މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިއިދާރާގެ ހުސްވެފައިވާ ޑްރައިވަރކަމުގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

މަޤާމް:

ޑްރައިވަރ

ރޭންކް:

އެސް.އެސް 2

ކްލެސިފިކޭޝަން

ސަޕޯޓް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ

މާލެއަތޮޅު އަތޮޅުކައުންސިލްގެ އިދާރާ

ސެކްޝަން

ކޯޕަރޭޓް އެފެއާރޒް

ވަޒީފާއަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު އަތޮޅުކައުންސިލްގެ އިދާރާ / ކ. ތުލުސްދޫ

މުސާރަ:

3470.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ބޭނުންވާ ޢަދަދު:

1

ގިންތި:             

ދާއިމީ

މަގާމުގެ ޝަރުތުތައް:

1- މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2- މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސްއެއް / ހުއްދައެއް / ސަނަދެއް ޙާޞިލުކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ވޭން ސާފުތާރުހިރުކޮށް ބެލެހެއްޓުން.

2- ވޭނަން މައްސަލައެއް ދިމާވެއްޖެނަމަ ކަމާބެހޭ ސެކްޝަނަށް އެކަމެއް އެންގުމާއި އެކަމެއް   ހައްލުކުރުމަށް މަސައްކަތް ކުރުން.

3- ރަށަށް ވަޑައިގަންނަވާ އިއްޒައްތެރިންގެ ލަގެޖު އުފުލުން.

4- އަތޮޅުކައުންސިލް އިދާރާގެ ބޭނުމުގައި ކުރަންޖެހޭ ދަތުރުތައްކުރުން.

5- ރަށުކައުންސިލްތަކުގެ ބޭފުޅުން ވަޑައިގަތުމުން އެބޭފުޅުންގެ ލަގެޖުތައް އުފުލުން.

6- ވޭން ދޮވެ ތެޔޮދުއްވައި ސާފުކުރުން.

ދާއިރާ ކަނޑައެޅުން

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުން
  2. މިފަދަ މަސައްކަތް ކުރޭވޭފަދަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން
  3. ވަޒީފާއިން އަވަސް އަވަހަށް ކެނޑި ބަދަލުވާ މީހެއްކަމުގައި ނުވުން
  4. އެއްގަމު އުޅަނދު ފަހަރު ދުއްވުމުގައި އެއްވެސް ކުށެއްކޮށްފައި ލައިސަންސުގައި ކުށުގެ ތައްގަނޑު ޖެހިފައިވާ މީހެއްކަމުގައިނުވުން
  5. ކެލެޖް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގަވުން.
  6. ސަރުކާރުގެ މިފަދަ އުޅަނދު ފަހަރު ދުއްވުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތައް ވަޒީފާ ހަމަޖެއްސުމުގައި އިސްކަން ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު %38

މަސައްކަތު ތަޖުރިބާ

މަސައްކަތުގެ ހުނަރާއި ފެންވަރު ޤާބިލްކަން %48

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

މިމަޤާމުގެ ޝަރުތު ހަމަވާފަރާތްތަކުގެތެރެއިން މަޤާމަށް އެންމެ އެކަށީގެންވާފަރާތެއްހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެރޭ 21.30 ގައި މާލެއަތޮޅު އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން މާލެއަތޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް(އެޕްލިކޭޝަން ލިބިވަޑައި ގަންނަވާނީ މިއިދާރާއިންނެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތްތަކުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާނަމަ އެލިޔުމުގެ ކޮޕީ)
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  5.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6644234) ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ (6640032) އެވެ. އީމެއިލް ކުރައްވާނީ [email protected]))އަށެވެ.

23 މުޙައްރަމް 1437

 

 

05 ނޮވެންބަރު 2015
ހޯދާ