ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ ނައިޓް މާރކެޓް 2015

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާއާ ގުޅިގެން ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައި ނައިޓްމާކެޓެއް 10 ޑިސެންބަރު 2015 ން 19 ޑިސެންބަރު 2015އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ނައިޓްމާކެޓް މޭޒު ނަންގަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިކޯޕަރޭޝަނުގެ މުނިސިޕަލް ޑިޕާޓްމަންޓުން ދޫކުރާ "ހުޅުމާލެ ނައިޓް މާކެޓް 2015 ގައި ބައިވެރިވުމަށް އެދޭ ފޯމު" ނަންގަވައި ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 15 ނޮވެންބަރު 2015 ން 03 ޑިސެންބަރު 2015 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 14:00 އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޕަރޭޝަނުގެ ނަންބަރު 7727264 އަދި 3355153 ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

30 މުޙައްރަމް 1437

12 ނޮވެންބަރު 2015
ހޯދާ