ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ތިރީގައި މިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ:

މަޤާމް:     

އޮފީސް އެސިސްޓެންޓް

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭނުންވާ އަދަދު:

1  (އެކެއް)

ރޭންކް:                

SS 2

މަޤާމުގެ  ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު،   SS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އިންޓަރވިއުގައި ސާބިތުކޮށްދޭންޖެހޭ ޤާބިލްކަން

މި މަޤާމުގައި ސިޓީއާއި ތަކެތި ބެހުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން "ހާޒިރުވުމުގެ އަމުރު" ތަފާތު ފަރާތްތަކަށް ތަފާތު ގަޑިތަކުގައި ރައްދުކުރަންޖެހުމާއި، އޮފީހުގެ މެއިންޓަނަންސާއި ބެލެހެއްޓުމުގެ ކަންކަމުގައި އެހީތެރިވާންޖެހޭ މަޤާމެއްކަމުން ތިރީގައިވާ ސިފަތަކާއި ގާބިލްކަން ހުރިތޯ ވަޒަންކުރެވޭނެއެވެ.

  1. ތަފާތު މީހުންނާ ތަފާތު ޙާލަތްތަކުގައި މުޢާމަލާތްކުރުމުގެ ހުނަރު ހުރުން.
  2. ކެރުމާއި، އަމިއްލަ ނަފްސަށް އިތުބާރުކުރާ މިންވަރު.
  3. އުސްތަންތަނަށް އަރައި އުޅެވޭފަދަ ޙަރަކާތްތެރި މީހެއްކަމަށް ސާބިތުކޮށްދިނުން.
  4. ނުރަސްމީގަޑީގައްޔާއި ބަންދުދުވަސްތަކުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
  5. ހުޅުމާލެއަށާއި ވިލިގިއްޔަށާއި، ތިލަފުށި ފަދަ ތަންތަނަށް ރަސްމީ ގަޑީގައްޔާއި ނުރަސްމީ ގަޑީގައި ލިޔުންތައް ހަވާލުކުރަން ގޮސްއުޅެވޭނެ ފަދަ މީހަކަށްވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ސިޓީއާއި ނޯޓާއި، ޗިޓާއި، އެހެނިހެން ލިޔެކިޔުންތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  2.  ފޮޅައި ސާފުކުރުމުގައި އެހީތެރިވެދިނުމާއި، އޮފީހުގެ ދޫލައަޅާފައިވާ ތަންތަން ވެކިއުމް ކުރުން.
  3. އޮފީހުގެ ބޭނުމަށް ހޯދާ ތަކެތި އޮފީހަށް ގެނައުމާއި، އޮފީހުގައި ބޭނުންކުރާ ތަކެއްޗަށް މައްސަލައެއްދިމާވެގެން އެ އެއްޗެއް މަރާމާތުކުރާ ތަނަކަށް ގެންދިޔުމަށާއި، އެތަކެތި އަނބުރާ އޮފީހަށް ގެނައުން.
  4. އޮފީހުގެ ފަރުނީޗަރުތަކާއި އިކުއިޕްމަންޓްސް އެއްތަނުން އަނެއްތަނަށް (ސިޑިންމައްޗަށާއި ތިރިއަށް) ބަދަލުކުރާއިރު މި ތަކެތި އުފުލުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  5. އޮފީހުގެ ދިދައާއި، ޤައުމީދިދަ ނެގުމާއި، ތިރިކުރުމާއި، ބަދަލުކުރުން.
  6. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެ މަސައްކަތެއްކުރުން.
  7. މީގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ނުރަސްމީ ގަޑީގައި ވެސް ވެރިން އަންގަވާ ރަސްމީ މަސައްކަތް ކުރުން.

މުސާރަ:

-/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް: 

ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/ 1000 ރުފިޔާ (އެއްހާސް ރުފިޔާ) އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %45 އާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  7. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން.
  8. ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރާނެކަމުގެ ލިޔުން.

ސުންގަޑި: 19 އޮކްޓޫބަރު 2015 ގެ 13.00

ނޯޓު: މަތީގައިވާ މަޤާމްތަކަށް އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                 19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015
ހޯދާ