މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީނިއަރ މެނޭޖްމަންޓް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

 އިނާޔަތްތައް

25,000– 30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މަސައްކަތް ކުރިއަށްދާ ހުރިހާ ސައިޓްތަކެއްގެ މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  2. ކުނި ނެގުމާއި، އުފުލުމާއި، ކުނި ކޮށްޓަށް ގެންދިއުމާއި، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރުން.
  3. ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދެވޭނެ ސިޔާސަތުތަށް އެކަށައެޅުމާއެކު ތަންފީޒުކުރުން.
  4. އެޑްމިން އެންޑް ހިއުމަންރިސޯސް ޑިޕާޓްމަންޓާއެކު މަސައްކަތްކޮށް މަސައްކަތަށް ޤާބިލު މުވައްޒަފުން ހޯދުމާއި، ތަމްރީންކުރުމާއި، މަސައްކަތުގެ ޝެޑިއުލްތައް ރޭވުމާއި އަދި މަސައްކަތުގެ ފެންވަރު ސުޕަރވައިޒްކޮށް ބެލެހެއްޓުން.
  5. ކުނީގެ މައްސަލައަށް ޒަމާނީ ހައްލެއް ހޯދުމަށް ބޭނުންވާ ދިރާސާތައްކޮށް، ޕްލޭނާއި ބަޖެޓް އެކުލަވައިލައި ތަންފީޒުކުރުން.
  6. ކޯޕަރޭޝަންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމާއި، ކޯޕަރޭޝަންގެ މަސައްކަތްތަށް ރާވައި ހިންގުމުގައި ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
  7. ކުނި އުފެއްދޭ ނިސްބަތް މަދުކުރުމަށް ފަރުދީ އަދި މުއައްސަސާގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން.
  8. އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުން ޢަމަލުކުރާނެ ސުލޫކީ މިންގަނޑުތަކާއި ހަމަތައް އެކުލަވައިލައި ތަންފީޒުކުރުން.
  9. އޮޕަރޭޝަންސް ސިސްޓަމް، އުސޫލުތަކާއި ސިޔާސަތުތައް ގާއިމުކޮށް މަސައްކަތުގެ ހިންގުން ހަރުދަނާކޮށް، ޚާއްޞަކޮށް މެނޭޖްމަންޓް ރިޕޯޓްތައް ތައްޔާރުކުރުމާއި، މަޢުލޫމާތު ފަސޭހައިން ލިބޭނެގޮތްވުމާއި، މުވައްސަސާގެ މަސައްކަތްތަށް ރާވައިލައިގެން ކުރިއަށް ގެންދިއުން.
  10. ކޯޕަރޭޝަންގެ އޮޕަރޭޝަންސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވަޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމުކޮށްދިނުން.
  11. ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފަދަ މާހައުލެއް ގާއިމްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީންގެ ފެންވަރާއި މަސައްކަތާ ގުޅުން ހުރި ދާއިރާގެ ތަޖުރިބާ.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  •   ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.   
  • އިންޓަރވިއުއާއި އިމްތިޙާނުކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދެމެދުގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
05 އޮކްޓޫބަރު 2015
ހޯދާ