ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޮންސަލްޓެންސީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ފިފްތް ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ކޮންސަލްޓެންސީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 ނޮވެންބަރު 22 އިން 2015 ޑިސެންބަރު 17ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހުގެ 15:00 އާ ދެމެދު 100.00 ޔޫ.އެސް ޑޮލަރު ނުވަތަ -/1500 (ފަނަރަސަތޭކަ) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2015 ޑިސެންބަރު 22ވާ (އަންގާރަ) ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. އަދި 2016 ޖަނަވަރީ 07 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2015 ނޮވެންބަރު 29 އިން 2015 ޑިސެންބަރު 17ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 15:00 އާ ދެމެދުގައެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000ރ. (ވިހިހާސް) ރުފިޔާ ނުވަތަ US$1,250.00 (އެއްހާސް ދުއިސައްތަ ފަންސާސް) ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ % 15 ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޖަނަވަރީ 07 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުއްވުން ޢެދެމެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2015 ނޮވެންބަރު 22 އިން 2015 ޑިސެންބަރު 17 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2015 ނޮވެންބަރު 29 އިން 2015 ޑިސެންބަރު 17 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2015 ޑިސެންބަރު 22 ގައި (އަންގާރަ)

13:00 ގައި

އަގު ހުށަހެޅުން

2016 ޖަނަވަރީ 07 ގައި (ބުރާސްފަތި)

13:00 ގައި

05 ޞަފަރު 1437

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338154 / 3338122 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
17 ނޮވެންބަރު 2015
ހޯދާ