މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑައިރެކްޓަރ ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑައިރެކްޓަރ ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީނިއަރ މެނޭޖްމަންޓް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

އިނާޔަތްތައް

25,000 – 30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ - ދިވެހިރާއްޖެ

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6  ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފުރިހަމައަށް މަސައްކަތްކުރާނެ ލޮޖިސްޓިކްސް ސިސްޓަމްއެއް ކޯޕަރޭޝަންގައި ގާއިމުކޮށް، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ލޮޖިސްޓިކްސް އެހީތެރިކަންދިނުން.
  2. ކޯޕަރޭޝަންއަށް ހޯދާ މުދާ ރައްކާތެރިކަމާއެކު ގުދަންކޮށް ބެލެހެއްޓުމާއެކު ގުދަނުގައި ހުންނަ މުދަލުގެ ތަފުސީލުތައް ގަވާއިދުން ބެލެހެއްޓުން.
  3. ކޯޕަރޭޝަނަށް ހޯދާ މުދަލާއި ޚިދުމަތްތަށް ހޯދުމުގައި އަމަލުކުރާނެ ސިޔާސަތުތަކާއި އުސޫލުތަށް އެކަށައެޅުން.
  4. ކޯޕަރޭޝަންއަށް ހޯދާ މުދަލާއި ޚިދުމަތްތަށް ކޯޕަރޭޝަންއިން އެކަށައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، ކޯޕަރޭޝަނަށް އެންމެ ފައިދާ ހުރިގޮތަށް ހޯދުން.
  5. ކޯޕަރޭޝަންގެ މަސައްކަތުގެ ބޭނުމަށް ދަތުރުކުރާ ފަރާތްތަކާއި، އެއްތަނުން އަނެއްތަނަށް އުފުލާ، މުދަލާއި ޚިދުމަތްތަށް ވަގުތަށް ފޯރުކޮށްދިނުމާއެކު ރައްކާތެރިކަން ޔަގީންކުރުން.
  6. ކޯޕަރޭޝަންގެ ޚިދުމަތްތަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ އެންމެ ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ކޯޕަރޭޝަން ޚިދުމަތްތަށް ފޯރުކޮށްދިނުމަށާއި ޕްރޮގްރާމްތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކޯޕަރޭޝަންގެ ހަރުމުދާތައް ބެލެހެއްޓުމާއި، ހަރުމުދާ މަރާމާތުކުރަންޖެހޭ ތާވަލުތައް އެކުލަވާލައި، ތާވަލުކުރެވިފައިވާ ގޮތަށް މަރާމާތުކުރުން.
  8. އަލަށް މާކެޓްއަށް ނުކުންނަ ތަކެއްޗާއި ލިބެން ހުރި ޚިދުމަތްތަކާބެހޭ ދިރާސާތައްކޮށް ބަލައި ހެދުން އަދި ކޯޕަރޭޝަންގެ މަސައްކަތަށް އެހީތެރިވެދޭ މުދަލާއި ޚިދުމަތްތަށް ކޯޕަރޭޝަންއަށް ތަޢާރަފުކުރުން.
  9. ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް މަސައްކަތްތަކާ ގުޅުން ހުރި ރިޕޯޓުތައް ތައްޔާރުކުރުން.
  10. ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓްގެ ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމުކޮށްދިނުން.
  11. ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމްގެ މެމްބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި  މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް
  • އިންޓަރވިއުއާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދެމެދުގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
05 އޮކްޓޫބަރު 2015
ހޯދާ