ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ބަޖެޓް އޮފިސަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ:

މަޤާމް:       

ބަޖެޓް އޮފިސަރ

ސެކްޝަން

ބަޖެޓް ސެކްޝަން  

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

MS 1

މަޤާމުގެ  ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް ލިބެމުންދިޔުމާއެކު، GS4 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

1. ފައިނޭންސް ސެކްޝަނުގެ އެންމެހައި ފައިސާއާބެހޭ ހުރިހާ މަސައްކަތްތައް ޑިރެކްޓަރުގެ ލަފާގެމަތިން ކުރުން:                           

2. އެސް. އޭ. ޕީ (SAP) ސޮފްޓްވެއަރ ބޭނުންކޮށްގެން:   

  • ބިލްތައް ސިސްޓަމަށް އެންޓަރ ކުރުމާއި، ސަޕޯޓިންގ ޑޮކިޔުމަންޓްތައް ހަމަކުރުން.
  • ހުރިހާ ބިލްތަކުގެ ވައުޗަރުތައް ތައްޔަރުކުރުން.

3. 97 ނަންބަރު (ބަޖެޓް) އެކައުންޓް ޤަވާޢިދާ އެއްގޮތަށް ޚަރަދުކުރުމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ ލަފާގެމަތިން  ބެލެހެއްޓުން:

  • ހުރިހާ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ކޮންމެ ބިލަކަށް ވަކި ވައުޗަރެއް ހެދުމާއި، ޗެކްލިސްޓް ހެދުން.
  • 97 ނަންބަރު އެކައުންޓްގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މަހެއްގެވެސް 14 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  •  ކޯޓުގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް ކުރުން.

4. އަހަރީ ބަޖެޓް ތައްޔާރުކުރުން:

  • އަހަރީ ބަޖެޓް ތައްޔާރުކުރުމަށްޓަކައި ޑިރެކްޓަރަށް އެހީތެރިވުން.

5. އަހަރީ ރިޕޯޓް ތައްޔާރުކުރުން:

  • ހިނގާ އަހަރުގެ އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތުތައް ހޯދައި، ކަނޑައެޅިފައިވާ ތާރީޚަށް އަހަރީ ރިޕޯޓް ނިންމައި، އެޑްމިން ސެކްޝަނާ ހަވާލުކުރުން.

6. 1066 ނަންބަރު އެކައުންޓް، ޑިރެކްޓަރުގެ ލަފާގެމަތިން ބެލެހެއްޓުން:

  • ޑިޕޮޒިޓްފައިސާގެގޮތުގައި ބަލައިގަންނަ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރުމަށްޓަކައި    ފައިސާ ޖަމާކުރާ ފޯމް ތައްޔާރުކުރުން.
  • މައްސަލަތައް ނިމުމުން، މައްސަލަތައް ނިމުނުގޮތުގެ ތަފްޞީލް ސެކްޝަންތަކުން ބަޖެޓް ސެކްޝަނަށް ފޮނުވުމުން، ވައުޗަރުތަކާއި ޗެކްލިސްޓާއި، އެންމެހައި ޑޮކިޔުމެންޓްތައް ތައްޔާރުކޮށް، ޑިރެކްޓަރުގެ ލަފާގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.
  • 1066 ނަންބަރު އެކައުންޓްގެ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ 14 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި، އޮޑިޓަރޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  • 1066 ނަންބަރު އެކައުންޓުގައި ފައިސާ ބަހައްޓާފައިވާ މީހުންގެ ލިސްޓް ކޮންމެ މަހަކު ތައްޔާރުކުރުން.

7. އާމްދަނީ 191 ނަންބަރު އެކައުންޓް، ޑިރެކްޓަރުގެ ލަފާގެމަތިން ބެލެހެއްޓުން:

  • 191 ނަންބަރު އެކައުންޓަށް ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރުމަށްޓަކައި، ޖަމާކުރާ ފޯމް ތައްޔާރުން.
  • 191 ނަންބަރު އެކައުންޓުގެ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މަހެއްގެވެސް 14 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި، އޮޑިޓަރޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.

8. ޑިރެކްޓަރުގެ ލަފާގެމަތިން ތިޖޫރީ ބެލެހެއްޓުމާއި، ޕެޓީކޭޝް ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން:

  • ކޮންމެ ހަފްތާއެއްގެވެސް އާދީއްތަދުވަހު ތިޖޫރީބާކީގެ ރިޕޯޓް، ޑިރެކްޓަރުގެ ލަފާގެމަތިން ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.

9. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެ މަސައްކަތެއްކުރުން.

10. މީގެ އިތުރުން، ވެރިންއަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި،  ވެރިން އަންގަވާ ރަސްމީ މަސައްކަތް، ނުރަސްމީ ގަޑީގައި ވެސް ކުރުން. 

މުސާރަ:

-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް: 

ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރ (ދެހާސްރުފިޔާ ) އާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުޞޫލުން ޖުޑިޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ%45އާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާގެ ދެވޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  4. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  6. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭފަދަ ލިޔުމެއް ހުށަހެޅުން.
  7. ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިއުމާއި، ޓްރާންސްކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލްކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓްކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހެޅުން.

ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން %40

- ލިބިފައިވާ ތަޖުރިބާ

- ލިބިފައިވާ ހުނަރާއި، ފެންވަރާއި، ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު) %40

- މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)

- މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

- މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

ނޯޓު: މަތީގައިވާ މަޤާމަށް އިންޓަވިއުއާއި ޓެސްޓަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސުންގަޑި: 12 ނޮވެންބަރު 2015 ގެ 13.00

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www.highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 މުޙައްރަމް 1437

01 ނޮވެންބަރު 2015
ހޯދާ