މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބެކްސްޓަރ މަރުކާގެ އައި ވީ ފުލުއިޑް ބޭން ކުރުން

ރާއްޖޭގައި މިވަގުތު ބޭނުން ކުރަމުންދާ ބެކްސްޓަރ މަރުކާގެ އައި ވީ ފުލުއިޑް ތަކުގައި އެތިކޮޅުތަކެއް ހުރިކަން 3 ފަހަރެއްގެ މަތިން ވަނީ ފާހަގަކުރެވިފައެވެ.

އައި ވީ ގެ ބާވަތްތަކަކީ ވަކި ޚާއްޞަ ގޮތެއްގައި ތައްޔާރު ކުރެވިފައިވާ ބާވަތެއް ކަމުން އޭގައި އެއްވެސްކަހަލަ އިތުރުއެއްޗެއް އޮތުމަކީ އޭގެ ރައްކާތެރިކަމާއި ފެންވަރާމެދު ސުވާލު އުފެދޭކަމަކަށްވާތީ، މިފަދަބާވަތްތައް އެކުލެވޭ އައި ވީ ބޭނުންކުރުމަކީ ބަލިމީހާގެ ފުރާނައަށް ގެއްލުންވާފަދަ ކަމެކެވެ.

ވީމާ، ބެކްސްޓަރ ކުންފުނީގެ އައި ވީ ފުލުއިޑްސް ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުން މިއަދުން ފެށިގެން ބޭން ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 ވީމާ، ބޭސްފިހާރަތަކާއި ހޮސްޕިޓަލްތައް އަދި ކްލިނިކްތަކާއި އާންމު އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

3  ރަމަޟާން  1434

11 ޖުލައި 2013
ހޯދާ