ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްނަގާ ބޯޓަކާއި އެބޯޓްގައިވާ އެންމެހާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަސްނަގާ ބޯޓެއް ކަމަށްވާ “kavindi Mirussa’’ ބޯޓާއި އެބޯޓުގައިވާ އެއްމެހާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ފުރުޞަތު ހުޅުވާލީމެވެ.  

ނީލަމާބެހޭ އިތުރު މައުލޫމާތު

  1. ބޯޓުގެ ބޮޑުމިން: (ދިގު 40 ފޫޓް ، ފުޅާ 11 ފޫޓް)
  2. ބޯޓުގެ ނީލަން ފެށޭއަގު: 10000.00ރފ ( ދިހަ ހާސް ރުފިޔާ )
  3. ނީލަން އަގު މަތި ކުރެވޭނެ އެންމެ ކުޑަ އަގު: 2000.00ރފ ( ދެހާސް ރުފިޔާ )
  4. ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހަކުވެސް 12:00 ގައެވެ. މިގޮތުން އެދުވަހެއްގައި ބޯޑަށް އަރުވާ ފޮށިހުޅުވާނީ ނުވަތަ ސިޓީތައް ބަލައި ގަނެވޭނީ އެދުވަހުގެ 11:45ގެ ކުރިން ގެންނަ ސިޓީ ތަކެވެ. އޭގެ ފަހުން ފޮއްޓަށްލާ ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެން އަންނަ ދުވަހުގެ 12:00 ގައެވެ.
  5. ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. (ދެދުވަސް ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑަށް އަގުއަރުވާ ގަޑިން ފެށިގެން 48 ގަޑިއިރު ވުމުންނެވެ.)
  6. ސިޓީލާ ނީލަމުގައިވާ އެއްޗެއްގެ ނީލަން ނިމިއްޖެނަމަ، އެކަން އެ ނީލަން ކާމިޔާބުކުރި ފަރާތަށް 24 ގަޑިއިރުތެރޭގައި ތިޔަ އިދާރާއިން އަންގަންވާނެއެވެ.
  7. އެއްފަރާތަށްވުރެ ގިނަ ފަރާތުން އެއްއަގެއް އެންމެމަތީ އަގެއް ގޮތުގައި ހުށަހަޅާފައިވާނަމަ އެދުވަހުގެ 12:00ގެ ކުރިން ފޯނުން އެފަރާތަކަށް އެންގޭނެއެވެ.
  8. ނީލަމުން ބޯޓު ނަގާ ފަރާތުން ނީލަން ނިމޭތާ 24 ގަޑިއިރު ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަންވާނެއެވެ. މިގޮތަށް ފައިސާ ދައްކާފައި ނުވާނަމަ އިންޒާރު ސިޓީއާއެކު އިތުރު 3 ދުވަހުގެ މުއްދަތެއް ފައިސާ ދެއްކުމަށް ނީލަން ކާމިޔާބު ކުރިފަރާތަކަށް ދެވޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުހެޅުއްވުމަށް ދަންނަވަމެވެ. ފެކްސް އަދި އީމެއިލްގެ ޒަރީޢާއިންވެސް އަގު ހުށަހެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6820020 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އުޅަނދު ބެއްލެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މިއިދާރާގެ، 6820020 ނުވަތަ 9992073 ނަންބަރު ފޯނަށެވެ.

                          16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ