މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑޮކިއުމަންޓް ސްކޭނަރެއް ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮތޯރިޓީން 3 ސެޕްޓެންބަރު 2015 ގައި ކޮށްފައިވާ ނަންބަރު IUL)202-A/1/2015/103) އިޢުލާނުގައިވާ ޑޮކިއުމަންޓް ސްކޭނަރަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އަލުން މިތަކެތި ގަތުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 6 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ގަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

14 ޛުލްޙިއްޖާ 1436     

28 ސެޕްޓެންބަރު 2015
ހޯދާ