މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސޭލްސް އޮފިސަރ ޓްރެއިނީ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސޭލްސް އޮފިސަރ ޓްރޭނީ

ބޭނުންވާ އަދަދު :

2 (ދޭއް)

މުސާރަ:

  1. 4401.00 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ އެއް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

  1. 1890.00 ރުފިޔާ (އެއްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް:

ސޭލްސް އެންޑް ކަސްޓަމަރ ކެއަރ 

 

 

މަޤާމުގެ ޝަރުޠު:

  • ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ އޯލެވެލުން އިނގިރޭސިއާއި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި، މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، ކުރެވޭ އިންޓަވިއުއިން ފާސްވުން. ނުވަތަ؛
  • ގްރޭޑް 8 ގެ ފެންވަރު ހުރުމާއި، ކުރެވޭ އިންޓަވިއުއިން ފާސްވުން.
  • ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު، ލިޔަން ކިޔަން އެނގުން.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރު ދުވަހު، ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.

މަސައްކަތުގެ ދާއިރާ:

  • ސޭލްސް އެންޑް ކަސްޓަމަރ ކެއަރ  

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރު ބަޔާންކުރަންވާނެއެވެ.)
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ.
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅަން ޖެހޭނެއެވެ.)

ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވާ  ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި، ވަނަވަރާ އެކުގައި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ނޮވެންބަރު 17 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފްލޯރއަށް، އެޗް. އާރު. ސެކްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ. އަދި އިންޓވިއުއަށް ކިޔާނީ،  ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272،3009273،3009274

ފެކްސް: 3321559

23 މުޙައްރަމް 1437

05 ނޮވެންބަރު 2015
ހޯދާ