މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މ.ލޭންޑް އޮފް ގާރޑްން އެވެ ކިޔާ ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނައުމާބެހޭ

އިޢުލާން

މ.ލޭންޑް އޮފް ގާރޑްން އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނައުމާބެހޭ

މ.ލޭންޑް އޮފް ގާރޑަން އެވެ، ކިޔާ ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން ފާޠިމަތު ޒާހިދާގެ ބިން ސަރުކާރަށް ދޫކޮށްފައިވާތީ ސިވިލް ކޯޓުގެ ނަންބަރު 2290/Cv-C/2014 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާގޮތަށް ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނައުމަށްޓަކައި، މި އިދާރާއަށް ވަނީ ހުށަހަޅާފައިވެއެވެ. މިކަމާ ގުޅިގެން މި އިދާރާއަށް ބޭނުންވާ، މ.ލޭންޑް އޮފް ގާރޑަން އެވެ، ކިޔާ ގޯތީގެ ނަންބަރު، ބ.15279 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ ހުރިހާ އަޞްލު މި އިދާރާއަށް ލިބިފައިނުވާތީ، މި ރަޖިސްޓަރީއަށް ގެންނަންޖެހޭ ބަދަލު ގެނައުން ލަސްވަމުންދާތީ، މާލޭ  މުނިސިޕަލްޓީގެ ނަންބަރު 156/2009-C(A) އިޢުލާނުގައިވާ ގޮތުގެ މަތިން، މ.ލޭންޑް އޮފް ގާރޑަން އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.15279 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ އަސްލުތައް ބާޠިލުކޮށް، ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވާގޮތަށް މ.ލޭންޑް އޮފް ގާރޑަން އެވެ، ކިޔާ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަށް ބަދަލު ގެނެވޭނެކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 މުޙައްރަމް 1436

26 އޮގަސްޓް 2015
ހޯދާ