މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑައިރެކްޓަރ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑައިރެކްޓަރ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީނިއަރ މެނޭޖްމަންޓް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

 އިނާޔަތްތައް

25,000 – 30,000 އާއި ދެމެދު (ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ހާސިލުކޮށްފައިވުމާއެކު، ރިސާރޗް އެންޑް ޑިވޮލޮޕްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، ރިސާރޗް އެންޑް ޑިވޮލޮޕްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު،  ރިސާރޗް އެންޑް ޑިވޮލޮޕްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު،  ރިސާރޗް އެންޑް ޑިވޮލޮޕްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ ސްޓެރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުސާދު ޑިޕާޓްމަންޓްތަކަށް ފޯރުކޮށްދިނުމާއެކު ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  2. ކޯޕަރޭޝަންއިން އެކަށައަޅާ 5 އަހަރުގެ ސްޓެރެޓެޖިކް ޕްލޭންގެ ލަޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ އަހަރީ ޕްލޭނާއި ބަޖެޓްތައް އެކުލަވައިލުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ފޯރުކޮށްދިނުމާއެކު އަހަރީ ޕްލޭނާއި ބަޖެޓް އެކުލަވައިލުމަށް މަސައްކަތްކުރުން.
  3. ކޯޕަރޭޝަންގެ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ފަސޭހައިން ލިބޭނޭގޮތަށް ބެލެހެއްޓުން އަދި ބޭނުންވާ ރިޕޯޓުތައް އެކުލަވައިލުން.
  4. ކޯޕަރޭޝަންގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަށް ފާހަގަކޮށް ޑިވެލޮޕްމެންޓް ރިޕޯޓްތަކާއި އެކްޝަން ޕްލޭންތައް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.
  5. ކޯޕަރޭޝަންގެ މަސައްކަތްތައް އެދެވޭ ގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި އާންމު ފަރުދުން މަސައްކަތްތަކަށް އަހުލުވެރި ކުރުމާއި ހޭލުންތެރިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުން.
  6. ކޯޕަރޭޝަންއިން ކުރިއަށް ގެންދަން ބޭނުންވާ ތަފާތު ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް ޕޭޕަރ، ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ޕްރޮޕޯސަލްތައް ޕާރޓްނަރުންނަށް ޕްރެސެންޓް ކުރުމާއި، ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މަސައްކަތްކުރުން.
  7. ކޯޕަރޭޝަންގެ ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް، ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމުކޮށްދިނުން.
  8. ކޯޕަރޭޝަންގެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމާއި އަހަރީ ޕްލޭނާއި ބަޖެޓް ތަންފީޒުކުރުން.
  9. ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.     
  • އިންޓަރވިއުއާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދެމެދު މި މިނިސްޓްރީގައި އޮންނާނެއެވެ.
05 އޮކްޓޫބަރު 2015
ހޯދާ