އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދަތުރު ކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ތިރީގައި މިދަންނަވާ ދަތުރު ކުރުމަށް އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

މިއެޖެންސީގެ ނަންބަރު IUL) 203-PROREC/1/2015/44)ފ(04 ނޮވެންބަރު 2015) އިޢުލާނުގައި އެކަށީގެންވާވަރަށް މުއްދަތު ދެވިފައިނުވާތީ، ބާޠިލު ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ބޭނުންވާ ތާރީޚު: 22.11.2015 އިން 05.12.2015 އަށް. 

ދަތުރުގެ ތަފުސީލު: މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ޅ،ނ،ރ، އަދި ބ. އަތޮޅަށެވެ. މި ދަތުރުގައި މުޅިއެކު 10 މުވައްޒަފުން ބައިވެރިވާނެއެވެ.

ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޑައިވް ސައިޓުތަކާއި ރަށްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގައި އޮންނަ މަޢުލޫމާތުދޭ ބައްދަލުވުމުގައި ދެވޭނެއެވެ.

ޝަރުޠު: މިދަތުރުގައި ޑައިވް ކުރުމަށް ހަމަޖެހިފައިވުމުން ޑައިވް ދޯންޏަކާއި ޑިންގީއެއް އޮންނަންވާނެއެވެ. އަދި މި އުޅަނދުގައި މަދުވެގެން 6 ކޮޓަރި ހުންނަންވާނެއެވެ. އަދި ތިންއިރުގެ ކެއުމާއި ބުއިން ލިބިދޭންޖެހޭނެއެވެ. މީގެ އިތުރުން ޑައިވިންގ ޓޭންކްތަކަށް ވައި އެޅޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

ވީމާ، މިދަތުރު ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ނޮވެންބަރު 12 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހަށް (އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، ގްރީން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގެ ދިއްގާ މާލަމަށް) ވަޑައިގެން މަޢުލޫމާތު ހޯއްދެވުމަށްފަހު 2015 ނޮވެންބަރު 16 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3335949 އަށް ގުޅުއްވުން އެދެމެވެ.

23 މުޙައްރަމް 1437

05 ނޮވެންބަރު 2015
ހޯދާ