މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
މައުރަޒެއް ބޭއްވުމާބެހޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި މިތަކެތި ވިއްކުމާއި، ވިއްކާނޭ މަގު ތަނަވަސްކޮށްދިނުމާއި އެކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި މައުރަޒު ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ 2015 ނޮވެންބަރުމަހުއެވެ.

ވީމާ، މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު، 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ފޮނުއްވައިދެއްވުން އެދެމެވެ. މި އިޢުލާނާއެކު، މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ކެޓަގަރީސް، މި މިނިސްޓްރީގެ ކައުންޓަރުންނާއި ރަށު ކައުންސިލުތަކުން ލިބެން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް، 7947378 ފޯނުން ޑިސްއެބިލިޓީ ޑިވިޜަނަށް ގުޅުއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2015
ހޯދާ