މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96 /10)ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ކުންފުނިތަކެއްގައި ހަރަކާތްތެރިވާ ކުންފުނީގެ ސެކްރެޓަރީންނަށް ތިރީގައިވާ ކަންކަން ލާޒިމްކުރުން

  1. 1 ނޮވެންބަރު 2015 އިން ފެށިގެން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރާ ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި ދިވެއްސަކު އައްޔަންކުރުމަށާއި، ދިވެހިރާއްޖޭގައި މިހާތަނަށް ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވާ ހުރިހާ ކުންފުނިތަކަކުން 1 ޑިސެންބަރު 2015 ގެ ކުރިން ދިވެއްސަކު އައްޔަންކުރުމަށްފަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކުރުން.
  2. 1 ނޮވެންބަރު 2015 އިން ފެށިގެން 3 ކުންފުންޏަށްވުރެ ގިނަ ކުންފުނީގެ ސެކްރެޓަރީކަން ކުރާ ކޮންމެ ފަރުދެއްގެ ކިބައިގައި ތިރީގައިވާ ޝަރުޠުތަކުންކުރެ ޝަރުޠެއް ފުރިހަމަވުން.

     ހ. ލޯ ފާމެއް، އޮޑިޓް ނުވަތަ ބިޒްނަސް ކޮންސަލްޓަންސީ ފާމެއްގައި ފަންނީ މަސައްކަތެއް ކުރާ ފަރާތަކަށްވުން؛ ނުވަތަ

     ށ. ވިޔަފާރިއާގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށްވުން؛ ނުވަތަ

     ނ. ކުންފުނީގެ ސެކްރެޓަރީން ތަމްރީނުކުރުމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ހިންގާ ކޯސް ފުރިހަމަކޮށް، ސަނަދު ލިބިފައިވާ ފަރާތަކަށްވުން.

  ވީމާ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96 /10)ގެ ދަށުން ރަޖިސްޓަރީކުރާ ކުންފުނިތަކަށް ސެކްރެޓަރީން އައްޔަންކުރުމުގައި މަތީގައިވާ ގޮތަށް ޢަމަލުކުރުމަށް ދެންނެވީމެވެ. އަދި މިބަދަލާ ގުޅިގެން، ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު އިޞްލާޙުކުރުމަށްފަހު ގެޒެޓްކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

     15‏ މުޙައްރަމް‏ 1437

28 އޮކްޓޫބަރު 2015
ހޯދާ