މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ  

މުއްދަތު

 2 އަހަރު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/9,000 ރުފިޔާ

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް / ކްލައިމެޓް އެންޑް ކްލީން އެއަރ ކޯލިޝަން ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭ ޕްރޮޖްކްޓްތައް ހިންގުމުގައި އެހީތެރިވުން.
  2. 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ވާރކްޝޮޕްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތައް އަދި ސެމިނަރތައް އޯގަނައިޒްކުރުން.
  3. 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާއި ސާރވޭތައް ކުރިއަށް ގެންދިއުން
  4. 'ޝޯރޓް ލިވްޑް ކްލައިމެޓް ޕޮލިޓަންޓްސް' އާ ގުޅޭ ޑާޓާ ކަލެޓްކޮށް ބެލެހެއްޓުން
  5. ހޭލުންތެރިކުރުމުގެ މެޓީރިއަލްސް ތައްޔާރުކުރުން.
  6. ޕްރޮޖެކްޓްތަކުގެ ރިކޯޑްސް ބެލެހެއްޓުން
  7. ޕްރޮޖެކްޓްތަކުގެ އަދި ކްލައިމެޓް އެންޑް ކްލީން އެއަރކޯލިޝަން ޔުނިޓްގެ ލޮޖިސްޓިކް މަސައްކަތްތައް ކުރުން
  8. އިންޓަރނޭޝަނަލް އަދި ނޭޝަނަލް ކޮންސަލްޓެންޓުންގެ ދަތުރުތަކުގެ ކަންތައްތަކަށް އެހީތެރވުން.
  9. ކްލައިމެޓް އެންޑް ކްލީން އެއަރކޯލިޝަން ޔުނިޓުން ކުރާ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން.
  10. ޔުނިޓުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަންތްލީ ރިޕޯޓު ތައްޔާރުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018366 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ވާރކްޝޮޕް ސެމިނަރ ފަދަ ކަންތައްތައް އޯގަނައިޒްކުރުމުގެ ތަޖުރިބާ ލިބިފައިހުރި މިންވަރު
  2. ގްރޫޕެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  •   ސުންގަޑި: 19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  •   އިންޓަރވިއު އާއި އިމްތިޙާނުކުރުން 20 އޮކްޓޫބަރު 2015 އާއި 10 ނޮވެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

22 ޛުލްޙިއްޖާ 1436

06 އޮކްޓޫބަރު 2015
ހޯދާ