މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީގެ އ.ތ.މ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތައް

މާލޭ ސިޓީގެ އ.ތ.މ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތައް:

މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހެންވޭރު ދެކުނު ދާއިރާއާއި ގަލޮޅު ދެކުނު ދާއިރާ އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އިންތިޚާބު 2015، ނޮވެންބަރު 26 ވަނަ ދުވަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިޢުލާނާއެކު ދެންނެވުނު އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓެއް ޢާންމު ކުރީމެވެ.

މި ލިސްޓުތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ 18 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޝަކުވާ ހުށަހަޅާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މާލޭ ސިޓީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޝަކުވާ ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

27 މުޙައްރަމް 1437

09 ނޮވެންބަރު 2015
ހޯދާ