ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ގއ.ވިލިނގިލި ފިހާރައިގެ ގުދަން ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ ޕލކ ގއ.ވިލިނގިލި ފިހާރައިގެ ގުދަން ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ ކުރެހުން އަދި ބީއޯކިއު އާއި އެއްގޮތަށް ، އެސްޓީއޯ ގއ.ވިލިނގިލި ފިހާރައިގެ ގުދަން ބޮޑުކުރުމުގެ މަސައްކަތް ކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           މި ކުންފުނީގެ ގއ.ވިލިނގިލި ފިހާރައިގެ ގުދަން ބޮޑުކުރުމުގެ މަސައްކަތް.

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2015 ނޮވެންބަރު 08 ވާ ދުވަހު 1000 ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ނޮވެންބަރު 08 ވާ ދުވަހު އީމެއިލް މެދުވެރިކޮށެވެ.

މައުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށް 2015 ނޮވެންބަރު 08 ވަނަ ދުވަހު 1530 ގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ރަޖިސްޓަރީ ކުރެއްވުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ނޮވެންބަރު 09 ވާ ދުވަހުގެ 1500  ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި 2015 ނޮވެންބަރު 12 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ނޮވެންބަރު 19 ވަނަ ދުވަހު 1400 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   3344224 , 3344196

ފެކްސް:  3344633

އީމެއިލް: [email protected]

29 އޮކްޓޫބަރު 2015
ހޯދާ