ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އައި.ޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމު:

އައި.ޓީ އޮފިސަރ 

ބޭނުންވާ ޢަދަދު:

01

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3000 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

މަގާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ މުސާރައިގެ %35

މަސައްކަތް ކުރަންޖެހޭތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ/މާލެ

ތަޢުލީމާއި ތަޖުރިބާ:

 

 

 

 

 

 

 

އަދާ ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

 

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ (ލެވެލް 5 ނުވަތަ ލެވެލް 6) ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މަގާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެ ރޭންކާ އެއްފެންވަރުގެ މަޤާމެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  1. އޮފީހުގެ ސަރވަރ ބެލެހެއްޓުމާއި ސަރވަރއަށް ދިމާވާ މައްސަލަތަށް ހައްލުކޮށް ސަރވަރގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. އޮފީހުގެ ނެޓްވާރކް ބެލެހެއްޓުމާއި ނެޓްވަރކްއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން. 
  3. އޮފީހުގެ ކޮމްޕިއުޓަރތައް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރތައް މަރާމާތުކުރުމާއި ކޮމްޕިއުޓަރތަކުގެ އެންޓި-ވައިރަސް ބެލެހެއްޓުން.
  4. އޮފީހުގެ ޕްރިންޓަރ، ސްކޭނަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  5. އޮފީހުގެ ވެބްސައިޓް ދުވަހުން ދުވަހަށް މެނޭޖްކުރުން.
  6. އޮފީހުގައި ބޭނުންކުރާ ޑޭޓާބޭސްތައް މެނޭޖްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  7. އެން.ސީ.އައި.ޓީއާއި ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވޯރކްގެ އެންމެހައި މަސައްކަތެއް ބެލެހެއްޓުން.
  8. އޮފީހުގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުން.
  9. އޮފީހުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމްތަކަށް ދިވާމާ މައްސަލަތައް ހައްލުކުރުން.
  10. އޮފީހުގެ ފަރާތުން ލޭއައުޓް ހެދުމާއި ޑިޒައިން ކުރަންޖެހޭ ބެނަރ، ބިލްބޯޑް، ލީފްލެޓް އަދި ރިޕޯޓް ފަދަ ތަކެއްޗާއި ފޭސްބުކް ޕޭޖަށާއި ވެބްސައިޓަށް އަޕްލޯޑްކުރަންޖެހޭ އެންމެހާ ތަކެތީގެ ލޭއައުޓްހެދުމާއި ޑިޒައިން ކުރުން.
  11. އެނަލައިޒް ކުރެވިފައިވާ ތަފާސްހިސާބުތަކުގެ މަޢުލޫމާތުތަކަށް ބިނާކޮށް އޭގެ ގްރެފިކްސް ޑިޒައިން ކުރުން.
  12. އޮފީސް އޮޓޮމޭޝަނަށް ލަފާދީ އެކަންތައްތައް ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރުން. 
  13. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (އޮޕްޝަނަލް)

އިތުރު މަޢުލޫމާތު:

1- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2- މި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

3- މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރިކޯޑު ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

4- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 12 ނޮވެންބަރު 2015 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: - ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

20 މުޙައްރަމް 1437

02 ނޮވެންބަރު 2015
ހޯދާ