ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފީސް އެސިސްޓެންޓް

ވަޒީފާގެ ދާއިރާ:

އއ. ހިމަންދޫ އިންޖީނުގެ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސާއި އިތުރުގަޑީގެ ފައިސާ:  

މަހަކު -/4،900 ރުފިޔާއާއި -/8,500 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

1. ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛

2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި،

4. މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

އިންޖީނުގޭގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަރަންޓުގެ ޚިދުމަތްދެވޭ ތަންތަނުން ރީޑިންގ ނެގުމާއި، ބިލްހެދުމާއި، ބިލް ހަވާލުކުރުމާއި، ފައިސާ ބަލައިގަތުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

2015 ނޮވެންބަރު 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

ނޯޓު:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓްތަކާއި ވަޒީފާގެ ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދެވޭނެއެވެ.    

- މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.

- މި މަޤާމަށް އެދޭ ފަރާތްތަކުން، މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމް ނެގުމަށްފަހު، އެ ފޯމު ފުރިހަމަކޮށް، ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން  ތަނެއްގައި  ވަޒީފާ  އަދާކޮށްފައިވާނަމަ،  އަދާކުރި  ވަޒީފާއާއި  މަސްއޫލިއްޔަތު  އެނގޭނެ  ލިޔުން،  ސީ.ވީ،  އައި.ޑީ  ކާޑުގެ  ކޮޕީ، ވަޒީފާއަށްއެދޭ ފޯމާއެކު، މި ކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް ނުވަތަ އއ. ހިމަންދޫ އިންޖީނުގެއަށް 2015 ނޮވެންބަރު 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށްއެދޭ ފޯމު، މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިން ވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. 

- މި ކުންފުނިން ބޭނުންވެއްޖެނަމަ، މި އިޢުލާން ބާޠިލްކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3338236 ނަންބަރު ފޯނަށް ނުވަތަ 3338262 ނަންބަރު ފޯނަށެވެ.

8 މުޙައްރަމް 1437

21 އޮކްޓޫބަރު 2015
ހޯދާ