މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓް ކޭބަލްތަކެއް ވިއްކާލުމާގުޅޭ

އިޢުލާން

ކަރަންޓް ކޭބަލްތަކެއް ވިއްކާލުމާ ގުޅޭ

ތިރީގައި މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މި ނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގެޒެޓު ކުރެވޭ ތާރީޚުން ފެށިގެން ސަރުކާރުބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި އެފަރާތަކުން ހުށަހަޅުއްވަން ބޭނުންވެލައްވާ އެންމެ މަތީ އަގެއް މި އިދާރާއަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ކޭބަލުގެ ނީލަން ޖެހިޖެހިގެން ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހު، އެއްއަގެއް އޮވެއްޖެނެމަ ނީލަން ނިންމާލެވޭނެއެވެ.

ބާވަތް

މިހާރުގެ ޙާލަތު

ނީލަންފެށޭ އަގު

އިތުރުކުރެވޭ އެންމެދަށް އަގު

1050 މީޓަރ އާމަރޑް ކޭބަލް 25 އެމް އެމް

 900 މީޓަރ އާމަރޑް ކޭބަލް 16 އެމް އެމް

 ބޭނުން ކޮށްފައި ގެއްލުމެއް ނުލިބޭ

ބިމުގައި ވަޅުލާފައި

-/120000

-/5000

ނީލަމުގައި ބައިވެރިވެލެއްވުމަށް އެދި ހުށަހަޅާ ސިޓީގައި ހުށަހަޅާ އަގުގެ އިތުރުން މިދަންނަވާ މަޢުލޫމާތު ހިމެނުއްވުން އެދެމެވެ.

  1. ފުރިހަމަ ނަމާއި އެޑްރެސް.  2. އައި.ޑީ ކާޑު ނަންބަރު.   3. ގުޅޭނެ ފޯނު ނަންބަރު

އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ ފޯނު ނަންބަރު 6560015  ނުވަތަ  7909383 އަށް ގުޅުއްވުން އެދެމެވެ. ކޭބަލް ބައްލަވާލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކުޑަފަރީ ކައުންސިލްގެ އިދާރާއަށް ދުރުވުމުން ބައްލަވާލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 މުޙައްރަމް 1437

04 ނޮވެންބަރު 2015
ހޯދާ