މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މެރިޓައިމް ލޭބަރ ކޮންވެންޝަނާބެހޭ ޤާނޫނު ދިވެހިބަހަށް ތަރުޖަމާ ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ ބޭނުމަށް "GUIDANCE ON IMPLEMENTING THE MARITIME LABOUR CONVENTION" (މެރިޓައިމް ލޭބަރ ކޮންވެންޝަނާ ބެހޭ ޤާނޫނު) ދިވެހިބަހަށް ތަރުޖަމާކުރުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު އިޢުލާން IUL)202-A/1/2015/110)ފ(14 ސެޕްޓެންބަރު 2015) އަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށެހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

20 ޛުލްޙިއްޖާ 1436

04 އޮކްޓޫބަރު 2015
ހޯދާ