މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިމިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރ އޮފީސް އިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވާތީ މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާބެހޭ ތަފުސީލު ތިރީގައި މިވަނީއެވެ.

  1. އޮފީސް އެޑްރެސް: /މަލްޓިޕާރޕަސް ބިލްޑިންގ 1 ވަނަ ފަންގިފިލާ،  ދ.ކުޑަހުވަދޫ
  2. މަސައްކަތްކުރަންޖެހޭ ގަޑިތައް: ހެނދުނު 08:00 ން މެންދުރު 12:00 އަށް (މަޝްވަރާ ކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާ ގޮތަށް ގަޑިތަށް ބަދަލުކުރެވިދާނެ)
  3. މަސައްކަތްކުރަންޖެހޭ ދުވަސްތައް: ހަފުތާއަކު ތިން ދުވަސް
  4. މަސައްކަތުގެ މުއްދަތު: މިއަންނަ އަހަރުގެ ނިޔަލަށް (31 ޑިސެންބަރު 2016)
  5. ކުރަންޖެހޭ މަސައްކަތް:

     - އޮފީސް ހުޅުވާ ގަޑިއަށް އައިސް އޮފީސްތެރެ ކުނިކަހައި ފޮޅައި ސާފުކުރުން

     - އޮފީސް ފާޚާނާ ސާފުކުރުން

     - ހަފުތާގެ ތިންދުވަހު އޮފީސްތެރޭގައި މޮޕްލުން

     - ކުނިވަށިގަނޑުތައް ހުސްކޮށް ކުނި އުކާލުން

     - ހަފުތާއަކު އެއްފަހަރު ބިއްލޫރިތައް ފުހެ ސާފުކުރުން

     - މަހަކު އެއްފަހަރު ފަންކާ ފުހެ، ފާރުތައް ފޮޅައި ސާފުކުރުން

އަގު ހުށަހެޅުން.

  1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.
  2. އަގު ހުށަހަޅާނީ ދުވާލަކަށްޖެހޭ އަގު އެނގޭގޮތަށް މަހަކަށް ވާ އަގެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑަށް މާކްސް ދެވެނީ ތިރީގައިވާ ގޮތަށެވެ.

އަގަށް

90

  • ހުށަހަޅާފައިވާ އަގަށް ދޭ މާކްސް

މާކްސް ދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

ތަޖުރިބާ

10

  • ކުރީގައި މިކަހަލަ މަސައްކަތާ ގުޅޭ މަސަކަތްކޮށްފައިވާނަމަ ގިނަ މާކްސް ލިބޭނެއެވެ.
  1. ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 12 ނޮވެންބަރު 2015 ގެ 12:00 އަށް ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރ

ދ.ކުޑަހުވަދޫ

ދިވެހިރާއްޖެ

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6760533 އަށް ގުޅުއްވުން އެދެމެވެ.

‏13‏ މުޙައްރަމް‏ 1437

27 އޮކްޓޫބަރު 2015
ހޯދާ