މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުމާ ބެހޭ

އިޢުލާން

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާފްލެޓްތައް ދޫކުރުމާ ބެހޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 15 ފްލެޓަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން، އެންމެ މަތިން މާކްސް ލިބިގެން ޝޯޓްލިސްޓް ކުރެވިފައިވާ 15 ފަރާތުގެ މަޢުލޫމާތު އާންމުކޮށް، ކޮށްފައިވާ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކުގެ ޞައްޙަކަން ބަލައި، ކުރިން ޝޯޓްލިސްޓް ކުރެވުނު ފަރާތްތައް ބާޠިލުކޮށް، މި ފްލެޓްތަކަށް އެދި ކުރިމަތިލެއްވި ހުރިހާ ފަރާތްތަކުގެ ހޯމް އެސަސްމަންޓް ހެދުމަށްފަހު، އެ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބިފައިވާ 15 ފަރާތުގެ މަޢުލޫމާތު އާންމުކޮށް އިޢުލާން ކުރީމެވެ.

ވީމާ، މި ފްލެޓްތަކަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަށް 27 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން ޝަކުވާއެއް ހުށަހަޅުއްވާ ނަމަ 04 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މި މިނިސްޓްރީއަށް (ގ.ބިއްލޫރިޖެހިގެއަށް) ފޯމު ހުށަހެޅުއްވުން އެދެމެވެ. ޝަކުވާގެ ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި، މިނިސްޓްރީގެ ވެބްސައިޓް (www.mlg.gov.mv) ލިބި ވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3013017 ނަންބަރު ފޯނުން މި މިނިސްޓްރީގެ ޑިސެބިލިޓީ ޑިވިޝަނާ ގުޅުއްވުން އެދެމެވެ. 

26 އޮކްޓޫބަރު 2015
ހޯދާ