ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ. މާރަންދޫ ޞިއްޙީމަރުކަޒު މަރާމާތު ކުރުމާބެހޭ

ހއ.މާރަންދޫ ޞިއްޙީމަރުކަޒުގައި ކުރަންވެފައިހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ހއ.މާރަންދޫ ހެލްތު ސެންޓަރ ނުވަތަ ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތު ( ރޯޝަނީ ބިލްޑިންގ، ސޯސަން މަގު ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް ހއ.މާރަންދޫ ހެލްތު ސެންޓަރ ނުވަތަ ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތު ( ރޯޝަނީ ބިލްޑިންގ، ސޯސަން މަގު ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޛުލްޙިއްޖާ 1436

01 އޮކްޓޫބަރު 2015
ހޯދާ