ ބަޔަކަށް ވުމަށް ބާރުއެޅެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ނަރުސްކަމުގެ ޑިޕްލޮމާ ކޯސް ފުރިހަމަ ކޮށްފައިވުމާއެކު ކްލިނިކަލް ނަރސިންގގެ ދާއިރާގައި މަސައްކަތް ކުރުމުގެ 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ނޯޓް:މިކޯސް ފަރުމާ ކުރެވިފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ހިންގާ ޑިޕްލޮމާ އިން ނަރސިންގ ކޯސް ފުރިހަމަ ކުރުމަށް ފަހު އިތުރު ދޮޅު ސެމެސްޓަރގެ ކިޔެވުމާއެކު އެޑްވާންސްޑް ޑިޕްލޮމާ ހާސިލު ކުރެވޭ ގޮތަށެވެ. މަތީގައި އެވަނީ ކޯހުގެ މުޅި ޖުމުލަ މުއްދަތެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތައް ހަދަން ޖެހޭނީ ކޯހުގެ ފަހު ދޮޅު ސެމެސްޓަރގެ މާއްދާތަކެވެ. އަދި މިފަރާތްތައް ދައްކަންޖެހޭނީ މިމާއްދާތަކުގެ ފީ އެކަންޏެވެ. ޕާރޓްޓައިމްކޮށް މި ކޯސް ކުރިއަށް ގެންދެވޭނީ 1 އަހަރު ދުވަހުގެ ޕާރޓް-ޓައިމް ކިޔެވުމާއި 4 މަހުގެ ބްލޮކްމޯޑުގެ ކްލިނިކަލްސް ހިމެނޭ ގޮތަށެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތް ތަކަށް ފުލްޓައިމް ކޮށް މި ކޯސް 1.5 ސެމެސްޓަރގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ.

39. އެޑްވާންސްޑް ޑިޕްލޮމާ އިން މިޑްވައިފަރީ 

މުއްދަތު: 6.5 ސިމެސްޓަރ (ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތް ތަކަށް ފުލްޓައިމް ކޮށް މި ކޯސް 1.5 ސެމެސްޓަރގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ. އަދި ޕާރޓް-ޓައިމްކޮށް 1.5 އަހަރުގެ ތެރޭ ފުރިހަމަ ކުރެވޭނެއެވެ).

ޖާގަ: 20 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ޕާރޓް-ޓައިމް (10 ޖާގަ)، ކ. މާލެ، ފުލް-ޓައިމް (10 ޖާގަ)

ތަޢާރުފު:

ފޫޅުމާކަމުގެ ތަމްރީނާއި މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭ މިކޯހުގައި، މާބަނޑު ދުވަސްވަރާއި، ވިހެއުމުގެ ތެރޭގައާއި އެއަށްފަހުއާއި، މާބަނޑު އަންހެނުންނާއި އެ މީހުންގެ އާއިލާ ތަކަށް އެހީ ފޯރުކޮށް ދިނުމަށް ދަރިވަރުންނަށް ދަސްކޮށް ދެވެއެވެ. މި ކޯސް ނިންމުމަށްފަހު އަންހެނުން ވިއްސުމުގެ މަސައްކަތް ހޮސްޕިޓާތަކާއި ކުލިނިކުތަކާއި ހެލްތު ޕޯސްޓު ތަކުގައި ކުރުމުގެ ދޮރު މި ދަސްވެނިންނަށް ހުޅުވިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ނަރުސްކަމުގެ ޑިޕްލޮމާ ކޯސް ފުރިހަމަ ކޮށްފައިވުން.

ނޯޓް:މިކޯސް ފަރުމާ ކުރެވިފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ހިންގާ ޑިޕްލޮމާ އިން ނަރސިންގ ކޯސް ފުރިހަމަ ކުރުމަށް ފަހު އިތުރު ދޮޅު ސެމެސްޓަރގެ ކިޔެވުމާއެކު އެޑްވާންސްޑް ޑިޕްލޮމާ ހާސިލު ކުރެވޭ ގޮތަށެވެ. މަތީގައި އެވަނީ ކޯހުގެ މުޅި ޖުމުލަ މުއްދަތެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތްތައް ހަދަން ޖެހޭނީ ކޯހުގެ ފަހު ދޮޅު ސެމެސްޓަރގެ މާއްދާތަކެވެ. އަދި މިފަރާތްތައް ދައްކަންޖެހޭނީ މިމާއްދާތަކުގެ ފީ އެކަންޏެވެ. މިކޯސް ފުލްޓައިމް އާއި ޕާރޓްޓައިމް ކޮށް މިބުރުގައި ހިންގޭނެއެވެ. ޕާރޓްޓައިމްކޮށް މި ކޯސް ކުރިއަށް ގެންދެވޭނީ 1 އަހަރު ދުވަހުގެ ޕާރޓް-ޓައިމް ކިޔެވުމާއި 4 މަހުގެ ބްލޮކްމޯޑުގެ ކްލިނިކަލްސް ހިމެނޭ ގޮތަށެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ޑިޕްލޮމާ އިން ނަރސިންގ ކޯސް ހަދާފައިވާ ފަރާތް ތަކަށް ފުލްޓައިމް ކޮށް މި ކޯސް 1.5 ސެމެސްޓަރގެ ތެރޭގައި ފުރިހަމަ ކުރެވޭނެއެވެ.

40. ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތް ކެއަރ

މުއްދަތު: 2.5 އަހަރު (5 ސިމެސްޓަރ)

ޖާގަ: 25

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ދުޅަހެޔޮކަން ކުރިއެރުވުމަށާއި ބަލިން ރައްކާތެރި ވުމަށާއި، ބަލިވުމުން ބޭސް ދިނުމާ ބެހޭ (ކިއުރޭޓިވް، ޕްރިވެންޓިވް އަދި ޕްރޮމޯޓިވް) ޞިއްޙީ ޚިދްމަތްތައް އުނގަންނައި ދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯހުގައި ޞިއްޙީ ޚިދްމަތްދޭ ތަންތަން ހިންގައި މޮނީޓަރ ކުރުމުގެ ހުނަރާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށް ދެވެއެވެ. އަދި މިކޯހުގައި ދަރިވަރުންނަށް އަމަލީ ތަމްރީން، ރާއްޖެއިންނާއި އަވަށްޓެރި ޤައުމު ތަކުންވެސް ދެވެއެވެ. މި ކޯސް ފުރިހަމަ ކުރުމަށް ފަހު ބައިވެރިންނަށް މާލެއާއި، އަތޮޅުތެރޭގައާއި ރިސޯޓު ތަކުގައި ޞިއްޙީ ދާއިރާގައި ޙަރަކާތް ތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ.ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ޕިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ނ.އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް:ނ ގައިވާ ޝަރުޠުން މިކޯހަށް ހޮވޭ ފަރާތްތަކަށް އެޑްވާންސްޑް ސެޓްފިކެޓްގައި ފުރިހަމަކޮށްފައިވާ މާއްދާތަކުގެ ތެރެއިން މަތީ ފުރުޞަތު ދެވެންހުރި މާއްދާތަކަށް ޔުނިވަރސިޓީގެ ‘ރިކޮގްނިޝަން އޮފް ޕްރައަރ ލާރނިންގ އެންޑް ޓްރާންސްފަރ އޮފް ކްރެޑިޓް’ ޕޮލިސީގެ ދަށުން މަތީ ފުރުޞަތު ދެވޭނެއެވެ.

41. ބެޗްލަރ އޮފް ޕްރައިމަރީ ހެލްތް ކެއަރ

41. އެޑްވާންސްޑް ސެޓްފިކެޓް އިން ފާރމަސީ 

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ) 

ޖާގަ: 45

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

ބަލި މީހުންނަށް ގެއްލުމެއް ނުވާ ގޮތަށް ޑަކްޓަރީ ބޭސް ފޯރު ކޮށްދިނުމަށް ތަމްރީން ކުރާ މި ކޯހުގައި އިންސާނާގެ ހަށިގަނޑުގެ ސިސްޓަމްތަކާއި، އެކި އެކި ބަލިތަކާއި ބެހޭ މަޢުލޫމާތު ބައިވެރިންނަށް ދެވޭނެއެވެ. މި ކޯސް ނިންމުމަށް ފަހު މާލެއާއި އަތޮޅު ތެރޭގެ ބޭސް ފިހާރަތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ބައިވެރިންނަށް ލިބިގެން ދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ޔުނިވަރސިޓީން ހިންގާ ސެޓްފިކެޓް 3 އިން ފާރމަސީ ފުރިހަމަ ކޮށްފައިވުން.

43. ޑިޕްލޮމާ އިން ފާރމަސީ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ) 

ޖާގަ:  50 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް (25 ޖާގަ)، ހދ.ކުޅުދުއްފުށި، ފުލްޓައިމް (25 ޖާގަ)

ތަޢާރުފު:

ބަލި މީހުންނަށް ގެއްލުމެއް ނުވާ ގޮތަށް ޑަކްޓަރީ ބޭސް ފޯރު ކޮށްދިނުމަށް ތަމްރީން ކުރާ މި ކޯހުގައި އިންސާނާގެ ހަށިގަނޑުގެ ސިސްޓަމްތަކާއި، އެކި އެކި ބަލިތަކާއި ބެހޭ މަޢުލޫމާތު ބައިވެރިންނަށް ދެވޭނެއެވެ. މި ކޯސް ނިންމުމަށް ފަހު މާލެއާއި އަތޮޅު ތެރޭގެ ބޭސް ފިހާރަތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ބައިވެރިންނަށް ލިބިގެން ދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.އެޑްވާންސްޑް ސެޓްފިކެޓް އިން ފާރމަސީ ފުރިހަމަ ކޮށްފައިވުން. ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލް ގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީ އިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

44. ޑިޕްލޮމާ އިން ކައުންސެލިންގ 

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ) 

ޖާގަ:  15

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މިކޯހުގައި ކައުންސެލިންގގެ ހުނަރުތަކާއި ކައުންސެލިންގ ދޭނެގޮތާއި، މި ދާއިރާއިން ހޯދިފައިވާ ހޯދުންތައް ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި 100 ގަޑި އިރުގެ އަމަލީ ތަމްރީން ކައުންސެލިންގ ދޭ މަރުކަޒެއްގައި ކޯހުގެ ބައިވެރިންނަށް ދެވެއެވެ. ކައުންސެލިންގ އަކީ ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ، ނަމަވެސް މަންފާ ބޮޑު މަސައްކަތެކެވެ. މި ކޯސް ފުރިހަމަ ކުރުމަށް ފަހު އަދާ ކުރެވިދާނެ ވަޒީފާ ތަކުގެ ތެރޭގައި ޑްރަގް އެޑިކްޓުންނަށް އެކަމުން ސަލާމަތް ވުމަށް އެހީވުމާއި، ސުކޫލް ތަކުގައި ކައުންސެލަރެއްގެ ގޮތުން މަސައްކަތް ކުރުމާއި، ޞިއްޙީ ދާއިރާގައި ކައުންސެލަރެއްގެ ގޮތުން މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަމިއްލަ ފަރާތް ތަކުން ވެސް މި ރޮނގުން ކިޔަވައިގެން ތިބި ފަރާތް ތަކަށް ވަޒީފާ ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1.ހ.ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 4 މާއްދާއިން ފާސްވެފައިވުން. ނުވަތަ

  ށ.އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހޯދާފައިވުން. އަދި

2. ފެކަލްޓީގެ ފަރާތުން ކުރާ އިންޓަރވިއު އަކުން ފާސްވުން. އަދި

3. ކޯހަށް ކުރިމަތިލާ ފަރާތާ ބެހޭ މަޢުލޫމާތު ރަނގަޅަށް ދަންނަ ދެ ފަރާތަކުން ރެފަރެންސް (ތަޖުރިބާއާ ފެންވަރުގެ ގޮތުން ޤާބިލުކަން ބަޔާން ކޮށްދޭ) ސިޓީ ހުށަހެޅުން.

4.ޕޮލިސް ކްލިއަރެންސް ރިޕޯޓެއް ހުށަހެޅުން.

ނޯޓް: ޘާނަވީ ތަޢުލީމު ނުވަތަ އެއަށްވުރެ މަތީ ސަނަދަކަށް ކިޔަވާފައިވަނީ އިނގިރޭސި މީޑިއަމުން ނޫންނަމަ، އިނގރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

45. އެޑްވާންސްޑް ސެޓްފިކެޓް އިން ސޯޝަލް ސަރވިސަސް ވާރކް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)       

ޖާގަ: 20

ކޯސް ހިންގާ ކެމްޕަސް:ކ.މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާކުރެފައިވަނީ ދަރިވަރުންނަށް އިޖްތިމާޢީ ކަންތައްތަކާ އަދި އެކި ކަހަލަ ޚިދުމަތްތަކުގެ ދާއިރާއިން މަޢުލޫމާތާޢި ހުނަރު ލިއްބައިދިނުމަށެވެ. އެކި މީހުންނަށް އަމިއްލަ ދިރިއުޅުމުގައި ދިމާވާ ހިތްދަތި އަދި އެހެނިހެން މުޞީބާތްތަކާއި ކުރިމަތިލުމަށް އެހީތެރިވެދިނުމަކީ މިކޯހުގެ މަގުސަދެކެވެ. އާއިލާތަކާއި ޖަމާޢަތުގައި ދިމާވެދާނެ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދަރިވަރުންނަށް އުނގަންނައިދެވެއެވެ. ރާއްޖެ ފަދަ، އާބާދީ އަވަހަށް އިތުރު ވަމުންދާ ޤައުމެއްގައި މިފަދަ ކޯހެއް ހެދުމަށް ފަހު އަދާކުރެވިދާނެ އެތައް ވަޒީފާ ތަކެއް ވެއެވެ.                

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

-1 ހ.ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 4 މާއްދާއިން ފާސްވެފައިވުން. ނުވަތަ

   ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން އަދި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “ޑީ” ފާސް ހޯދާފައިވުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

  ނ. އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި

-2  ފެކަލްޓީގެ ފަރާތުން ކުރާ އިންޓަވިއުއަކުން ފާސްވުން.

ނޯޓް:މިކޯހަށް ކުރިމަރިލާ ފަރާތްތައް ޕޮލިސް ކްލިއަރެންސް ރިޕޯޓެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

46. އެޑްވާންސްޑް ސެޓްފިކެޓް އިން ޕްރައިމަރީ ހެލްތް ކެއަރ 

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ: 45 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް (15 ޖާގަ)، ހދ.ކުޅުދުއްފުށި، ފުލްޓައިމް (15 ޖާގަ)، ސ.ހިތަދޫ، ފުލްޓައިމް (15 ޖާގަ)

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ދުޅަހެޔޮކަން ކުރިއެރުވުމަށާއި ބަލިން ރައްކާތެރި ވުމަށާއި، ބަލިވުމުން ބޭސް ދިނުމާ ބެހޭ (ކިއުރޭޓިވް، ޕްރިވެންޓިވް އަދި ޕްރޮމޯޓިވް) ޞިއްޙީ ޚިދްމަތްތައް އުނގަންނާ ދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯހުގައި ޞިއްޙީ ޚިދްމަތްދޭ ތަންތަން ހިންގައި މޮނީޓަރ ކުރުމުގެ ހުނަރާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށް ދެވެއެވެ. މި ކޯސް ފުރިހަމަ ކުރުމަށް ފަހު ބައިވެރިންނަށް މާލެއާއި، އަތޮޅުތެރޭގައާއި ރިސޯޓު ތަކުގައި ޞިއްޙީ ދާއިރާގައި ޙަރަކާތް ތެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން އަދި އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ.ޖީ.ސީ.އީ އޯލެވެލް ބަޔޮލޮޖީ/ހިއުމަން ބަޔޮލޮޖީ އާއި ކެމިސްޓްރީ/ޕިޒިކްސް އާއި ހިސާބުން ފާސްވެފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ނ.އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ރ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ސައިންސް ދާއިރާއިން ހަދާފައިވުން.

47. އެޑްވާންސްޑް ސެޓްފިކެޓް އިން ކައުންސެލިންގ

މުއްދަތު: 1 އަހަރު ( 2 ސިމެސްޓަރ)  

ޖާގަ: 20

 ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ސ.ހިތަދޫ  -ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. އަދި

2. ފެކަލްޓީގެ ފަރާތުން ކުރާ އިންޓަރވިއު އަކުން ފާސްވުން. އަދި

3. ޕާރސަނަލް ސްޓޭޓްމަންޓް (މިދާއިރާއިން ކުރެވިފައިވާ ތަޖުރިބާއާއި މިކަމަށް ހުންނަ ޝަވްޤު ފަދަ ކަންކަން ބަޔާންކުރާ ޝަޚުޞީ ބަޔާން( އަކާއި، ކޯހަށް ކުރިމަތިލާ ފަރާތާ ބެހޭ މަޢުލޫމާތު ރަނގަޅަށް ދަންނަ ދެ ފަރާތަކުން ރެފަރެންސް )ތަޖުރިބާއާ ފެންވަރުގެ ގޮތުން ޤާބިލުކަން ބަޔާން ކޮށްދޭ) ސިޓީ ހުށަހެޅުން.

ނޯޓް:މިކޯހަށް ކުރިމަރިލާ ފަރާތްތައް ޕޮލިސް ކްލިއަރެންސް ރިޕޯޓެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

48. އެޑްވާންސްޑް ސެޓްފިކެޓް އިން ކައުންސެލިންގ

މުއްދަތު: 1 އަހަރު ( 2 ސިމެސްޓަރ)  

ޖާގަ: 15

 ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. އަދި

2. ފެކަލްޓީގެ ފަރާތުން ކުރާ އިންޓަރވިއު އަކުން ފާސްވުން. އަދި

3. ޕާރސަނަލް ސްޓޭޓްމަންޓް (މިދާއިރާއިން ކުރެވިފައިވާ ތަޖުރިބާއާއި މިކަމަށް ހުންނަ ޝަވްޤު ފަދަ ކަންކަން ބަޔާންކުރާ ޝަޚުޞީ ބަޔާން( އަކާއި، ކޯހަށް ކުރިމަތިލާ ފަރާތާ ބެހޭ މަޢުލޫމާތު ރަނގަޅަށް ދަންނަ ދެ ފަރާތަކުން ރެފަރެންސް )ތަޖުރިބާއާ ފެންވަރުގެ ގޮތުން ޤާބިލުކަން ބަޔާން ކޮށްދޭ) ސިޓީ ހުށަހެޅުން.

ނޯޓް:މިކޯހަށް ކުރިމަރިލާ ފަރާތްތައް ޕޮލިސް ކްލިއަރެންސް ރިޕޯޓެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

49. ސެޓްފިކެޓް 3 އިން ހައުސްކީޕިންގ އޮޕަރޭޝަންސް 

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 40 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލް-ޓައިމް (25 ޖާގަ)، ހދ. ކުޅުދުއްފުށި، ފުލް-ޓައިމް (15 ޖާގަ)

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި ގެސްޓުން ބޭތިއްބުމުގައި ގެންގުޅޭ ރީތި ޢުޞޫލުތަކާއި މަސައްކަތުގެ ހުނަރުތައް ދަސްކޮށްދިނުމަށް އަމާޒު ކޮށްގެންނެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ފަތުރުވެރި ކަމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

50. ސެޓްފިކެޓް 3 އިން ފުޑް އެންޑް ބެވަރެޖް އޮޕަރޭޝަންސް 

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލް-ޓައިމް

ތަޢާރުފު:

މި ކޯސް ފަރުމާކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި ކެއިން ބުއިމުގެ ޚިދުމަތް ދިނުމުގައި ހުރި ރަނގަޅު އުސޫލުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެންނެވެ. މިކޯސް ފުރިހަމަ ކުރުމަށްފަހު ރިސޯޓުތަކުގައި ކެއުން ބުއިމުގެ ޚިދުމަތްދޭ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

51. ސެޓްފިކެޓް 3 އިން ފްރަންޓް އޮފީސް އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 200 (ޖުމުލަ)  

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލް-ޓައިމް (100 ޖާގަ)، ހދ. ކުޅުދުއްފުށި، ފުލް-ޓައިމް (20 ޖާގަ) ލ. ގަން، ފުލް-ޓައިމް (20 ޖާގަ)، ގދ. ތިނަދޫ، ފުލް-ޓައިމް (20 ޖާގަ)، ސ. ހިތަދޫ، ފުލް-ޓައިމް (40 ޖާގަ)

ތަޢާރުފު:

މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ތައުލީމަށް ދިއުމުގެ ފުރުސަތުތައް ތަނަވަސް ވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތައުލީމު ފުރިހަމަ ކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ.އުމުރުން 18 އަހަރު ފުރިފައިވުމާއި އެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

52. ސެޓްފިކެޓް 3 އިން ޕެޓިސަރީ 

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގައި  އެކި ވައްތަރުގެ ޕޭސްޓްރީ ފަދަ ތަކެތި ހަދަން ދަސްކޮށް ދެވޭނެއެވެ. މިފަދަ ތަމްރީނެއް ލިބުމަށްފަހު އަމިއްލަ މަސައްކަތެއްގެ ގޮތުގައި މިކަން ކޮށްގެން މަންފާ ހޯދުމުގެ މަގު ފަހިވެގެންދެއެވެ. އަދި މި ތަމްރީނަކީ ރިސޯޓް ދާއިރާގައި ވެސް ބޭނުންތެރި ތަމްރީނެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

53. ސެޓްފިކެޓް 3 އިން ކަލިނަރީ އާރޓްސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހުގައި ވިޔަފާރި އުސޫލުން ކެއްކުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދެވެއެވެ. މިފަދަ ތަމްރީނެއް ލިބުމަށްފަހު ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބެއެވެ. އަދި އަމިއްލަ މަސައްކަތެއްގެ ގޮތުގައި މިކަން ކޮށްގެން މަންފާ ހޯދުމުގެ މަގު ފަހިވެގެންދެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދިއުމަށްޓަކައި ވަރަށް މުހިންމު ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

54. ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ތައުލީމަށް ދިއުމުގެ ފުރުސަތުތައް ތަނަވަސް ވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތައުލީމު ފުރިހަމަ ކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

55. އެޑްވާންސްޑް ސެޓްފިކެޓް އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)  

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:މާލެ، ފުލްޓައިމް

ތަޢާރުފު:

މި ކޯހަކީ މެހެމާންދާރީއާއި ޓޫރިޒަމް ދާއިރާގެ މަސައްކަތަށް ނުކުތުމަށް ބޭނުންވާ މަޢުލޫމާތާއި ޢިލްމާއި ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދޭ ކޯހެކެވެ. މި ކޯސް ހެދުމަށް ފަހު، މިދާއިރާއިން މަތީ ޑިޕްލޮމާ ތަކާއި ޑިގްރީތަކަށް ދިއުމުގެ މަގު ފަހި ވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.އުމުރުން 16 އަހަރު ފުރިހަމަވުމާއި އެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ.އުމުރުން 18 އަހަރު ފުރިހަމަވުމާއި އެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

56. ޑިޕްލޮމާ އިން ޓޫރިޒަމް މެނޭޖްމަންޓް

މުއްދަތު:  2 އަހަރު (4 ސިމެސްޓަރ) 

ޖާގަ: 70                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލް-ޓައިމް

ތަޢާރުފު:

މި ކޯހަކީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ މަސައްކަތަށް ނުކުތުމަށް ބޭނުންވާ މައުލޫމާތާއި އިލްމާއި ހުނަރުތައް ދަރިވަރުރުންނަށް އުނގަންނައިދޭ ކޯހެކެވެ. މިކޯސް ފުރިހަމަ ކުރުމަށްފަހު މިދާއިރާއިން ޑިޕްލޮމާ އާއި ޑިގްރީއަށް ދިއުމުގެ މަގުފަހިވެއެވެ. މިކޯހުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމުކަމާއި، މުޅި ދުނިޔެއަށް ފެތުރިފައިވާ ފަތުރުވެރިކަމުގެ ދާއިރާއާއި ބެހޭ ވަރަށް ގިނަ މައުލޫމާތު ހިމެނިގެންދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.ގްރޭޑް 10 ނިންމާފައިވުމާއި އެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ.އުމުރުން 16 އަހަރު ފުރިހަމަވުމާއި އެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ބއުމުރުން 18 އަހަރު ފުރިހަމަވުމާއި އެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

57. ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް

މުއްދަތު:  2 އަހަރު (4 ސިމެސްޓަރ) 

ޖާގަ: 70                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:މާލެ، ފުލް-ޓައިމް

ތަޢާރުފު:

މި ކޯހުގައި ހިމެނެނީ ހޮސްޕިޓަލަޓީ ނުވަތަ މެހެމާންދާރީ އަދާކުރުމުގެ ދާއިރާއާއި ބެހޭ މަޢުލޫމާތާއި މެހެމާނުންނަށް ކަމޭހިތުމާއި މެހެމާނުންގެ ޞިއްޙަތާއި ސަލާމަތް ތެރިކަމާއި ރައްކާތެރި ކަމާއި ބެހޭ މަޢުލޫމާތާއި، މި ދާއިރާގެ ވިޔަފާރި ހިންގާނެ ގޮތާއި އެހެން މީހުންނާއެކު  މަސައްކަތް ކުރުމުގެ ހުނަރެވެ. މި ހުނަރުތަކާއި އެކު ހޮޓާތަކާއި ރިސޯޓް އަދި އެފަދަ މި ދާއިރާއާއި ގުޅުންހުރި ތަންތާންގައި މަސައްކަތް ކުރުމަށް ފުރުޞަތު ތަނަވަސްވެގެން ދާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.ގްރޭޑް 10 ނިންމާފައިވުމާއި އެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ.އުމުރުން 16 އަހަރު ފުރިހަމަވުމާއި އެކު އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ބއުމުރުން 18 އަހަރު ފުރިހަމަވުމާއި އެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

58. ބެޗްލަރ އޮފް ހޮސްޕިޓަލިޓީ މެނޭޖްމަންޓް (ކަލިނަރީ އާރޓްސް އިން ފުޑް ސަރވިސަސް) 

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 15 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ބްލޮކް މޯޑް

ތަޢާރުފު:

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ހުނަރުވެރިން އެންމެ މަދު ދާއިރާއަކީ ކަލިނަރީ އާރޓްސް އާއި ފުޑް ސަރވިސް މެނޭޖްމަންޓްގެ ދާއިރާއެވެ. ވީމާ މި ދާއިރާއިން ހުނަރުވެރިން ބިނާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުންނަށް މި ދާއިރާއިން ލީޑަރުންނަށް ވުމުގެ މަގު ތަނަވަސްކޮށްދެވޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެ އޮތުން. ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ.ޖީ.ސީ.އީ އޯ ލެވެލް ފުރިހަމަކޮށްފައިވުމާއިއެކު އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ފައުންޑޭޝަން ކޯހެއް ފުރިހަމަކޮށްފައިވުން.

ބ.އުމުރުން 20 އަހަރު ފުރިހަމަވުމާއިއެކު ޖީ.ސީ.އީ އޯ ލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

59. ބެޗްލަރ އޮފް އިންޓަނޭޝަނަލް ޓޫރިޒަމް މެނެޖްމަންޓް 

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ:40

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ބްލޮކް މޯޑް

ތަޢާރުފު:

މިކޯސް ފަރުމާކުރެވިފައިވަނީ ކޯހުގެ ބައިވެރިންނަށް ހޮޓާ، ރިސޯޓު ފަދަ ތަންތަނުގެ ފްރަންޓް އޮފީސް ބެލެހެއްޓުމުގެ ޢުޞޫލުތައް ދަސްކޮށްދިނުމަށް އަމާޒު ކޮށްގެންނެވެ. މިކޯސް ފުރިހަމަ ކުރުމަށްފަހު ރިސޯޓު ތަކާއި ހޮޓާ ފަދަ ތަންތަނުގައި، މިދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.އީ އިމްތިހާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ.އުމުރުން 20 އަހަރު ފުރިހަމަވުމާއިއެކު ޖީ.ސީ.އީ އޯ ލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

60. ބެޗްލަރ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނެޖްމަންޓް 

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 40 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ބްލޮކް މޯޑް

ތަޢާރުފު:

މި ޕްރޮގްރާމްގެ ސަބަބުން މެހެމާންދާރީ އަދާކުރުމުގެ ދާއިރާގައި މަތީ ތައުލީމަށް ދިއުމުގެ ފުރުސަތުތައް ތަނަވަސް ވެގެންދެއެވެ. އަދި މިއީ އިންޑަސްޓްރީގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އަދި މި ދާއިރާއަށް މަތީ ތައުލީމު ފުރިހަމަ ކުރުމަށްފަހު ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.  ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.އީ އިމްތިހާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ރ.އުމުރުން 20 އަހަރު ފުރިހަމަވުމާއިއެކު ޖީ.ސީ.އީ އޯ ލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

61. މާސްޓަރ އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނެޖްމަންޓް 

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)  

ޖާގަ:15 

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ބްލޮކް މޯޑް

ތަޢާރުފު:

މި ކޯސް ފަރުމާ ކޮށްފައިވަނީ ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކާއި ބެންޗްމާރކް ކޮށްގެން މެހެމާންދާރީއާއި ފަތުރުވެރުކަމުގެ ދާއިރާގައި ތަޖުރިބާހުރި ފަރާތްތަކާއި، މި ދާއިރާއާއި ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮސްފައިވާ ފަރާތްތަކަށް މަތީ ތައުލީމުގެ ފުރުސަތުތައް ތަނަވަސް ވާނޭ ގޮތަށެވެ. މި ކޯހުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ބެހޭ ދިރާސާތައް ކުރުމަކީ ވަރަށް މުހިންމު މަޤްސަދެކެވެ. އަދި މިއީ މިދާއިރާއިން ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގުޅުން ހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7 ނުވަތަ 8) ހާސިލްކޮށްފައިވުން. ނުވަތަ

ށ.ގުޅުން ހުރި ދާއިރާއަކުން ގްރެޖުއޭޓް ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 8) ހާސިލުކޮށްފައިވުން. ނުވަތަ

ނ.އެޑްވާންސްޑް ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 6) ފުރިހަމަކޮށްފައިވުމާއި 4 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. ނުވަތަ

ރ.ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 5) ފުރިހަމަކޮށްފައިވުމާއި 8 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. ނުވަތަ

ބ.އެޑްވާންސްޑް ސެޓުފިކެޓް (އެމް.ކިޔު.އޭ ލެވެލް 4) ފުރިހަމަކޮށްފައިވުމާއި 10 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސި ފެންވަރު:

ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސިން ދަށްވެގެން “ސީ” ގްރޭޑް ހޯދާފައިވުން ނުވަތަ IELTS 5.5 ލިބިފައިވުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައިވާ ފަރާތްތަށް އިނގިރޭސި ޝަރުތުން އިސްތިސްނާވާނެއެވެ.

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

62. ސެޓްފިކެޓް 3 އިން އަރަބިކް ލޭންގްވިޖް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ:  90 (ޖުމުލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ހދ. ކުޅުދުއްފުށި (20 ޖާގަ)، ލ.ގަން (20 ޖާގަ)،

ސ. ހިތަދޫ (20 ޖާގަ)

ތަޢާރުފު:

މިކޯހަކީ ޢަރަބި ބަސް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ތައްޔާރު ކުރެވިފައިވާ ފަށާ ފެންވަރުގެ ބިންގާ ކޯހެކެވެ. މިކޯހުން ޢާއްމު އާދައިގެ މުޢާމަލާތްތައް ކުރެވޭ މިންވަރަށް ޢަރަބި ބަސް ދަސްވާނެއެވެ. މިކޯސް ފުރިހަމަ ކުރުމުން ޢަރަބި ބަހުގެ މަތީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމަށް މަގުފަހިވާނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

ށ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

63. ޑިޕްލޮމާ އިން އަރަބިކް ލޭންގްވިޖް 

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 140 (ޖުމުލަ)              

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ،ހދ.ކުޅުދުއްފުށި (20 ޖާގަ)، ލ.ގަން (20 ޖާގަ)، ގދ.ތިނަދޫ (20 ޖާގަ)، ސ. ހިތަދޫ، (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޢަރަބިބަސް އުގަންނައިދީ، އިސްލާމީ ތަޢުލީމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތައް ޢަރަބިބަހަށް އަހުލުވެރިކުރުވައި، މަތީ ލެވެލްތަކުގެ ދިރާސީ ކޯސްތަކުގައި ބައިވެރިވުން ފަހިކޮށްދިނުމަށް ހިންގޭ ކޯހެކެވެ. މިކޯހުން ދަރިވަރުންނަށް މީސްތަކުންނާ މުޢާމަލާތްކުރުމުގައި ޢަރަބިބަހުން ވާހަކަދައްކައި އުޅުމާއި،ޢަރަބިބަހުން ލިޔެފައި ހުންނަ ޢާއްމު ފޮތްތަކާއި، ޚާއްޞަކޮށް ދީނީ ޢިލްމުގެ ފޮތްތައް ކިޔައިއުޅެވޭވަރަށް ޢަރަބި އުނގެނެވޭނެއެވެ. އަދި ޢަރަބިބަހުން ކުރިއަށް ދިއުމުގައި އެޅިގެންދާނެ ރަނގަޅު ބިންގަލަކަށް ވާނެއެވެ. މިއީ އެއްވެސްވަރަކަށް ޢަރަބި ނެނގޭ ހިސާބުންފެށިގެންގޮސް ޑިގްރީ ގެ ތުންފަތްމައްޗަށް ދަރިވަރު ވާޞިލްކޮށްދެވޭނޭ ވަރަށް ޢަރަބި ބަސް އުނގަންނައިދިނުމުގެ މައްޗަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ.ޝަހާދާ ޘާނަވިއްޔާގެ ފުރަތަމަ އަހަރު ފުރިހަމަކޮށްފައިވުން. ނުވަތަ

ނ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓް ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ

ރ.ގްރޭޑް 07 ނިންމާފައިވުމާއެކު 18 އަހަރު ފުރި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

64. އެޑްވާންސްޑް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް 

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)  

ޖާގަ:  110 (ޖުމުލަ)       

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ހދ. ކުޅުދުއްފުށި (20 ޖާގަ)، ލ.ގަން (20 ޖާގަ)، ގދ. ތިނަދޫ (20 ޖާގަ)، ސ. ހިތަދޫ (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ އިސްލާމީ ތަޢުލީމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ލިބިފައިވާ މަޢްލޫމާތާއި ހުނަރު އިތުރަށް ތަރައްޤީކޮށްދީ މަތީ ލެވެލް ތަކުގެ ކޯސްތަކުގައި ބައިވެރިވުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ހިންގޭ ކޯހެކެވެ. މި ކޯހުގައި އިސްލާމީ ތަޢުލީމުގެ މައިގަނޑު ދާއިރާތައްކަމުގައިވާ އަޤީދާއާއި، ޤުރުއާނާޢި ތަފްސީރު އަދި ޙަދީޘްގެ ޢިލްމާއި ފިޤްހުގެ އިތުރުން ތާރީޚާއި ސީރަތުގެ ޢިލްމުން އެނގިފައިވާ އެނގުން އިތުރުވެ އިތުރަށް އޮޅުން ފިލައިގެންދާނެއެވެ. އަދި އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާ ޢިލްމުގެ ތެރެއިން ޢަރަބި ބަހާއި އިނގިރޭސި ބަސް ކިޔަވައިދެވޭނެއެވެ. އިސްލާމީ ފޮތްތަކަށް ފަރިތަކުރުވުމުގެ އެންމެ ފުރުތަމަ މަރުޙަލާ މި ކޯހުން އުނގަނައިދެވޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.އިސްލާމް ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާން ތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ސެޓްފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލް ކޮށްފައިވުން. ނުވަތަ

ނ.އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް ހާސިލް ކޮށްފައިވުން. ނުވަތަ

ރ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގްރޭޑް 7 ނިންމާ، 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

65. ޑިޕްލޮމާ އިން ޓީޗިންގ އިސްލާމް 

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)  

ޖާގަ:  20        

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މި ކޯހަކީ ޘާނަވީ ފެންވަރަށް ކިޔަވައިދޭނެ އިސްލާމް މުދައްރިސުން ތައްޔާރު ކުރުމުގެ މަގުސަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދި ކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސްކަމަކީ މުޖްތަމަޢުގައި ގަދަރުވެރި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާ އެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ދިރާސާތުލް އިސްލާމިއްޔާގެ ރޮނގުން ދަށްވެގެން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް ހާސިލް ކޮށްފައިވުން. ނުވަތަ

ށއިސްލާމް މުދައްރިސްކަމުގެ ރޮނގުން ދަށްވެގެން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް ހާސިލް ކޮށްފައިވުން. ނުވަތަ

ނ. ޖީ.ސީ.އީ އޯލެވަލް އިން މަދުވެގެން 1 މާއްދާއިން ފާސްވެފައި ވުމާއެކު އެސް.އެސް.ސީ ދިވެއްސާއި އިސްލާމުން ފާސްވެފައިވުން.

66. ބެޗްލަރ އޮފް ޓީޗިންގ އިސްލާމް (އޮނަރސް) 

މުއްދަތު: 4  އަހަރު (8 ސިމެސްޓަރ) 

ޖާގަ:  50 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ސ.ހިތަދޫ (20 ޖާގަ)

ތަޢާރުފު:

މި ކޯހުގެ މައިގަޑު އަމާޒަކީ ޘާނަވީ އާއި މަތީ ޘާނަވީ ފިޔަވަހިތަކަށް ބޭނުންވާ ޤާބިލް ހުނަރުވެރި އިސްލާމް މުދައްރިސުން ތައްޔާރު ކުރުމެވެ. މި ކޯހުގެ ޛަރީޢާއިން ތަޢުލީމީ އަދި ތަރުބަވީ މައިދާނަށް އަންނަ އިތުރު ކުރިއެރުންތަކާއި ގޮންޖެހުންތަކަށް، ކޯހުގެ ބައިވެރިން އަހުލުވެރިކުރުވައި، އިތުރަށް މިރޮނގުން ތާޒާ ކުރުވައި ފެންވަރު މަތިކުރެވެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަކީ އަމިއްލައަށް މަޢުލޫމާތު ހޯދައި، މުޠާލަޢާކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކު ކަމުގައިވެއެވެ. އަދި މިކޯހުގެ ސަބަބުން މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް އިތުރުވެގެން ދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ. ލެވަލް/އެޗް.އެސް.ސީން އިސްލާމު ހިމެނޭގޮތަށް ދެމާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯ.ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އިސްލާމް މުދައްރިސް ޑިގްރީ ފައުންޑޭޝަން ކޯހެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ޝަހާދާ ޘާނަވިއްޔާ ހާޞިލް ކޮށްފައިވުން. ނުވަތަ

ރ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސެޓްފިކެޓެއް ހާޞިލް ކޮށްފައިވުން. ނުވަތަ

ބ.އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 5 ގެ ސެޓްފިކެޓެއް ހާޞިލް ކޮށްފައިވުން.

67. ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް (އޮނަރސް) 

މުއްދަތު: 4  އަހަރު (8 ސިމެސްޓަރ) 

ޖާގަ:  50 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ހދ.ކުޅުދުއްފުށި (20 ޖާގަ)

ތަޢާރުފު:

މި ކޯހުގެ މައިގަޑު އަމާޒަކީ ދިވެހި މުޖުތަމަޢުގެ އެކި އެކި ދާއިރާތަކަށް ބޭނުންވާ އިސްލާމީ ޢިލްމާއި އަޤީދާއާއި ޘަޤާފަތުގެ ދާއިރާ ތަކުން މަޢުލޫމާތު ލިބި، އެދާއިރާތަކުން އަމިއްލައަށް މަޢުލޫމާތު ހޯދައި، މުޠާލަޢާކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކު އުފެއްދުމެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ކުރިމަގުގައި މި ރޮނގުން މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށްޓަކައި ކިޔެވުން ކުރިއަށް ގެންދިއުމުގެ ޤާބިލުކަން ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ. ލެވަލް/އެޗް.އެސް.ސީން އިސްލާމު ހިމެނޭގޮތަށް ދެމާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯ.ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ޝަހާދާ ޘާނަވިއްޔާ ހާޞިލް ކޮށްފައިވުން. ނުވަތަ

ރ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސެޓްފިކެޓެއް ހާޞިލް ކޮށްފައިވުން.

68. މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީޒް 

މުއްދަތު: 1.5  އަހަރު (3 ސިމެސްޓަރ) 

ޖާގަ:  50 (ޖުމުލަ)      

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ޕާރޓްޓައިމް (30 ޖާގަ)، ސ. ހިތަދޫ، ޕާރޓްޓައިމް (20 ޖާގަ)

ތަޢާރުފު:

މިކޯހުގެ މައިގަނޑު އަމާޒަކީ އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ކިޔަވައިގެން ތިބި މީހުންނަށް ރާއްޖޭގައި ތިބެގެން އިތުރަށް އެމީހުންގެ ޢިލްމީ ޚަޒާނާ މުއްސަނދިކުރުމަށް އެހީތެރިވުމާއި ދިވެހިރާއްޖެއާ ގުޅޭ މަޢުޟޫތަކަށް ޢިލްމީ ދިރާސާކޮށް ރާއްޖޭގެ ދީނީ ވަޙުދަތު ވަރުގަދަކޮށް އަދި ދިވެހިރާއްޖެ ދާއިމަށް އިސްލާމީ ޤައުމެއްގެ ގޮތުގައި ބޭއްވުމަށް އެހީތެރިވުމެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1.  ހ.ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް ހާސިލްކޮށްފައިވުން. ނުވަތަ

   ށ.އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

   ނ.އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 8  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

    ރ.އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

    އަދި

2. ބެޗްލަރ ސަނަދު ހާސިލުކޮށްފައިވަނީ ޢަރަބި ބަސް ފިޔަވާ އެހެން ބަހަކުން ކަމުގައި ވާނަމަ ފެކަލްޓީން ދެވޭ ޢަރަބިބަހުގެ އިމްތިޙާނަކުން ފާސް ވާންވާނެއެވެ.

ފެކަލްޓީ އޮފް ސައިންސް

69. ޑިޕްލޮމާ އިން ނެޓްވާރކިންގ 

މުއްދަތު: 2  އަހަރު (4 ސިމެސްޓަރ)      

ޖާގަ: 30

ކޯސް ހިންގާ ކެމްޕަސް: ކ. މާލެ

ތަޢާރުފު:

ނެޓްވާރކިންގ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ބައިވެރިންނަށް ދަސްކޮށްދޭ މި ކޯހުގައި ކުދިވިޔަފާރިތަކުން ފެށިގެން ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ކޮމްޕިއުޓަރ ވިއުގަތައް ފަރުމާކޮށް، ބަލަހައްޓާ އެއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ދަސްކޮށްދެވެއެވެ. މިކޯސް ނިންމާ ފަރާތްތަކަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރ ފަދަ ނެޓްވާކިން ދާއިރާގެ މުސާރަ ބޮޑެތި ވަޒީފާތައް ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް ހިސާބު ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 3 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ.އުމުރުން 18 އަހަރު ފުރިފައި ވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުން ހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

70. އެޑްވާންސްޑް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޯލޮޖީ 

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 20     

ކޯސް ހިންގާ ކެމްޕަސް: ހދ.ކުޅުދުއްފުށި

ތަޢާރުފު:

ވިޔަފާރިއާއި އިންފޮމޭޝަން ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާ ބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީން ދެވެއެވެ. މި ދާއިރާ އަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާ ގެފުރުޞަތުތައް ގިނަ ދާއިރާ އެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 އިން ފާސްވެފައިވުން.

71. ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު: 2  އަހަރު (4 ސިމެސްޓަރ)

ޖާގަ: 45 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (15 ޖާގަ)

ތަޢާރުފު:

ވިޔަފާރިއާއި އިންފޮމޭޝަން ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާ ބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީން ދެވެއެވެ. މި ދާއިރާ އަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާ ގެފުރުޞަތުތައް ގިނަ ދާއިރާ އެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 3 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ.އުމުރުން 18 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުން ހުރި ދާއިރާއަކުން 1 އަހަރު ދުވަހު މަސައްކަތު ތަޖްރިބާ ލިބިފައިވުން.

72. ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޯލޮޖީ 

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 45 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ (30 ޖާގަ)، ސ.ހިތަދޫ (15 ޖާގަ)

ތަޢާރުފު:

ކޮމްޕިއުޓަރުގެ ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގޭ މިކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާ ބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީން ދެވެއެވެ. މި ދާއިރާ އަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާގެ ފުރުޞަތުތައް ގިނަ ދާއިރާ އެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުން ހުރި ދާއިރާއަކުން 3 އަހަރު ދުވަހު މަސައްކަތު ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

73 ބެޗްލަރ އޮފް އެންވަޔަރަމަންޓް މެނޭޖްމަންޓް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)        

ޖާގަ: 30                                    

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ

ތަޢާރުފު:

މި ކޯސް ފަރުމާ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތުގައި ރައްކާތެރި ކޮށް ބަލަހައްޓާނެ ޤާބިލު ބަޔަކު ތައްޔާރު ކުރުމުގެ ނިޔަތުގައެވެ. ކޯހުގެ ބައިތަކުގެ ތެރޭގައި ތިމާވެށި ރައްކާތެރި ކުރުމާއި ގުޅުން ހުރި ޤަވާޢިދު ތަކާއި ގޮތްތަކަށް ދަރިވަރުން އަހުލުވެރި ކުރުވައެވެ. މިކޯސް ފަރުމާ ކުރެވިފައިވަނީ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ ތަކުގައި މި ރޮނގުން މި ފެންވަރަށް ހިންގޭ ކޯސް ތައް އަސާސަކަށް ބަލައިގެންނެވެ. ކޯސް ފުރިހަމަ ކުރުމަށްފަހު ކޯހުގެ ބައިވެރިންނަށް ތިމާވެއްޓާއި ގުޅުން ހުރި ދާއިރާތަކުން ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް އެންވަޔަރަމެންޓަލް މެނެޖްމަންޓް/އެންވަޔަރަމެންޓް ސައިންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ހާސިލު ކޮށްފައިވުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހު ތަޖްރިބާ ލިބިފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

74. ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ 

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހެނދުނު ދަންފަޅި

ތަޢާރުފު:

މި ކޯހަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އެދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅުންނަށާއި، އަލަށް އެދާއިރާއާ ގުޅެން ބޭނުންވާ ފަރާތްތަކަށް އަމާޒްކޮށްގެން ތައްޔާރު ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި އިސްލާމީ ޝަރީޢަތުގެ ބައެއް މުހިންމު މާއްދާތަކާއި އިނގިރޭސި ކޮމަންލޯ ފަދަ ބައެއް މުހިންމު މާއްދާތައް އެކުލެވިފައިވާނެއެވެ. މީގެ އިތުރުން ޢަރަބިބަސް ވެސް މިކޯހުގައި ކިޔަވައިދޭނެއެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު މިރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން. ނުވަތަ

ށ.ގުޅުން ހުރި ދާއިރާއަކުން އެމް.އެން.ކިޔު.އެފްގެ ލެވެލް 3 ގެ ސަނަދެއް ޙާސިލުކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން. ނުވަތަ

ނ.ޝަހާދާ ޡާނަވިއްޔާގެ ފުރަތަމަ އަހަރު ފުރިހަމަ ކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރު ވެފައިވުމާއިއެކު ގްރޭޑް 7 ނިންމާފައިވުމާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އަދި އެސް.އެސް.ސީ ދިވެއްސާއި ޖީ.ސީ.އީ އޯލެވެލް އިނގިރޭސިން ދަށްވެގެން “އީ” ގްރޭޑް ހާސިލު ކޮށްފައިވުން.

75. ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 120 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހަވީރު ދަންފަޅި (60 ޖާގަ)، ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ސ.ހިތަދޫ، ބްލޮކްމޯޑް(30 ޖާގަ)

ތަޢާރުފު:

މި ކޯހަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ކޯހެކެވެ. ކޯހުގެ ބައިތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ރޭވިފައިވާ ގޮތް އުނގަންނައި ދިނުމާއި މި ދާއިރާގެ އަމަލީ ތަޖްރިބާ ހިމެނިފައިވާތީ، މި ކޯސް ފުރިހަމަ ކުރާ ފަރާތްތައް ވެގެންދާނީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް އަހުލުވެރިވެފައިވާ ބަޔަކަށެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 2 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 2 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ 

ނ.އޯލެވެލް 3 މާއްދާއިން ފާސްވެފައިވުމާއެކު 3 އަހަރު ދުވަހުގެ ތަޖްރިބާ މި ދާއިރާއިން ލިބިފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ.އެމް.ކިއު.އޭ ގަބޫލު ކުރާ މަރުކަޒަކުން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލް ކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ބ.ޝަހާދާ ޘާނަވިއްޔާ ފުރިހަމަ ކޮށްފައިވުން. އަދި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އާއި އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ޅ.އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އިން ލޯ ފުރިހަމަ ކޮށްފައިވުން. ނުވަތަ

ކ.ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ފުރިހަމަ ކޮށްފައިވުން. ނުވަތަ

އ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ވ.އެމް.ކިއު.އޭ ގަބޫލު ކުރާ މަރުކަޒަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން. ފުރަތަމަ ޑިގްރީ ހަދާފައިވަނީ އިނގިރޭސި މީޑިއަމުން ނޫންނަމަ ޓޮފްލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އާއި އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ފުރަތަމަ ޑިގްރީ ހަދާފައިވަނީ ދިވެހި މީޑިއަމުން ނޫންނަމަ އެސް.އެސް.ސީ ދިވެހިން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ ދިވެހި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

76. މާސްޓަރ އޮފް އާރޓްސް އިން ޝަރީޢާ 

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ޕާރޓްޓައިމް (ހަވީރު ދަންފަޅި)

ތަޢާރުފު:

މި ކޯހުގެ ސަބަބުން ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާވުމުގެ އިތުރުން ޢަރަބި މީޑިއަމުން ޝަރީޢާ ނުވަތަ އިސްލާމިކް ސްޓަޑީޒްގެ ރޮނގުން ޑިގްރީ ހައްދަވާފައިވާ ބޭފުޅުންނަށް އަމިއްލަ ޤައުމުގައި ތިއްބަވައިގެން މާސްޓަރޒް ހެދުމުގެ ފުރުޞަތު ތަނަވަސްވެގެން ދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

 -1 ހ.ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް ހާސިލު ކޮށްފައިވުން. ނުވަތަ

  ށ.އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 6 އެއްގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

  ނ.އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 5 އެއްގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 8 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

  ރ.އުމުރުން 25 އަހަރު ފުރިފައިވުމާއެކު ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 4 އެއްގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. އަދި

-2 ހ.ބެޗްލަރ ޑިގްރީ ހާސިލުކޮށްފައިވަނީ ޢަރަބި ބަސް ފިޔަވާ އެހެން ބަހަކުން ކަމުގައިވާނަމަ ޢަރަބި ބަހަށް އަޙުލުކުރެވިފައިވާ ކަން ލިޔެކިޔުމުން ސިލެކްޝަން ކޮމިޓީއަށް ސާބިތުކޮށްދޭންވާނެއެވެ. ނުވަތަފެކަލްޓީން ދެވޭ ޢަރަބި ބަހުގެ އިމްތިޙާނަކުން ފާސް ވާންވާނެއެވެ.

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

77. އެޑްވާންސްޑް ސެޓްފިކެޓް އިން މެނެޖްމަންޓް

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)       

ޖާގަ: 25 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ހިންގާނެ ގޮތް: ސ. ހިތަދޫ، ހަވީރު ދަންފަޅި

ތަޢާރުފު:

މިކޯސް ފަރުމާ ކުރެވިފައިވަނީ ބައިވެރިންނަށް ހިންގުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށާއި ހިންގުމުގެ ހުނަރުތައް މަސައްކަތު ދާއިރާގައި ބޭނުން ކުރެވޭނެ ގޮތްތައް އުނގަންނައި ދިނުމަށެވެ. މި ކޯސް ފުރިހަމަ ކުރުމަށްފަހު އޮފީސްތަކުގައި ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ އެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 3 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން.

78. ޑިޕްލޮމާ އިން ބިޒްނަސް

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)       

ޖާގަ: 25 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ސ.ހިތަދޫ، ހަވީރު ދަންފަޅި

ތަޢާރުފު:

ބައިނަލް އަޤްވާމީ ފެންވަރުގެ ވިޔަފާރި އާއި ބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާ މެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތު މާޙައުލުގައި ބޭނުން ކުރުމުގެ  ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައި ދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާ އިންނާއި ރިސޯޓު ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

79. ޑިޕްލޮމާ އިން ބިޒްނަސް

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 90 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހެނދުނު ދަންފަޅި (40 ޖާގަ)، ހދ. ކުޅުދުއްފުށި، ހަވީރު ދަންފަޅި (25 ޖާގަ)، ގދ.ތިނަދޫ، ހަވީރު ދަންފަޅި (25 ޖާގަ)

ތަޢާރުފު:

ބައިނަލް އަޤްވާމީ ފެންވަރުގެ ވިޔަފާރި އާއި ބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާ މެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތު މާޙައުލުގައި ބޭނުން ކުރުމުގެ ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައި ދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާ އިންނާއި ރިސޯޓު ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 3 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެފެންވަރު ހުރުން.

80. ބެޗްލަރ އޮފް ބިޒްނަސް (މެނެޖްމަންޓް އެންޑް މާކެޓިންގ)

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 55 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ސ.ހިތަދޫ، ހަވީރު ދަންފަޅި (25 ޖާގަ)

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރި އާ ބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާއިމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަ ކަމާ އެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާ އިންނާއި ރިސޯޓު ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.އެމްއެންޔޫ ބިޒްނަސް ސްކޫލުން ހިންގާ ޑިޕްލޮމާ އިން ބިޒިނަސް ކޯސް ފުރިހަމަ ކޮށްފައިވުން.

81. ބެޗްލަރ އޮފް ބިޒްނަސް (މެނެޖްމަންޓް އެންޑް މާކެޓިންގ)

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 85 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ.މާލެ، ހަވީރު ދަންފަޅި (35 ޖާގަ)، ސ.ހިތަދޫ، ހަވީރު ދަންފަޅި (25 ޖާގަ)، ހދ.ކުޅުދުއްފުށި، ހަވީރު ދަންފަޅި (25 ޖާގަ)

ތަޢާރުފު:

ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރި އާ ބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާއިމެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަ ކަމާ އެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާ އިންނާއި ރިސޯޓު ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

81. ބެޗްލަރ އޮފް މާކެޓިންގ

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 35

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މި ކޯހަކީ މާރކެޓިންގެ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒު ކުރެވިގެން ހިންގޭ ޑިގްރީ ފެންވަރުގެ ކޯހެކެވެ. މި ކޯހުގައި ކުދިވިޔަފާރިތަކުން ފެށިގެންގޮސް ބޮޑެތި ވިޔަފާރިތަކުގެ މާކެޓިން ޙަރަކާތްތައް ރާވާ ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދެވޭނެއެވެ. މިއީ ވަޒީފާގެ ފުރުޞަތު ބޮޑު މުސާރަތައް ރަނގަޅު ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 އެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

83. ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނެޖްމަންޓް

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 35     

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހަވީރު ދަންފަޅި

ތަޢާރުފު:

މުއައްޒަފުން ބެލެހެއްޓުމުގެ ހުރިހާ ހުނަރެއް ޑިގްރީ ފެންވަރަށް ކިޔަވައިދޭ މިކޯހަކީ މިހާރު ތިބި ފަރާތްތަކަށާއި އަލަށް ސްކޫލް ނިންމާ ދަރިވަރުންގެ ތެރެއިން މިދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިފައިވާ ކޯހެކެވެ. ވަޒީފާއާއިބެހޭ ޤާނޫނު އުފެދުނު ފަހުން އޮފީސްތަކާއި ކުންފުނިތަކުން މުވައްޒަފުން ބެލެހެއްޓުމުގެ މަތީ ފެންވަރުގެ ޢިލްމާއި ފަންނު ހުރި ފަރާތްތައް މުވައްޒަފުން ބެލެހެއްޓުމުގެ ވަޒީފާއަށް ގެނައުމަށް ހާއްސަ ސަމާލުކަމެއްދޭކަމުން އެއީ މިކޯސް ނިންމާ ފަރާތްތަކަށް ލިބިދޭ ވަޒީފާގެ ޔަޤީންކަމެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ.އުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީސީއީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން އަދި އެޗް.އާރް ދާޢިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

84. ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް

މުއްދަތު: 3  އަހަރު (6 ސިމެސްޓަރ)

ޖާގަ: 70 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ހަވީރު ދަންފަޅި (35 ޖާގަ)، ކ. މާލެ، ހެނދުނު ދަންފަޅި (35 ޖާގަ)

ތަޢާރުފު:

އޭލެވެލް ނިންމާ ފަރާތްތަކަށް އެކައުންޓިންގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށް ދިނުމަށްޓަކައި ފަރުމާ ކުރެވިފައިވާ މިކޯހުގައި ކިލާހުގެ ކިޔެވުމުގެ އިތުރުން ޢަމަލީ ދާއިރާއިން ދަރިވަރުންނަށް ތަމްރީނުދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ފައިނޭންޝަލް މެނޭޖަރުންގެ ގޮތުގައާއި އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައާއި އެކައުންޓަންޓުންނާއި މެނޭޖަރުންގެ ގޮތުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގައި މަސައްކަތުކުރުމުގެ ފުރުޞަތުތައް ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ.   އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. އެމް.ކިޔު.އޭ ގަބޫލުކުރާ ޑިޕްލޮމާއެއް ނުވަތަ އެ ފެންވަރުގެ ސަނަދެއް އިނގިރޭސި މީޑިއަމް އިން ހަދާފައިވުން.

85. އޭ.އޭ.ޓީ ސެޓްފިކެޓް އިން އެކައުންޓިންގ (ލެވެލް 2) 

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ހދ.ކުޅުދުއްފުށި، ހަވީރު ދަންފަޅި (15 ޖާގަ)، ސ.ހިތަދޫ، ހަވީރު ދަންފަޅި (15 ޖާގަ)

ތަޢާރުފު:

އެކައުންޓިންގ އާއި ފައިނޭންސް ދާއިރާގެ ހުނަރު ތަކާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވޭ މިކޯހަކީ މި ދާއިރާގެ ގިނަ ވަޒީފާ ތަކަކަށް ބައިވެރިން ތައްޔާރު ކޮށްދޭ ކޯހެކެވެ. މި ކޯހުގެ ޒަރީއާއިން ބައިވެރިންނަށް މަސައްކަތު މާޙައުލަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދަސްކޮށްދެވެއެވެ. އަދި މި ދާއިރާ އަކީ މާލެ އާއި އަތޮޅު ތެރޭގައިވެސް ވަޒީފާގެ ފުރުޞަތުތައް ގިނަ، ބޮޑު މުސާރަ ލިބޭ ވަޒީފާ ތަކެއް ހިމެނޭ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 10ނިންމާފައިވުން. ނުވަތަ

ށ.އުމުރުން 18 އަހަރު ފުރިފައވުމާއެކު ގުޅުން ހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

86. އޭ.އޭ.ޓީ ޑިޕްލޮމާ އިން އެކައުންޓިންގ (ލެވެލް 4،3)

މުއްދަތު: 1.5  އަހަރު (3 ސިމެސްޓަރ)

ޖާގަ: 85 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ހަވީރު ދަންފަޅި (30 ޖާގަ)، ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)       ސ.ހިތަދޫ، ހަވީރު ދަންފަޅި 25) ޖާގަ(

ތަޢާރުފު:

އެކައުންޓިންގ އާއި ފައިނޭންސް ދާއިރާގެ ހުނަރު ތަކާއި މަޢުލޫމާތު ބައިވެރިންނަށް ދަސްކޮށްދެވޭ މިކޯހަކީ މި ދާއިރާގެ ގިނަ ވަޒީފާ ތަކަކަށް ބައިވެރިން ތައްޔާރު ކޮށްދޭ ކޯހެކެވެ. މި ކޯހުގެ ޒަރީއާއިން ބައިވެރިންނަށް މަސައްކަތު މާޙައުލަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދަސްކޮށްދެވެއެވެ. އަދި މި ދާއިރާ އަކީ މާލެ އާއި އަތޮޅު ތެރޭގައިވެސް ވަޒީފާގެ ފުރުޞަތުތައް ގިނަ، ބޮޑު މުސާރަ ލިބޭ ވަޒީފާ ތަކެއް ހިމެނޭ ދާއިރާއެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.އެކައުންޓިންގ ގެ އިތުރުން އިނގިރޭސި ނުވަތަ ހިސާބު ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވަލް/ އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެކައުންޓިންގގެ ދާއިރާގެ ވަޒިފާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން އަދި އުމުރުން 21 އަހަރު ވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ ގެ ކޮންމެވެސް މާއްދާ އަކުން ފާސްވެފައިވުން އަދި ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ އިމްތިޙާނަކުން ފާސްވެފައިވުން.

87. ACCA ނޮލެޖް ލެވެލް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:  މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

އުމުރުން 18 އަހަރު ފުރިފައި ވުމާއި އެކު ތިރީގައި މިވާ ޝަރުޠުތަކުގެ ތެރެއިން ކޮންމެވެސް އެއް ޝަރުޠެއް ފުރިހަމަ ވެފައިވުން؛

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއާއި ޖީ.ސީ.އީ. އޯލެވެލް 3 މާއްދާއިން (އިގިރޭސި ހިމެނޭގޮތަށް ތަފާތު 5 މާއްދާއިން) ފާސްވެފައި ވުން ނުވަތަ އެއާ އެއް ފެންވަރު ހުރުން

ށ. އޭ.އޭ.ޓީ. އިންޓަރނޭޝަނަލް އެވޯޑް އިން އެކައުންޓެންސީ ޓްރޭނިންގް ފުރުހަމަކޮށްފައިވުން،

ނ. އެމް.އެން.ކިއު.އެފް. އިން ގަބޫލުކުރާ މަރުކަޒަކުން ޑިގްރީއެއް ބިޒްނަސް ޑިޕްލޮމާ އެއް ހާސިލްކޮށްފައިވުން،

ރ. އޭ.ސީ.ސީ.އޭ. ޕްރޮފެޝަނަލް ކޮލިފިކޭޝަން ގައި ރެޖިސްޓަރ ވެފައިވުން

ނޯޓް: އޭ.ސީ.ސީ. އޭގައި ރެޖިސްޓަރ ވުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

88. ACCA ސްކިލްސް ލެވެލްް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:  މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

އޭ.ސީ.ސީ.އޭ. ޕްރޮފެޝަނަލް ކޮލިފިކޭޝަން ގައި ރެޖިސްޓަރ ވެފައިވުން

ނޯޓް: މި ކޯހުގައި ދަރިވަރުން ރެޖިސްޓާރ ކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި ކަރުދާހުގައެވެ.

89. އެޑްވާންސްޑް ސެޓިފިކެޓް އިން މެނެޖްމަންޓް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 60 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:  މާލެ، ހެދުނު ދަންފަޅި

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން.  ނުވަތަ

ށ. އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 3 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން.

ނޯޓް: މިކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މިސްކޫލުން ހިންގާ ޑިގްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވާނެއެވެ.

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

90. ސެޓްފިކެޓް 2 އިން މެރިން އޮޕަރޭޝަންސް (ކޯސްޓަލް)   

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ

ތަޢާރުފު:

މިއީ ރާއްޖޭގެ އެތެރޭގައި ދަތުރު ފަތުރު ކުރާ އުޅަނދު ފަހަރުގައި މަސައްކަތްކުރާ މީހުން ތަމްރީނު ކުރުމަށް ދިވެހިބަހުން ހިންގާކޯހެކެވެ. މި ކޯހުގައި ނެވިކަމުގެ ރޮގުންނާއި، އުޅަދާއި، އުފުލާ މުދަލާއި، އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ރޮނގުތަކުން ބައިވެރިން ތަމްރީނު ކުރުވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ފަށާ ތަޢުލީމް ޙާސިލްކޮށްފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ.ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގުޅުން ހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުންް އަދި ދިވެހިބަހުން ލިޔަން ކިޔަން އެނގުން.

91. ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ

ތަޢާރުފު:

މި ކޯހުގައި އާގު ބޯޓުގެ ނެވިކަމުގެ ރޮނގުން ބައިވެރިން ތަމްރީން ކުރުވެއެވެ. ބޯޓު ދަތުރު ކުރުމަކީ ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ވެސް ވަރަށް ބޭނުންތެރި ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ފަށާ ތަޢުލީމް ޙާސިލްކޮށްފައިވުން ނުވަތަ އެމް.އެން.ކިޔު.އެފް. ގެ ލެވެލް 2 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ

ށ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު ކޯސްޓަލް ނެވިގޭޝަން ކޯހުގެ ސަނަދު ޙާސިލްކޮށްފައިވުން އަދި ދަށްވެގެން 100 ގްރޮސް ޓަނޭޖްގެ، ނުވަތަ ކުރުވެގެން 24 މީޓަރުގެ، ނުވަތަ މަދުވެގެން 12 ފަސިންޖަރުންގެ އުޅަނދެއްގައި މާސްޓަރ ނުވަތަ ނެވިގޭޓިންގ އޮފިސަރެއްގެ ގޮތުގައި 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނ.ސައްހަކަން ބެލިފައިވާ 36 މަސްދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ކަނޑުމަތީގެ ތަޖުރިބާ 500 ގްރޮސް ޓަނާއި މިއަށްވުރެ ބޮޑު އާގުބޯޓު ފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ލިބިފައިވުން. (މީގެ ތެރޭގައި 6 މަސްދުވަހުގެ ނެވިކަމުގެ ޑިއުޓީ ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން). ނުވަތަ

ރ.ސައްހަކަން ބެލިފައިވާ 1 އަހަރު ދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ތަމްރީން ޕްރޮގްރާމެއް އާގުބޯޓު ފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ފުރިހަމަކޮށް ތަމްރީން ރެކޯޑް ފޮތެއްގައި ރެކޯޑް ކުރެވިފައި އޮތުން.

ނޯޓް:ކަނޑުމަތީ ތަޖްރިބާ ހުރިކަން ދައްކާދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީ އިން ހޯދާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

92. ސެޓްފިކެޓް 4 އިން މެރިން އޮޕަރޭޝަންސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ

ތަޢާރުފު:

މި ކޯހުގައި އާގު ބޯޓުގެ ނެވިކަމުގެ ރޮނގުން ބައިވެރިން ތަމްރީން ކުރުވެއެވެ. ބޯޓު ދަތުރު ކުރުމަކީ ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ވެސް ވަރަށް ބޭނުންތެރި ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ސާނަވީ މަދަރުސާ ނިންމާފައިވުން ނުވަތަ ސެޓްފިކެޓް 3 ގުޅޭ ދާއިރާއަކުން އޮތުން. ނުވަތަ

ށ.ގްރޭޑް 7 ނިންމާފައިވުމާއި ޢުމުރުން 18 އަހަރު ވެފައިވުމާއި ބޯޓުދަތުރުކުރުމުގެ ދާއިރާގައި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އިންޓަރވިޔޫ އަކުން ކަށަވަރުވުން. ނުވަތަ

ނ.އެސް.ޓީ.ސީ ޑަބްލިޔޫ ކޯޑުގެ ސެކްޝަން A-II/I އަށް ފެތޭ ޓްރޭނިންގ ޕްރޮގްރާމެއްގެ ދަށުން ބޯޓެއްގައި މަދުވެގެން 12 މަސްދުވަހު އުޅެފައިވާކަން ޓްރޭނިން ރެކޯޑު ފޮތަކުން ހާމަވުން. ނުވަތަ

ރ. 36 މަސްދުވަހުގެ ބޯޓު ދަތުރު ކުރުމުގެ ގަބޫލުކުރެވޭ ތަޖުރިބާ ހުރުން އަދި މި ތަޖުރިބާ ހޯދުމުގައި މާސްޓަރ އެއް ނުވަތަ ކޮލިފައިޑް އޮފިސަރެއްގެ ބެލުމުގެ ދަށުން 6 މަސްދުވަސް ވަންދެން ބްރިޖްގެ ވޮޗް ކީޕިންގ ޑިޔުޓީ އަދާ ކޮށްފައިވުން.

ނޯޓް:1. ޝަރުޠު ހ އާއި ޝަރުޠު ރއިން ކޯހަށް ވަނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސް އިން 500 ގްރޮސް ޓޮން އަށް ވުރެ ބޮޑެތި ބޯޓުފަހަރުގައި ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުމެއް ބޭނުންވާނެއެވެ. letter of eligibility

2. ޝަރުޠު ހ އާއި ޝަރުޠު ށ ން ކޯހަށް ވަދެ ކޯސް ފުރިހަމަ ކުރާފަރާތްތަކަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސް ގެ ޓްރާންސްޕޯރޓް އޮތޯރިޓީ އިން ކަނޑައަޅާ  ޝަރުޠު ނ ނުވަތަ ރ ގައިވާ ތަޖުރިބާ ބޭނުންވާނެއެވެ.

3. ކޯސް ނިންމާ ދަރިވަރުންނަށް 500 ގްރޮސް ޓޮނޭޖް އަށް ވުރެ ބޮޑެތި އާގުބޯޓުފަހަރުގެ އޮފިސަރ އިން ޗާރޖް އޮފް އަ ނެވިގޭޝަނަލް ވޮޗްގެ ސަނަދު ލިބޭނީ އެސް.ޓީ.ސީ ޑަބްލިޔޫގެ ރެގިޔުލޭޝަން 1/9 އަދި ކޯޑްގެ ސެކްޝަން A-1/9 ގެ މެޑިކަލް ސްޓޭންޑަރޑަށް ދަރިވަރުން ފެތޭނަމައެވެ.

93. ސެޓްފިކެޓް 3 އިން މެރިން އިންޖިނިއަރިންގ

މުއްދަތު: 0.5  އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ

ތަޢާރުފު:

މި ކޯހުގައި އާގު ބޯޓުގެ އިންޖީނޭރުކަމުގެ ރޮނގުން ބައިވެރިން ތަމްރީން ކުރުވެއެވެ. ބޯޓު ދަތުރު ކުރުމަކީ ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ވެސް ވަރަށް ބޭނުންތެރި ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ފަށާ ތަޢުލީމް ޙާސިލްކޮށްފައިވުން ނުވަތަ އެމް.އެން.ކިޔު.އެފް. ގެ ލެވެލް 2 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ

ށ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު މަދުވެގެން 750 ކިލޯވޮޓްގެ އިންޖީނެއް ހުރި އާގުބޯޓެއްގެ އިންޖީން ރޫމްގައި މަދުވެގެން 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނޯޓް:މި ކޯހަށް ކުރިމަތިލާ ހުރިހާ ފަރާތްތަކުންވެސް ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭ ހައްދާފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި ކަނޑުމަތީ ތަޖްރިބާ ހުރިކަން ދައްކާދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީ އިން ހޯދާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

ސެންޓަރ ފޮރ އޯޕަން ލަރނިންގ

94. އިންގްލިޝް ފޮރ ފަރދަރ ސްޓަޑީޒް    

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 510 (ޖުމުލަ)

ކޯސް ހިންގާނެ ގޮތް:ޑިސްޓަންސް މޯޑް

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ:

ކ. މާލެ (150 ޖާގަ)                 ހއ. ދިއްދޫ (20 ޖާގަ)

ހދ. ކުޅުދުއްފުށި (60 ޖާގަ)            ށ. މިލަންދޫ (20 ޖާގަ)               ޅ. ނައިފަރު (20 ޖާގަ)

ދ. މީދޫ (20 ޖާގަ)                  ރ. ދުވާފަރު (20 ޖާގަ)              ފ. ނިލަންދޫ (20 ޖާގަ)        

ލ. ގަން (30 ޖާގަ)                 ގއ. ވިލިނގިލި (20 ޖާގަ)             ގދ. ތިނަދޫ (60 ޖާގަ)        

ސ. ހިތަދޫ (30 ޖާގަ)                ޏ. ފޯއްމުލައް (20 ޖާގަ)              ނ. ކެނދިކުޅުދޫ (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ އިނގިރޭސި ބަހުން ކިޔަވައިދޭ ކޯހަކަށް ވަންނަ ފެންވަރު ނެތް ފަރާތް ތަކަށް މަތީ ތަޢުލީމުގައި ކުރިއަށް ދިއުމަށް ބޭނުންވާ ފެންވަރަށް އިނގިރޭސި ބަސް އުނގަންނައި ދިނުމަށް އަމާޒު ކުރެވިގެން ހިންގާ ކޯހެކެވެ. ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޮވާއިރު މި މާއްދާއިން ފާސްވެފައިވާނަމަ އެ ފާސް، އޯލެވެލް އާ އެއް ފެންވަރެއްގެ ފާހެއް ކަމުގައި ބެލެވޭނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގްރޭޑް 10 ނިންމާފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ.ސީ.ސީ.އީން ހިންގާ އިނގިރޭސި ބަހުގެ ސެޓްފިކެޓް 1، 2. 3 ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.ސެންޓަރ ފޯރ އޯޕަން ލާރނިންގ އިންދޭ ގްރޭޑް 10 ފެންވަރުގެ އިނގިރޭސި ޓެސްޓަކުން ފާސްވެފައިވުން.

ނޯޓް:ކޯސް ހެދުމަށް ޤަސްދުކުރާ ސެންޓަރު ކޯހަށް އެދި ހުށަހަޅާ ފޯމުގައި ބަޔާން ކުރަން ވާނެއެވެ. އަދި މި ކޯސް ކޮންމެ ސެންޓަރެއްގައިވެސް ހިންގޭނީ އެ ސެންޓަރެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީ ވާނަމައެވެ.

95. އެޑްވާންސްޑް ސެޓްފިކެޓް އިން ހިއުމަން ރިސޯސަސް މެނެޖްމަންޓް    

މުއްދަތު: 1.5  އަހަރު (3 ސެމިސްޓަރ)

ޖާގަ: 250 (ޖުމުލަ)

ކޯސް ހިންގާނެ ގޮތް:ޑިސްޓަންސް މޯޑް 

ކޯސް ހިންގާ ކެމްޕަހާއި ހިންގާނެ ގޮތް:ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (30 ޖާގަ)، ލ. ގަން (30 ޖާގަ)، ގދ. ތިނަދޫ (30 ޖާގަ)، ސ. ހިތަދޫ (30 ޖާގަ)، ނ.ކެނދިކުޅުދޫ (25 ޖާގަ)، ފ.ނިލަންދޫ (25 ޖާގަ)، ގއ.ވިލިނގިލި (25 ޖާގަ)، ޅ.ނައިފަރު (25 ޖާގަ)

ތަޢާރުފު:

މި ކޯހަކީ އިންސާނީ ވަސީލަތްތައް ބެލެހެއްޓުމުގެ ހުނަރު ކޯހުގެ ބައިވެރިންނަށް އުނގަންނައި ދިނުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މި ކޯސް އަމާޒު ކުރެވިފައިވަނީ އޮފީސް ތަކުގައި އުޅޭ އިދާރީ މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒު ކޮށްގެންނެވެ. މިކޯހުގައި ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ވަޒީފާގައި ދެމިހުރެވޭނެ ގޮތާއި ކުރިއަށް ދިއުމުގެ ގޮތްތަކުގެ މަޢުލޫމާތާއި ހުނަރު އުނގަންނައިދެވެއެވެ. އަދި މީގެ އިތުރުން ޒަމާނީ ވިޔަފާރީގެ މުޢާމަލާތުތައް ހިންގާނެ ގޮތް ދަސްކޮށްދެވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން.

ނޯޓް:މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީ ވާނަމައެވެ.

96. އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ  ޗައިލްޑްހުޑް)    

މުއްދަތު: 2.5 އަހަރު (5 ސިމެސްޓަރ)

ޖާގަ: 120 (ޖުމުލަ)

ކޯސް ހިންގާނެ ގޮތް:ޑިސްޓަންސް މޯޑް         

ކޯސް ހިންގާ ކެމްޕަސް:ޏ.ފުވައްމުލައް (20 ޖާގަ)، ނ.ކެނދިކުޅުދޫ (20 ޖާގަ)، ދ.ކުޑަހުވަދޫ (20 ޖާގަ)، ގއ.ވިލިނގިލި (20 ޖާގަ)، ރ.ދުވާފަރު (20 ޖާގަ)، ބ.އޭދަފުށި (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ޕްރީ ސްކޫލް މުދައްރިސުން ތަމްރީން ކުރުމަށްޓަކައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯހުގައި ޕްރީ ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް، ބައިވެރިންނަށް އުނގަންނައިދެވެއެވެ. އަދި އެންމެ ފަހުގެ ތަޢުލީމީ ދިރާސާ ތަކުގެ އަލީގައި ބައިވެރިންނަށް ކިޔަވައިދެވެއެވެ. މިކޯހަކީ މި ދާއިރާ އަށް ޝައުގުވެރިވާ ފަރާތް ތަކަށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށުގައި ހެދިދާނެ ކޯހެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ.އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ

ނ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 4 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން.

ނޯޓް:މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީ ވާނަމައެވެ.

97. ޑިޕްލޮމާ އިން ބިޒްނަސް    

މުއްދަތު: 2.5  އަހަރު (5 ސިމެސްޓަރ)

ޖާގަ: 150 (ޖުމުލަ)

ކޯސް ހިންގާނެ ގޮތް:ޑިސްޓަންސް މޯޑް

ކޯސް ހިންގާ ކެމްޕަހާއި ސެންޓަރ:ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (30 ޖާގަ)، ބ. އޭދަފުށި (30 ޖާގަ)، ގދ.ތިނަދޫ (30 ޖާގަ)، ދ. ކުޑަހުވަދޫ (30 ޖާގަ)، ޏ.ފުވައްމުލައް (30 ޖާގަ)

ތަޢާރުފު:

ބައިނަލް އަޤްވާމީ ފެންވަރުގެ ވިޔަފާރި އާއި ބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތު ކުރުމުގެ ހުނަރާއި، ކަންކަމާ މެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރުމުގެ ހުނަރާއި، މައްސަލަ ޙައްލު ކުރުމުގެ ހުނަރު ތަރައްޤީ ވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތު މާޙައުލުގައި ބޭނުން ކުރުމުގެ ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައި ދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާ އިންނާއި ރިސޯޓު ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.އެމް ކިޔު އޭ ގަބޫލުކުރާ ލެވެލް 3 އެއްގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެފެންވަރު ހުރުން.

ނޯޓް:މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީ ވާނަމައެވެ.

98. ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން    

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 110 (ޖުމުލަ)

ކޯސް ހިންގާނެ ގޮތް:ޑިސްޓަންސް މޯޑް    - ދިވެހިބަސް  

ކޯސް ހިންގާ ކެމްޕަސް:ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (20 ޖާގަ)، ލ.ގަން ކެމްޕަސް (20 ޖާގަ)، ގދ. ތިނަދޫ (20 ޖާގަ)، ސ. ހިތަދޫ (20 ޖާގަ)

ތަޢާރުފު:

މި ކޯހަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިދާރީ މަސައްކަތް ކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކުރެވިގެން، މެނެޖްމަންޓާއި ޖުޑީޝަލް ސިސްޓަމްގެ އެންމެފަހުގެ މަޢުލޫމާތާއި ހުނަރު ދަސްކޮށްދިނުމަށް ދިވެހިބަހުން ހިންގޭ ކޯހެކެވެ. މިކޯސް އަމާޒުކުރެވިފައިވަނީ ޖުޑިޝަރީގެ އެކި ދާއިރާތަކުގައި މިހާރު ވަޒީފާ އަދާކުރާ މުވައްޒަފުންނަށާއި އަލަށް މިދާއިރާއަށް ނިކުންނަން ޝައުޤުވެރިވާ ފަރާތްތަކަށެވެ. މިކޯހުގައި ކިޔަވާދެވޭ ބައިތަކުގެ ތެރޭގައި މެނެޖްމަންޓްގެ އެކިއެކި ހުނަރުތަކާއި މުއާމަލާތުކުރާނެ ގޮތްތަކާއި ކޯޓްތަކުގެ އިދާރީ ކަންކަން މެނޭޖްކުރާނޭގޮތް ހިމެނެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ.ގްރޭޑް 10 ނިންމާފައި އޮތުން އަދި ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ.އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް / އެސް.އެސް.ސީ އިމްތިޙާންތަކުން 1 މާއްދާއިން ފާސްވެފައިވުމާއެކު 4 އަހަރު ދުވަހު ގާނޫނީ ދާއިރާގައި މަސައްކަތް ކޮށްފައިވުން.

ނޯޓް:މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީ ވާނަމައެވެ.

ސެންޓަރ ފޮރ އޯޕަން ލަރނިންގ

99. ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އެޑްވާންސްޑް ޑިޕްލޮމާ/ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ    

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 210

ކޯސް ހިންގާ ކެމްޕަސް:ކ. މާލެ (30 ޖާގަ)، ހދ. ކުޅުދުއްފުށި (30 ޖާގަ)، ސ. ހިތަދޫ (30 ޖާގަ)

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާ ގޮތް (ހަމައެކަނިމާލެއަށް)

  މެތަމެޓިކްސް އާއި ބަޔޮލޮޖީ (10)              ކެމިސްޓްރީ އާއި މެރިން ބަޔޮލޮޖީ (15)

  މެތަމެޓިކްސް އާއި ފިޒިކްސް(15)               މެތަމެޓިކްސް އާއި މެރިން ބަޔޮލޮޖީ (10)

  ބަޔޮލޮޖީ އާއި ކެމިސްޓްރީ (15)               ބަޔޮލޮޖީ އާއި ފިޒިކްސް (10)

  ބަޔޮލޮޖީ އާއި މެރިން ބަޔޮލޮޖީ (10)             ކެމިސްޓްރީ އާއި ފިޒިކްސް (15)

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާ ގޮތް (ކެމްޕަސްތަކަށް)

  އެކައުންޓިންގ އާއި ބިޒްނަސް ސްޓަޑީޒް (15)        އެކައުންޓީންގ އާއި އިކޮނިމިކްސް (10)

  ބިޒްނަސް ސްޓަޑީޒް އާއި އިކޮނިމިކްސް (15)        މެތަމެޓިކްސް އާއި އެކައުންޓިންގ (10)

  މެތަމެޓިކްސް އާއި އިކޮނޮމިކްސް (5)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ކިޔަވައިދޭން ޚާއްޞަވާ މާއްދާ ކޮމްބިނޭޝަން ނުވަތަ އެއާ ގުޅުންހުރި 2 މާއްދާ އާއި އެސް.އެސް.ސީ ދިވެހި ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން.

100.  ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: ބީއޭޓެފްލް / ބީއެޑް އިންގްލިޝް    

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)

ޖާގަ:  90 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލް-ޓައިމް (30 ޖާގަ)، ހދ.ކުޅުދުއްފުށި (30 ޖާގަ)، ސ.ހިތަދޫ (30 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ޖީ.ސީ.އީ އޯލެވެލް އިނގިރޭސި ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިހާންތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން.

101.  ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: ބެޗްލަރ އޮފް އާރޓްސް އިން އާރކިޓެކްޗުރަލް ޑިޒައިން

މުއްދަތު: 1  އަހަރު (2 ސިމެސްޓަރ)

ޖާގަ: 20

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ، ފުލް-ޓައިމް    

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހިސާބު/ ފިޒިކްސް/ އާރޓް/ ޖިއޮމެޓްރިކަލް ޑްރޯވިންގ ގެ ތެރެއިން އެއް މާއްދާ ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން 3 މާއްދާއިން ފާސްވެފައިވުން.

102.  ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އެންވަޔަރަމަންޓް މެނެޖްމަންޓް (ޑިޕްލޮމާ/ އެޑްވާންސްޑް ޑިޕްލޮމާ/ ބެޗްލަރ)

މުއްދަތު:1  އަހަރު (2 ސިމެސްޓަރ)      

ޖާގަ: 20 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯލެވެލް ކެމިސްޓަރީ އާއި ބަޔޮލޮޖީ ނުވަތަ ފިޝަރީޒް ސައިންސް ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިހާންތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލް ކެމިސްޓްރީ، ބަޔޮލޮޖީ ނުވަތަ ފިޝަރީޒް ސައިންސް ގެ ތެރެއިން އެއް މާއްދާ ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިހާންތަކުން 3 މާއްދާއިން ފާސްވެފައިވުމާއި އެކު ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.

103.  ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު:1  އަހަރު (2 ސިމެސްޓަރ)      

ޖާގަ: 50 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:ކ. މާލެ (20 ޖާގަ)، ހދ.ކުޅުދުއްފުށި (15 ޖާގަ)، ސ.ހިތަދޫ (15 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިހާންތަކުން 3 މާއްދާއިން ފާސްވެފައިވުން.

16 ނޮވެންބަރު 2015

16 ނޮވެންބަރު 2015
ހޯދާ