އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޕެރަލީގަލް

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕެރަލީގަލް (އެމް. އެސް. 1)

ބޭނުންވާ އަދަދު:

1 (އެކެއް)

ޔުނިޓް / ސެކްޝަން:

ލީގަލް ސަރވިސް ޔުނިޓް

ބޭސިކް މުސާރަ:

މަހަކު 5610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު 2000.00 (ދެހާސް ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

އޯވަރ ޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.    

ވަޒީފާގެ ބާވަތާއި މުއްދަތު:

ކޮންޓްރެކްޓް 1 (އެކެއް) އަހަރު ދުވަސް (މުވައްޒަފުގެ ޚިިދުމަތް ކޮމިޝަނަށް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީ ގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ، މަސައްކަތް ކުރާގޮތަށް.

 

ފެންވަރު ނުވަތަ ޝަރުޠު:

1- ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

2- އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

3- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

 

އެހެނިހެން ޝަރުޠު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ޤާބިލްކަން ހުރުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށް ދެވޭ މީހެއްކަމުގައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮމިޝަނުން އެކިއެކި ފަރާތްތަކާއެކު ކުރެވޭ އެގްރީމެންޓްތަކާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ރެކޯޑުތައް ބެލެހެއްޓުން.

- ކޮމިޝަނާ ގުޅުންހުރި ޤާނޫނުތައް ތަޞްދީޤުކުރުމަށްޓަކައި ކުރެވޭ އިދާރީ މަސައްކަތްތައް ކުރުމާއި، ކޮމިޝަނުގެ މައްޗަށް ޝަރުޢީ ކޯޓުތަކުގައި ކުރެވޭ ދަޢުވާއާއި ކޮމިޝަނުން ޝަރުޢީ ކޯޓުތަކުގައި ކުރާ ދަޢުވާއާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

- ކޮމިޝަނަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާބެހޭ އިދާރީ މަސައްކަތްތައް ކުރުން.

- އިންތިޚާބުތަކާ ގުޅިގެން ކޮމިޝަނުގެ ލީގަލް އެފެއާޒް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ. (ޖީ. ސީ. އީ. އޭލެވެލް، ޖީ. ސީ. އީ. އޯ ލެވެލް، އެސް. އެސް. ސީ.، އެޗް. އެސް. އެސް. ސީ. ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.)

- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ.

- ވަޒީފާގައި އުޅޭނަމަ ނުވަތަ އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 8 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

އިތުރު މަޢުލޫމާތު:

- ފޯމު  ބަލައިގަތުމަށްފަހު،  ސައްޙަ  ނޫން  މަޢުލޫމާތެއް  ހިމަނާފައިވާކަން  ނުވަތަ  ޝަރުޠު  ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާާާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލިބިފައިވާ މާކުހުގެ ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން  މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

8 މުޙައްރަމް 1436

21 އޮކްޓޫބަރު 2015
ހޯދާ