މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ލޯންޗް، މަތިފަޅު ގައި އަޅާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން.

މިއިދާރާގެ ލޯންޗް "މަތިފަޅު" ގައި އަޅާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. 

އިންޖީނުގެ މަޢުލޫމާތު.

  1. 2 އިންޖީނު ޔަމަހާ އައުޓްބޯޑު 200 ހޯސްޕަވަރ 4 ސްޓްރޯކް
  2. އެޅިފަހުން ވީ މުއްދަތު: 7 އަހަރު
  3. އިންޖީނު އޯވަހޯލް ކުރި ތާރީޚު: 10 ޖޫން 2012
  4. އޯވަހޯލަށް ފަހު ބޭނުން ކުރި މުއްދަތު: 880 ގަޑިއިރު
  5. މިހާރުގެ ހާލަތު ނުދުއްވާތާ 1 އަހަރު ވުމުގެ ސަބަބުން ސްޓާޓްކުރަން ދަތިވުމާއި، ސްޕީޑް ނުލިބުން.
  6. 2 އިންޖީނު ހުންނާނީ އެމް. ޓީ. ސީ. ސީ ތިލަފުށީ ސައިޓުގައެވެ. އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އެސައިޓަށް ވަޑައިގެން 7612483 އަށް ގުޅުއްވުމުން ބެއްލެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. 

ފެށޭއަގު:

2 އިންޖީނުގެ ނީލަން ފެށޭއަގަކީ 100،000.00 (އެއްލައްކަ) ރުފިޔާ އެވެ. އަގަށް އިތުރު ކުރެވޭނީ މަދުވެގެން 5،000.00 (ފަސްހާސް) ރުފިޔާ.

ނީލަން ފަށާ ތާރީޚު: 22 އޮކްޓޫބަރު 2015  ނިންމާ ތާރީޚު: 29 އޮކްޓޫބަރު 2015 ދުވަހުގެ ރޭ 00:00 އައެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިނީލަން ކިއުމަށް ތައްޔާރު ކުރެވިފައިވާ "ނީލަންކިއުމުގެ އުސޫލު" ގައިވާ ގޮތުގެމަތިން ނީލަމުގައި ބައިވެރިވެލައްވަމުން ގެންދެވުން އެދެމެވެ.

މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ކިއުމުގެ އުސޫލުގައިވާ ނަމޫނާ ސިޓީއާ އެއްގޮތަށް ސިޓީލިޔުއްވައި ފޮނުއްވާނީ މިއިދާރާގެ އީމެއިލް: [email protected] އަށް ނުވަތަ މިއިދާރާގެ 6720017 ނަންބަރު ފެކްސް އަށެވެ.

ނީލަން ކިއުމުގެ އުސޫލު މިއިދާރާގެ ވެބްސައިޓް www.meem.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

ހުށަހަޅުއްވާ އަގުތައް ޢާންމުކުރުން

ނީލަމަށް ހުށަހަޅަމުންދާ އަގުތައް ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެމަތިން މިއިދާރާގެ ވެބްސައިޓް: www.meem.gov.mv ގައި ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާފައިވާ އެންމެ މަތީއަގު ފެންނާނެހެން ޝާއިޢު ކުރެވިފައި ހުންނާނެއެވެ.

ނީލަން ނިންމަން ކަނޑައަޅާފައިވާ ތާރީޚުގައި ހުށަހަޅުއްވާފައިވާ އެންމެމަތީ އަގަކީ އެކަށީގެންވާ އަގެއްނަމަ އެއަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

                           7 މުޙައްރަމް 1437  

20 އޮކްޓޫބަރު 2015
ހޯދާ