ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:       

އިންޓާރނަލް އޮޑިޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ:  

-/5،740 ރުފިޔާއާއި -/12,000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް: 

ކުންފުނީގެ ޑިޕާޓްމަންޓްތަކާއި، ކުންފުނީގެ ދަށުން ހިންގާ އަތޮޅުތަކުގެ އިންޖީނުގެތައް އޮޑިޓްކުރުމާއި، ރިޕޯޓް ތައްޔާރުކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

2015 ނޮވެންބަރު 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

މަޤާމަށް އެދި ހުށަހަޅަން ހަދަންވީ ގޮތް:

- މި މަޤާމަށް އެދޭ ފަރާތްތަކުން،  ވަޒީފާއަށް އެދޭ ފޯމު، މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ނެގުމަށްފަހު، އެ ފޯމު ފުރިހަމަކޮށް، ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، ވަޒީފާއަށް އެދޭ ފޯމާއެކު، މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް، 2015 ނޮވެންބަރު 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ކުންފުނީގެ www.stelco.com.mv ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ނޯޓު:

- މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ.

- ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.

5 ޞަފަރު  1437

17 ނޮވެންބަރު 2015
ހޯދާ