ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފަޔަރލައިން ފަރުމާކޮށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން

މިކުންފުނީގެ (ފިއުލްޑީ.ސީ) ކ.ފުނަދޫގައި ފަޔަރލައިން ފަރުމާކޮށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނީގެ (ފިއުލް ޑީ.ސީ) ކ.ފުނަދޫގައި ފަޔަރލައިން ފަރުމާކޮށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެކަރުދާސް ބަލައިގަތުން:

ބީލަމަށް ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސިބަހުންނެވެ. ބީލަންކަރުދާސް ދޫކުރެވޭނީ 2015 ނޮވެންބަރު 11 ވާ ދުވަހުގެ ދިހައެއް (10:00) ގެ ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 150.00 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއަށްވާ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓަށް ދައްކަވާ ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ގަބޫލުކުރެވޭނީ ކޭޝިއަރސް ޗެކް އަދި ޑައިރެކްޓް ޑިޕޮޒިޓް (މިކުންފުނީގެ އެޗް.އެސް.ބީ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV) އެވެ. ނަގުދުފައިސާއިން ރެޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަންކަރުދާސް ދޫކުރުން އޮންނާނީ 2015 ނޮވެންބަރު 12 ވަނަދުވަހު އީމެއިލްގެ ޒަރީޢާއިންނެވެ.

ސުވާލާއި ޖަވާބު

ބީލަންކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ނޮވެންބަރު 19 ވާ ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުއްވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށް 2015 ނޮވެންބަރު 25 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް ހުޅުވުން:

ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ޑިސެންބަރު 06 ވާ ދުވަހުގެ 15:00 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ހެޑްއޮފީހުގެ ކޮންފަރެންސްރޫމުގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:             ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:          180 44 33 960+ / 244 44 33 960+

ފެކްސް:              633 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:   އަޙްމަދު ނާޝިދު     

އީމެއިލް:              [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (GMT+5:00)

05 ނޮވެންބަރު 2015
ހޯދާ