ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ސްކޫލް ހެލްތު އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ވަޒީފާގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު

OD/22/2015/54-188

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

ދ. ރިނބުދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެކަޑަމިކް ސެކްޝަން، ދ. ރިނބުދޫ ސްކޫލް

އަތޮޅާއި ރަށް

ދ. ރިނބުދޫ

 

 

ފެންވަރު ނުވަތަ ޝަރުޠު

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

 

ވަޒީފާގެ މަސްއޫލިއްޔަތުތައް

1- މިނިސްޓްރީ އޮފް އެޑިޔުކެޝަނާއި، މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން، ކޮންމެ އަހަރަކު ސްކޫލްތަކުގައި ހިންގަވަން ހަމަޖެހިފައިވާ، ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިން އޭ ދިނުމުގެ ޕްރޮގްރާމް މި ސްކޫލުގައި ހިންގުން.

2- ހެލްތު ރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

3- ދަރިވަރުންގެ  ޞިއްޙީ  ހޭލުންތެރިކަމަށްޓަކައި  ސްކޫލާ  ގުޅިގެން  ތަފާތު  ޕްރޮގްރާމްތައް ރާވައިގެން، އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.

4- ހެލްތް ރޫމުގައި ދަރިވަރުންނަށް ފުރަތަމަ އެހީދިނުމަށް ޢާންމުކޮށް ބޭނުންކުރާ ހުރިހާ ސާމާނެއް ހަމައަށް ގެނައުން.

5- ކޮންމެ ދުވަހަކު ސެޝަނެއްގައި މަދުވެގެން ދެފަހަރު ތިރީގައިވާ ކަންތައްތައް ކުރުން.

  • ފާޚާނާތަކުގެ ސާފުތާހިރުކަން ބެލުން.
  • ފާޚާނާތަކުގައި ހުންނަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން. މިސާލު: ފްލެޝްޓޭންކް، އިސްކުރު.
  • ފެންބޯ އިސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަން ބެލުން.
  • ކޮރިޑޯތައް ޗެކްކުރުން.

6- ޞިއްޙީ ކަންކަމާބެހޭ ދުވަސްތައް ފާހަގަކުރުމުގައި ޚިޔާލުދީ އެހީތެރިވުން.

7- ޓާރމަކު އެއްފަހަރު، ކުދިންގެ އިސްކޮޅާއި ބަރުދަން ބެލައި، އެ ރެކޯޑްތައް ބެލެހެއްޓުން.

8- ކުދިންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތައް ހިންގުމާއި، ކުދިންނަށް މަޢުލޫމާތު ދިނުން.

9- ހެލްތު ރޫމަގެ އެނދުފޮތިތަކާއި ބާލީހު އުރަތައް، މަދުވެގެން ހަފުތާއަކު އެއްފަހަރު ބަދަލުކުރުން.

10- ހެލްތު ރޫމުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

11- ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމައަށް ބެހެއްޓުން.

12- ސްކޫލްތެރޭގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

13- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، ޢާއްމުގޮތެއްގައި ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ތަޢުލީމާއި ތަމްރީން

2- މަސައްކަތު ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް، މި ސްކޫލުގެ  އިދާރާއިން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓުން (www.csc.com.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މާޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި އީމެއިލާއި ފެކުހުގެ ޒަރީޢާއިން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ސުންގަޑި

މަޤާމަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 ނޮވެންބަރު 9 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، ބަޔާންކޮށްފައިވާ ލިޔުންތައް މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއުކުރުން

މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 10 ނޮވެންބަރު 2015 އާއި 16 ނޮވެންބަރު 2015 އާ ދެމެދުގައި ރިނބުދޫ ސްކޫލްގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 7952917 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ