އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

އޮފީސް އެސިސްޓެންޓް (ދާއިމީ)

ރޭންކް

އެސް.އެސް 2

އަދަދު

01  (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/3470 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %25

- ސަރވިސް އެލަވަންސް: -/1000

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، SS1 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކޯޓު ހުޅުވައި ލެއްޕުމުގެ ތާވަލުގައިވާ ގޮތުގެ މަތިން ހުޅުވައިދިނުމާއި، ކޯޓު ބަންދުކުރަންޖެހޭ ގަޑިއަށް ކޯޓު ބަންދުކުރުން.

2- ކޯޓުން އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ލިޔުމާއި، އެކިއެކި ތަކެތި އެތަންތަނަށް ގެންގޮސް ރައްދުކޮށްދިނުން.

3- ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓުތައް އަމާނާތްތެރިކަމާއެކު ރައްދުކުރަންޖެހޭ ތާރީޚުގައި ރައްދުކުރަންޖެހޭ ގަޑިއަށް ރައްދުކޮށްދިނުން.

4- ކޯޓުގެ ބޭނުމަށް ކޯޓަށް ގެންނަންޖެހޭ ތަކެތި ގެނެސް ދިނުމާއި، ގެންދަންޖެހޭ ތަކެތި ގެންގޮސްދިނުމާއި، ސްޓޮކަށް ހޯދޭ ތަކެތި ސްޓޮކްގައި ރީތިކޮށް އަތުރައިދިނުމާއި، އޮފީހުގެ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ހާލަތްތަކުގައި އެތަކެތި ރައްކާތެރިކަމާއެކު ގެންގޮސްދިނުން.

5- ކޯޓުން ނިންމަވާ މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރަންޖެހޭ މީހުން ރައްކާތެރިކަމާއެކު ހަވާލުކޮށްދިނުން.

6- ކޯޓުގެ ވެހިކަލްތައް ސާފުކޮށް ރަނގަޅަށް ބެލެހެއްޓުން.

މަޤާމު

މަސައްކަތު (ދާއިމީ)

ރޭންކް

އެސް.އެސް 1

އަދަދު

01 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/3100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %25

- ސަރވިސް އެލަވަންސް: -/1000

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. އޮފީހުގެ އެތެރެއާއި ބޭރު ކުނިކަހައި ސާފުކުރުން.
  2. ފާޚާނާތައް ސާފުކުރުން.
  3. މުޅިއިމާރާތުގެ އެތެރޭގެ ހުރިހާ ކާޕެޓްތައް ސާފުކުރާއިރު އަދި މުށިޖަހާފައިވާ ސަރައްހައްދުގައި މޮޕް އަޅައި ދޮވެ ސާފުކުރުން.
  4. ކޯޓުގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައި ތައްޔާރުކުރުން.
  5. ސައިކޮޓަރީގައި ހިފާ ގެންގުޅޭ ހުރިހާ ތަކެއްޗެއް ސާފުތާހިރުކޮށް ބެލެހެއްޓުން. މިނޫނަސް އޮފީހުގެ މޭޒުތައްމަތީ ގެންގުޅޭ ތަށިފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ ސާފުކުރުން.
  6. އޮފީހުގެ ވެރިންގެ ކޮޓަރިކޮޅަށް ބޯފެން ގެންގޮސްދިނުން.
  7. ސައިތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، މިނޫނަސް އޮފީހުން ޚަރަދުކޮށް ގަންނަންޖެހޭ ތަކެތި ގަނެދިނުމުގައި އެހީތެރިވުން.
  8. އޮފީހުން އަންގާ ގޮތެއްގެ މަތީން ނުރަސްމީގަޑީގައި އޮފީސް ބެލެހެއްޓުމަށްޓަކައި ޑިއުޓީއަށް ހާޒިރުވުން. 
  9. ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓުތައް އަމާނާތްތެރިކަމާއެކު ރައްދުކުރަންޖެހޭ ތާރީޚުގައި ރައްދުކުރަންޖެހޭ ގަޑިއަށް ރައްދުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

6- އޮފީސް އެސިސްޓެންޓުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ A0,A1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސްންސްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

ސުންގަޑި

 

29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންތައް.

  • މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން އިންޓަރވިއުގައި، ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން ސާބިތުކޮށްދެވޭނެ މިންވަރެއްގެ މައްޗަށް އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތްތަކަށާއި ސ.ހުޅުދޫގައި ދިރިއުޅޭ ފަރާތްތަކަށް.

އިތުރު މަޢުލޫމާތު

  • މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
21 އޮކްޓޫބަރު 2015
ހޯދާ