މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް ސަރވިސް އެސިސްޓެންޓް (ލޯންޗް ކެޕްޓަން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސަޕޯޓް ސަރވިސް އެސިސްޓެންޓް (ލޯންޗް ކެޕްޓަން)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/3،100 ރުފިޔާ

ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/1,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމް ފުރިހަމަކޮށްފައިވުމާއެކު، ނިޔަމިކަމުގެ ސަނަދު ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންވާ ހުނަރެއް ލިބިފައިވާ މީހެއްކަމުގައިވުން.

- އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި ބޭނުންކުރުން،  ނުވަތަ  މަސްތުވާތަކެތީގެ  ވިޔަފާރިކުރުން،  އަދި  ޚިޔާނާތްފަދަ  ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

- މީލާދީގޮތުން 18 އަހަރު ފުރިފައިވުން.

- ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކުކަމުގައި ނުވުން.

މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:

ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ، އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ފޮޓޯ،

- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރެކޯޑް ބަލާ ފޯމް.

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

 

 

ސުންގަޑި:

- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ނޮވެންބަރު 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ރިޝެޕްޝަނަށް ހުށަހެޅުން، އެދެމެވެ.

- މި  މަޤާމަށް  އެދި  ހުށަހަޅާ  ފޯމްތައް  ބަލައިގަންނާނީ،  ރަސްމީ  ބަންދު  ނޫން  ކޮންމެ  ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.   

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން  ލިބެން ހުންނާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓުން (www.police.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

22 މުޙައްރަމް 1437

04 ނޮވެންބަރު 2015
ހޯދާ