ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ހުކުރު ނަމާދު ކުރައްވާނެ ފަރާތްތަކެއް ހޯދުމާބެހޭ

އިޢުލާން

އިމާމުވެ ހުކުރުނަމާދު ކުރައްވާނެ ފަރާތްތަކެއް ހޯދުމާބެހޭ:

ދަޑިމަގު މަސްޖިދު އުއްމުލްޤުރާގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދާއި ކޭތަ ނަމާދު ފަދަ ނަމާދުތައް ކުރައްވާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ. މިއީ، މި ކައުންސިލާއި އެ ފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެދަށުން ކުރެވޭ ކަމެކެވެ. އިމާމުގެ ބަދަލުގައި ހުކުރުކުރައްވަން ހަމަޖެހިފައިވާ ބޭފުޅުން ހަމަޖެހިފައިވާ މިސްކިތަށް ވަޑައިނުގަންނަވާނަމަ، ޖެހިގެން އަންނަ ހުކުރު ނަމާދު އިމާމުވެ ކުރައްވާކަށެއްް އެ ފަރާތަކަށް ނުދެވޭނެއެވެ. އަދި މި ކައުންސިލުން އެއްބަސްވުން ހަދާނީ އެންމެ އެކަށީގެންވާކަމަށް މި ކައުންސިލަށް ފެންނަ ފަރާތްތަކާ އެކުގައެވެ.

ވީމާ، މަސްޖިދު އުއްމުލްޤުރާގައި ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދު ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2015 ނޮވެންބަރު 24 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިމިވާ ލިއުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ލިއުންތަކަކީ، އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތަތްގަނޑު ޖަހާފައިވާ އަޞްލުކަމުގައި ވާންޖެހޭނެއެވެ.

1- ހުކުރު ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރައްވާފައިވާ ހުކުރު ކުރުމުގެ ހުއްދައާއި ސަނަދު ނުވަތަ ސެޓްފިކެޓްގެ ކޮޕީ.

2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

27 މުޙައްރަމް 1437

09 ނޮވެންބަރު 2015
ހޯދާ