މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ބަނުމާބެހޭ ގަވާއިދަށް ޚިޔާލު ހޯދުން

އިޢުލާނު 

ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ބަނުމާބެހޭ ގަވާއިދުގެ ދެލިކޮޕީއެއް މި އޮތޯރިޓީން ވަނީ އެކުލަވާލާފައެވެ. މި ގަވާއިދުގެ ދެލިކޮޕީ، މި އޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ލިބޭނެގޮތް ވަނީ މިހާރު ހަމަޖެހިފައެވެ. މި ގަވާއިދަށް އުޅަނދުފަހަރު ބަންނަ ފަރާތްތަކުން، ބޯޓުޔާޑުތަކުން، ބޯޓު ބިލްޑިންގ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން އަދި އާންމު ރައްޔިތުންގެ ފަރާތުން ދެއްވަން ބޭނުންފުޅުވާ ޚިޔާލުފުޅުތައް، މި އޮތޯރިޓީއަށް ފޮނުއްވައިދެއްވުމަކީ މި އޮތޯރިޓީގެ ވަރަށްބޮޑު އެދުމެކެވެ. މިގޮތުން ފޮނުއްވާ ކޮމެންޓުތަކުގެ ތެރެއިން، މި ގަވާއިދު އިތުރަށް ފުރިހަމަވާނެކަމަށް ފެންނަ ކޮމެންޓުތައް އިތުރަށް މުރާޖަޢާ ކުރެވޭނެއެވެ.

މި ގަވާއިދަށް ކޮމެންޓުތައް ފޮނުއްވާނީ [email protected]  ނުވަތަ [email protected] އަށެވެ.

 3 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ