ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

 

މަޤާމް: ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: MS2

އަސާސީ މުސާރަ: -/6،295 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 

 

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
  • އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލްކޮށްފައިވުމާއެކު،  މަޤާމާ  ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  5  ގެ  ސަނަދެއް  ހާސިލްކޮށްފައިވުމާއެކު،  މަޤާމާ  ގުޅޭ ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތު  ތަޖުރިބާ  ހުރުން.  ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

  • ލޯކަލް ގަވަރމަންޓް އޮތޯރިޓީން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ އެކި އެކި މަޝްރޫޢުތަކުގެ މަސައްކަތްތައް ސެކްޝަން ހެޑުގެ އިރުޝާދުގެ ދަށުންކޮށް ބެލެހެއްޓުން.
  • މީހުން ބިނާކުރުމާއި އިޖުތިމާޢީ މަޝްރޫޢުތަކަށް އެކުލަވައިލެވޭ ޕްރޮޖެކްޓްތައް އެކުލަވައިލުމުގެ މަސައްކަތްކުރުން.
  • ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  • ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ބަލައި ވަޒަންކުރުން.
  • ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަޒަންކުރުމަށްފަހު ލިބޭ މަޢުލޫމާތުގެ އަލީގައި ގެންނަންޖެހޭ ފަންނީ ބަދަލުތައް ގެނައުމަށް ލަފާދިނުން.
  • ޕްރޮޖެކްޓްތަކާ ގުޅިގެން ދޭންޖެހޭ ތަމްރީންތަކަށް ބޭނުންވާ ޢިލްމީ ކަރުދާހާއި ފަންނީ ކަރުދާސް ތައްޔާރުކުރުން.
  • ބީއޯކިއު ހެދުމާއި، ކުރެހުންތައް ހުންނަނީ ފަންނީ މިންގަނޑުތަކާއި ޤާނޫނީ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން.

 

އުޖޫރަޔާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ) ދެވޭނެއެވެ. 

 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތައް،
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
  • ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
  • ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެވެ.

 

މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ކުލެސިފިކޭޝަން: MS1

އަސާސީ މުސާރަ: -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • އޮފީހަށް / ޝެކްޝަނަށް އަންނަ ލިޔުންތަކާއި ސިޓީއާއި، އީ.މެއިލް ފަދަތަކެތި އެންޓްރީކުރުވައި، އެތަކެތީގެ ތެރެއިން ސެކްޝަނުން ފިޅަވަޅުއަޅައި ޖަވާބުދޭންޖެހޭ ސިޓީއާއި ފެކްސްފަދަ ތަކެއްޗަށް ޖަވާބުދިނުން.
  • ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ޕްރޮކިއުމަންޓް މަސައްކަތްތަކުގައި އެހީތެރިވުން.
  • ހެދިފައިވާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  • ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅޭ ޑާޓާ ބޭސް އެކުލަވާލައި ބެލެހެއްޓުމާއި، އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ބެލެހެއްޓުން.
  • މިނޫންވެސް، އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުންހުރި ރަސްމީ މަސައްކަތްތައް ކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)  ލިބޭނެއެވެ. 

 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތައް،
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
  • ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
  • ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް،
  • ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 2 (އެކެއް)

ކުލެސިފިކޭޝަން: GS4

އަސާސީ މުސާރަ: -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: -/1،500 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

މަޤާމުގެ ޝަރުޠުތައް:

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  •  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި  ދިވެހި  މި  މާއްދާއިން  ދަށްވެގެން  "ސީ"  ގްރޭޑް  ލިބިފައިވުމާއެކު،  މަޤާމާ  ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މި އޮތޯރިޓީގެ އިދާރީ މަސައްކަތްތައް ކުރުން.
  • އޮފީހަށް އަންނަ ފޯން ކޯލާއި، ސިޓީއާއި، ފެކުހާއި، އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅުއަޅައި ޖަވާބުދޭންޖެހޭ ސިޓީއާއި ފެކްސް ފަދަ ތަކެއްޗަށް ޖަވާބުދިނުން.
  • އޮފީސް ހުޅުވައި ލެއްޕުން.
  • އޮފީހުން ހަވާލުކުރާ އެހެނިހެން  ރަސްމީ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  •  ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)  ލިބޭނެއެވެ. 

 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތައް،
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތައް،
  • ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް،
  • ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ، ނުވަތަ މަތީ ތަޢުލީމް ހާސިލްކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާގޮތް އެނގޭފަދަ ރަސްމީ ލިޔުމެއް.
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

ސުންގަޑި:

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު، 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އެޓޯލް ޕޯސްޓް ބިލްޑިންގ، ފުރަތަމަ ފްލޯއިން) ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ 3006724 ނަންބަރު ފޯނުންނާއި،  3013124 ނަންބަރު ފޯނުން ސާފުވާނެއެވެ.

22 ޛުލްޙިއްޖާ 1436

06 އޮކްޓޫބަރު 2015
ހޯދާ