މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް އަމަލުކުރުން

އިޢުލާނު

"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" 1 އެޕްރީލް 2015 އިން ފެށިގެން ތަންފީޒުކުރުމާބެހޭގޮތުން ވަނީ އިއުލާނު ކުރެވިފައެވެ. އަދި މި އޮތޯރިޓީގެ ނަންބަރު IUL/182-FCD/2015/13 ގެ އިޢުލާނުން، މި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓަރީކުރުމަށް، 1 އޮކްޓޫބަރު 2015 ގެ ނިޔަލަށް ވަނީ މުއްދަތު ދެވިފައެވެ. ނަމަވެސް، މި ތާރީޚުގެ ކުރިން މި އުފެއްދުންތަކުގެ ލޭބަލް، ގަވާއިދުގައިވާގޮތަށް ތައްޔާރުކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރުމުގައި ދަތިތަކެއް ހުރިކަން ހާމަކޮށް، މި މުއްދަތު އިތުރުކޮށްދިނުމަށްއެދި މިތަކެތި އެތެރެކުރާ ފަރާތްތަކުން ދަނީ މި އޮތޯރިޓީއަށް ހުށަހަޅަމުންނެވެ. މިގޮތުން މި މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމުގައި ދެންނެވީމެވެ.

ވީމާ، ޕޯޓް އޮފް އެންޓްރީގައި މިތަކެތި ބަލައި ފާސްކުރުން، 1 ޖަނަވަރީ 2016 އަށް ފަސްކުރިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014305 / 3014303 ފޯނަށް ގުޅުއްވުން އެދެމެވެ.

3 ޛުލްޙިއްޖާ 1436 

17 ސެޕްޓެންބަރު 2015
ހޯދާ