ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑެލިވަރީ އެސިސްޓަންޓް ގރ.1

މި ކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ޑެލިވަރީ އެސިސްޓަންޓް ގރ.1

ޢަދަދު: 1

ވަޒީފާގެ ބާވަތް: ކޮންޓްރެކް (1 އަހަރު)

މުސާރަ: -/3240ރ. އާއި -/3480ރ. އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ 162 (ހުޅުމާލެ) ފިހާރަ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަން ހަމަޖައްސައި ދެވޭނެއެވެ.  

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމްމުގެ މަސްއޫލިއްޔަތު

* އޯޑަރުތަކަށް މުދާ ޑެލިވެރީ ކޮށްދިނުމާއި ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކްކޮށް ބެލެހެއްޓުން އަދި މުދާތައް ތަރުތީބު ކުރުން

* ފިހާރައަށް ގެނެވޭ ސިމެންތި، ކާޑުގެ ބާވަތް އަދި އެހެނިހެން ޝިޕްމަންޓްތައް ލޯޑް ކުރުމާއި އަންލޯޑް ކުރުން

* ފިހާރަ އަދި ގުދަނުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން އަދި މީގެއިތުރުންވެސް ފިހާރައިގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖްރިބާ

* ގްރޭޑް 07 ނިންމާފައިވުން

* އިނގިރޭސި އަދި ދިވެހިބަހުން ހުންނަތަކެތި ލިޔަންކިޔަން އެނގުން

* ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

*  މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭމީހެއް ކަމުގައިވުން

* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ވިލިމާލެ ފިހާރައިންނާއި އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272   ފެކްސް: 3344041   

 

އެސްޓީއޯ 162 ނަންބަރު ފިހާރަ

ބަގީޗާހިނގުން ، ކ. ހުޅުމާލެ

ފޯން:3012647.

ވެބްސައިޓް:www.sto.mv

01 އޮކްޓޫބަރު 2015
ހޯދާ