ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:  

މި އިދާރާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކުލެސިފިކޭސަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ދަރަނބޫދޫ ކައުންސިލް އިދާރާ / ކޯޕަރޭޓް އެފެއާޒް ޔުނިޓް

 

 

ތަޢުލީމާއި ތަޖުރިބާ:

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަންގެ ދާއިރާ ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަ ސެކަންޑްރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

މައިގަނޑު މަސައްކަތް

  1. ކުލަބު ޖަމްޢިއްޔާތަކާއި ކޮމެޓީތަކާ ގުޅޭ ކަންތައްތަކުގައި އެހީތެރިވުން.
  2. ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށް ބަލަހައްޓަންޖެހޭ ކޮންފަރެންސްތަކާއި، އެކިއެކި ބައްދަލުވުންތަކާއި، ފާހަގަކުރަންޖެހޭ ދުވަސްތަކާގުޅޭ މަސައްކަތް ކުރުން.
  3. ރަށަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާއި ވަފުދުތަކުގެ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުން.
  4. ކައުންސިލުން ހަދާ ޤަވާޢިދުތައް ލިޔެ ބެލެހެއްޓުން.
  5. ކައުންސިލްގެ ޖަލްސާތަކާއި ބައްދަލުވުންތަކުގެ ލިޔެކިއުން ފުރިހަމަކޮށް ބެލެހެއްޓުން.
  6. އެކިއެކި އިންތިޚާބުތަކާއި ބޯހިމެނުމާބެހޭ ކަންތައްތަކުގެ ލިޔެކިއުން ބެލެހެއްޓުން.
  7. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ސަރުކާރުންދޭ އެކިއެކި އެހީތައް ލިބެންޖެހޭ މީހުންގެ ކަންތައްތައް ބެލެހެއްޓުން.
  8. ކައުންސިލް އިދާރާއާއި ރަށްވެހިގެއާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި، ގޯތިތެރޭގައި ގަސްއިންދައި ބެލެހެއްޓުން.
  9. ހަމަޖެހިފައިވާ އުޞޫލުން ކައުންސިލް އިދާރާ ހުޅުވައި ލެއްޕުން.
  10. މަޤާމުގެ މަސައްކަތާ ގުޅުންހުރި ލިޔުންތަކާއި ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި، ފައިލުކޮށް ބެލެހެއްޓުން.
  11. ވަޒީފާ ބަޔާނުގައި ހިމެނިފައިވާ ކަންތައްތަކުގެ އިތުރުންވެސް، އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި:

2015  އޮކްޓޫބަރު  18  ވަނަ  ދުވަހުގެ  14.00  ގެ  ކުރިން،  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް ފުރިހަމަކުރުމަށްފަހު، ފ. ދަރަނބޫދޫ ކައުންސިލް އިދާރާއަށް.

އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 އޮކްޓޫބަރު 19 އާއި 20 އާ ދެމެދު ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާގައެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންސަން ފައިސާ.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި، ދަތުރު އެލަވަންސް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (ފޯމް، ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި، މި އިދާރާގެ ވެބުސައިޓް: www.dharanboodhoo.gov.mv އިން ލިބެން ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިއުން.

5. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެހެނިހެން ކަންތައްތައް

* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

* ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 6740015 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740597 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

16 ޛުލްޙިއްޖާ 1436

30 ސެޕްޓެންބަރު 2015
ހޯދާ