މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ޕްރޮޖެކްޓް ކޯޑިނޭޓަރ

މުއްދަތު

 2 އަހަރު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 3

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/15,000 ރުފިޔާ

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް /ކްލައިމެޓް ކްލީން އެއަރކޯލިޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ކެމިކަލްސް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ކެމިކަލްސް ނުވަތަ ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ކެމިކަލްސް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. ކެމިކަލްސް ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދިވެހިރާއްޖޭއިން ބައިވެރވެފައިވާ 'ކްލައިމެޓް ކްލީން އެއަރކޯލިޝަން'ގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުން
  2. 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' މިޓިގޭޓް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
  3. ކޯލިޝަންގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ވާރކްޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމުގައި އެހެން ޑިޕާޓްމަންޓްތަކާއި ސަރުކާރުގެ އޮފީސްތަކާއި، އެން.ޖީ.އޯތަކާއި އަދި އެހެނިހެން ދާއިރާތަކާއެކު މަސައްކަތްކޮށް، އެމީހުން ބައިވެރިވުން އިތުރުކޮށް މަސައްކަތްތައް ވިލަރެސް ކުރުން.
  4. ޕްރޮޖެކްޓްތަކުގެ ރިސޯސަސްތައް މެނޭޖްކުރުން
  5. 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭގޮތުން އެޑްވައިޒަރީ ކޮމިޓީއެއް އުފެއްދުން.
  6. ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ބޭނުންވާ ނެޝަނަލް އެކްސްޕާޓުން/ކޮންސަލްޓެންޓުން ހޯދުމުގެ މަސައްކަތްތައް ކުރުން
  7. ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ކަމާބެހޭ ދާއިރާތަކާއި ހިއްސާކުރުމަށްޓަކައި ބޭނުންވާ މަސައްކަތްތައް ކުރުން.
  8. 'ކްލައިމެޓް ކްލީން އެއަރކޯލިޝަން' ގެ އެކި އިނީޝިއޭޓިވްތަކުގައި ބައިވެރވުމުގެ މަސައްކަތްތަކާއި އެކި ޕްރޮޖެކްޓް ޕްރޮޕޯޒަލްތައް ކަމާގުޅޭ ދާއިރާތަކާ ގުޅިގެން ކުރިއަށް ގެންދިއުން.
  9. 'ކްލައިމެޓް ކްލީން އެއަރކޯލިޝަން' ގެ ސެކްރެޓޭރިއެޓާއި ލީޑް ޕާޓްނަރސްއާއެކު އެކިއެކި އިނީޝިއޭޓްތަކާއެކު މަސައްކަތްކުރުން
  10. 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރުން
  11. 'ކްލައިމެޓް ކްލީން އެއަރކޯލިޝަން' ޔުނިޓްގެ އެންމެހާ ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ކެމިކަލްސް ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައި ހުރި މިންވަރު.
  2. ތިމާވެށީގެ އެކި ދާއިރާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައި ހުރި މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  •   ސުންގަޑި: 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  •   އިންޓަރވިއު އާއި އިމްތިޙާން ކުރުން 20 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

24 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015
ހޯދާ