މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
2016 ވަނަ އަހަރު ދިވެހިރާއްޖެއަށް އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމާބެހޭ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

2016 ވަނަ އަހަރު ދިވެހިރާއްޖެއަށް އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމާބެހޭ

ދިވެހިރާއްޖެއިން ބައިވެރިވެރިފައިވާ މުޢާހަދާއެއްކަމަށްވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުން 2020ގެ ނިޔަލަށް ދިވެހިރާއްޖޭގައި އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން 2016 ވަނައަހަރު ރާއްޖެއަށް މިގޭސް އެތެރެކުރަން ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)438-PPIRS/1/2015/141)ފ(12 އޮކްޓޫބަރު 2015) އިޢުލާނަށް އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2016 ވަނައަހަރު ދިވެހިރާއްޖެއަށް ކަނޑައަޅަފައިވާ އެޗް.ސީ.އެފް.ސީގެ ކޯޓާއަކީ 43.6 މެޓްރިކްޓަނެވެ.

މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުމުން ބީލަން ފޮތްތަކުގެ އިލެކްޓްރޯނިކް ކޮޕީއެއް ލިބިވަޑައިގަންނަވާނެއެވެ.

ބަންދުކުރެވިފައިވާ ބީލަންތައް 23 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަން ވާނެއެވެ. އިލެކްޓްރޯނިކް އުސޫލުން ހުށަހެޅޭ ބީލަންތައް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައްވެސް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ބީލަން ހުށަހެޅުމަށް ހާޒިރުވެވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.

ނެޝަނަލް އޯޒޯން ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ،ދިވެހިރާއްޖެ

ފޯން: 3018369  3018366 ފެކްސް: 3018301

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv       

10 ނޮވެންބަރު 2015
ހޯދާ