މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ފާރމަސޫޓިކަލް އެލާރޓް

ރާއްޖޭގައި މިވަގުތު ބޭނުން ކުރަމުންދާ ބެކްސްޓަރ މަރުކާގެ ޑެކްސްޓްރޯޒް ނޯމަލް ސެލައިން ގައި އެތިކޮޅުތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މިކަން ތިން ފަހަރެއްގެ މަތިންވަނީ ތަކުރާރުވެފައެވެ. މިކަން މިއޮތޯރިޓީގެ ފަރާތުން މިހާރު ގެންދަނީ އިންވެސްޓިގޭޓް ކުރަމުންނެވެ. މިގޮތުން  އައިވީ ފުލުއިޑްސް ބޭނުންކުރާ ތަންތަނާއި، ގުދަންތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް  ގެންދަނީ ކުރެވެމުންނެވެ.

 އައިވީގެބާވަތްތަކަކީ ވަކިޚާއްޞަގޮތެއްގައި ތައްޔާރު ކުރެވިފައިވާ ބާވަތެއް ކަމުން އޭގައި އެއްވެސްކަހަލަ އިތުރުއެއްޗެއް އޮތުމަކީ އޭގެ ރައްކާތެރިކަމާއި ފެންވަރާމެދު ސުވާލު އުފެދޭކަމަކަށްވާތީ، މިފަދަބާވަތްތައް އެކުލެވޭ އައިވީ ބޭނުންކުރުމަކީ ބަލިމީހާގެ ފުރާނައަށް ގެއްލުންވާފަދަ ކަމެކެވެ.

ވީމާ، ބެކްސްޓަރ ކުންފުނީގެ އައިވީ ފުލުއިޑްސް ބޭނުން ކުރެއްވުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވެ ވަޑައިގަތުމަށް ދެންނެވީމެވެ. އަދި މިފަދަ އައި ވީ ފުޅިއެއް ފެނިވަޑައިގެންފިނަމަ ބޭނުން ނުކުރައްވައި މިއޮތޯރިޓީއާ ހަވާލު ކުރެއްވުން އެދެމެވެ.

ވީމާ، ބޭސްފިހާރަތަކާއި ހޮސްޕިޓަލްތައް އަދި ކްލިނިކްތަކާއި އާންމު އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

 3  ރަމަޟާން  1434

11 ޖުލައި 2013
ހޯދާ