މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު (ކޮންސަލްޓެންޓް)

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް. އެން. ޔޫ) އާ ގުޅިގެން ފަރުމާކުރާ މާސްޓަރސް އިން އެޑިޔުކޭޝަންގެ އެސެސްމެންޓް އެންޑް އިވެލުއޭޝަން ޔުނިޓް ފަރުމާކޮށްދޭނެ ނެޝަނަލް ކޮންސަލްޓަންޓެއް ބޭނުންވެއެވެ.

މަޤާމް: ނެޝަނަލް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތުގެ މުއްދަތު: 1 (އެކެއް) މަސްދުވަސް

މުސާރަ: -/7،500  

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ http://www.eedp.moe.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 19 ގެ 14:00 ގެ ކުރިން،  އެދުރުހިޔާ އިމާރާތުގެ ނަންބަރު: 103، 1 ވަނަ ފަންގިފިލާއަށް، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އިތުރު މައުލޫމާތު ހޯދުމަށް 3341319 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.      

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ސީ.ވީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވެލިޑޭޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ.

އެޕްލިކޭޝަން އެޑްރެސް ކުރާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )،

ނަންބަރު: 103، 1 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 3341319

އީމެއިލް: [email protected]

މަޤާމަށް ހޮވުން:

- މި މަޤާމަށް ހޮވޭނީ، ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އިންޓަވިއުއިން ފާސްވާ ފަރާތެކެވެ.

- މި މަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރެވޭނީ، ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢާމަލުކުރާ އުސޫލް، ޖެނުއަރީ 2011" ގައި ވާ ގޮތުގެ މަތިންނެވެ.

އިތުރު މަޢުލޫމާތު: 

މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ، މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ 3341319 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015
ހޯދާ