އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ރ. ކިނޮޅަހު ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި މަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމުގެ ނަން:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު: 01 (އެކެއް)

ރޭންކް:

ޖީ. އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ

ޑިވިޝަން/ ސެކްޝަން:

ކިއުރެޓިވް ސެކްޝަން

މަޤަމުގެ ގިންތި

ދާއިމީ

މަޤާމު އޮތް ތަން

ރ.ކިނޮޅަހު ޞިއްޙީ މަރުކަޒް

އިތުރު އިނާޔަތްތައް:

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓަރީ ކުރުމާއި ނަންބަރު ދޫކުރުން.
  2. ބަލިމީހުންގެ ފަރާތުން މަރުކަޒުގެ އޮފީހަށް ބޭނުންވާ މަޢުލޫމާތު ލިޔެ ބެލެހެއްޓުން.
  3. ޚިދުމަތަށް އެދި އަންނަ މީހުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.
  4. އެކިއެކި ބޭނުންތަކުގައި މަރުކަޒަށް ޒިޔާރަތްކުރާ މީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއެކު ވާހަކަދައްކައި ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދިނުން.
  5. ބަލިމީހުންގެ ރެކޯޑްސްތައް ކޮމްޕިއުޓަރަށް ނެގުމަށް އެހީތެރިވެދިނުން.
  6. ކްލިނިކަލް އެސިސްޓެންޓް ނެތިއްޖެ ޙާލަތެއްގައި ތަރުޖަމާކުރުން.
  7. މަރުކަޒުގެ އާންމު އުސޫލުތަކާއި ގަވާއިދުތަކަށް އާންމުން އިޙުތިރާމް ކުރުމަށް ބާރުއަޅައި އެކަން އެގޮތުގައި ދެމެހެއްޓުމަށް ބާރުއެޅުން.
  8. މަރުކަޒުގެ އޯ.ޕީ.ޑީ އޭރިޔާގައި ޚިދުމަތްދެވޭ ބަލިމީހުންގެ ފައިލުތައް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ބެލެހެއްޓުން.
  9. ކޭޝިއަރ، ކްލިނިކަލް އެސިސްޓެންޓަށް ޚިދުމަތްދޭ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް އެހީތެރިވުން.
  10. ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތަށް ފައިސާ ބަލައިގަތުން.
  11. ބަލިމީހުންގެ ސިއްރު ހިފެހެއްޓުން.
  12. އާސަންދަ ޕްރޮގްރާމާބެހޭ އެންމެހައި މަޢުލޫމާތު ދުވަހުން ދުވަހަށް ހޯދައި އެކަންތައްތައް ބަލިމީހުންނަށް އޮޅުންފިލުވައިދިނުން.
  13. ޚިދުމަތް ހޯދުމަށް އަންނަ ބަލިމީހުން އާސަންދަ ޕްރޮގްރާމުގައި ހިމެނޭތޯ ބަލައި އެޕްރޮގްރާމްގައި ހިމެނޭ ބަލިމީހުންނަށް އެޕްރޮގްރާމްގެ ދަށުން ހެދިފައިވާ ގަވާއިދުން ޚިދުމަތްދީ އެކަމާ ގުޅޭ އެންމެހައި ލިޔުންތައް ފުރިހަމަކުރުން.
  14. އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރާ ފަރާތްތަކުގެ އަދި އެހެނިހެން ފަރާތްތަކުގެ އަދި އެހެނިހެން ފޮނުވަންޖެހޭ ބިލުތައް ހަދައި އެފަރާތްތަކަށް ފޮނުވުން.
  15. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ އެކިއެކި މަސައްކަތްތަކާއި އެކިއެކި އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވުން.

ތަޢުލީމާއި ތަޖުރިބާ:

  1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،  ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ނަން:

ވޮޗަރ

ބޭނުންވާ އަދަދު: 01 (އެކެއް)

ރޭންކް:

އެސް. އެސް 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ

ޑިވިޝަން/ ސެކްޝަން:

 

މަޤާމުގެ ގިންތި

ދާއިމީ

މަޤާމު އޮތް ތަން

ރ. ކިނޮޅަހު ޞިއްޙީ މަރުކަޒު

އިތުރު އިނާޔަތްތައް:

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކަނޑައެޅިފައިވާ ޑިއުޓީގައި ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުން.
  2. ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރަންޖެހޭ ކަންކަން ޞިއްޙީ މަރުކަޒުން އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
  3. ދިދަ ނަގައި ބޭލުން.
  4. މަރުކަޒުގައި ކުރަން ހުންނަ ކުދި މަރާމާތުތައް ކުރުމުގައި އެހީތެރިވެދިނުން.
  5. މަރުކަޒުގެ މުދާ ނަހަމަ ގޮތުގައި ބޭރުވެ އަދި އެތެރެވިޔަ ނުދިނުން.

ތަޢުލީމާއި ތަޖުރިބާ:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން
  4. ޖިސްމާނީ އަދި ނަފްސާނީ ޤާބިލުކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓްސައިޒްގެ ފޮޓޯއާއެކު (ފޯމު ރ.ކިނޮޅަހު ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖްރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

15 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅުއްވާ ފޯމުތައް ބަލައިގަންނާނީ ރ.ކިނޮޅަހު ޞިއްޙީ މަރުކަޒުގެ އޮފީހުންނެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައި ރ.ކިނޮޅަހު ޞިއްޙީ މަރުކަޒުގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6580401 އެވެ.

05 އޮކްޓޫބަރު 2015
ހޯދާ