އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި، ކުނިކޮށީގައި ފެންސް ޖެހުމާގުޅޭ

އއ. މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި ކުނިކޮށީގައި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި "އއ. މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި ކުނިކޮށީގައި ފެންސް ޖެހުމަށް އެދި" މިހެން ލިޔެފައެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.  

21 ޛުލްޙިއްޖާ 1436               

05 އޮކްޓޫބަރު 2015
ހޯދާ