މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޚިދުމަތަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނައުން

މިމިނިސްޓްރީގެ ކައުންޓަރުންދޭ ޚިދުމަތްތަކަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނެސް، 1 ނޮވެންބަރު 2015 އިން ފެށިގެން، ތިރީގައިވާ ގޮތަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

  1. ޓޯކަން ނަންބަރު ދޫކުރާ ގަޑި: ހެނދުނު 8:00 އިން 11:00 އަށް.
  2. ޓޯކަން ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި: ހެނދުނު 8.00 އިން މެންދުރު 2:00 އަށް.

މިގޮތަށް ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނެވުނުކަމުގައިވިޔަސް މިނިސްޓްރީގެ 'ކްލަޔަންޓް ޗަރޓަރ' އަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.   

‏15‏ މުޙައްރަމް‏ 1437

28 އޮކްޓޫބަރު 2015
ހޯދާ