ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް - 2015

މިއެސޯސިއޭޝަންގެ ފަރާތުން ރާވައި އިންތިޒާމުކޮށްގެން ބާއްވާ "ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް - 2015" މިއަންނަ ނޮވެންބަރުމަހުގެ 3 ވަަނަދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން އެދޭ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ ކްލަބް، ޖަމްޢިއްޔާތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދި 18 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7776783 އަށް ގުޅުއްވުން އެދެމެވެ.

07 އޮކްޓޫބަރު 2015
ހޯދާ